ދައުލަތުގެ ދަރަނިތައް ރީ-ސްޓްރަކްޗަރ ކުރުމަށް ސަރުކާރަށް ލަފާދިނުމަށް ފާސްކޮށްފި

ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކުންނާއި ޤައުމުތަކުން ނަގާފައިވާ ދަރަނިތައް ފިޔަވައި އެހެން ދަރަނިތައް ރީ-ސްޓްރަކްޗަރ ކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ. މިގޮތަށް ފާސްވީ 67 މެންބަރުންގެ ތެރެއިން 55 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ. ދައުލަތުގެ ދަރަނި މުޅި މަޖިލީހުގެ ކޮމިޓީން ދިރާސާކޮށް ނިންމާ މަޖިލީހުން ފާސްކޮށްފައިވާ ރިޕޯޓްގައި ވަނީ ސަރުކާރުން ދޭދޭ ޤައުމުތަކުން ނަގާފައިވާ ދަރަންޏާއި އަދި ބައިނަލްއަޤްވާމީ ޖަމްޢިއްޔާ ޖަމާޢަތްތަކުން ނަގާފައިވާ ދަރަނި ފިޔަވައި އެހެން ދަރަނި ރީސްޓްރަކްޗަރ ނުވަތަ ރީ-ޕްރޮފައިލްކުރުމުގެ މަސައްކަތް ދިވެހިސަރުކާރާއި އެމް.އެމް.އޭއިން ލަސްނުކޮށް ފެއްޓެވުމަށެވެ. … Continue reading ދައުލަތުގެ ދަރަނިތައް ރީ-ސްޓްރަކްޗަރ ކުރުމަށް ސަރުކާރަށް ލަފާދިނުމަށް ފާސްކޮށްފި