މީރާއިން ރެވެނިއު ސްޓޭމްޕް ފައިސާ ރީފަންޑު ކޮށްދެނީ

މީރާއިން ރެވެނިއު ސްޓޭމްޕް ފައިސާ ރީފަންޑު ކޮށްދެނީ

Author
މުޙައްމަދު ޝަޒައިމް
21 އޮގަސްޓް 2021 01:22
0

ބޭނުންނުކޮށް ހުރި ރެވެނިއު ސްޓޭމްޕްތައް ނޮވެމްބަރުމަހުގެ 15 ވަނަ ދުވަހުގެކުރިން ރީފަންޑުކޮށްދޭނެކަމަށް މީރާއިން ބުނެފިއެވެ.

މީރާއިން ބުނީ ރެވެނިއު ސްޓޭމްޕް ޖެހުމުގެ ގާނޫނު އުވާލާފައިވާތީ، އެ އޮތޯރިޓީން ވިއްކާފައިވާ ސްޓޭމްޕްތަކުގެ ބޭނުން ބޭނުން ނުކުރެވިވާ ރެވެނިއު ސްޓޭމްޕްތައް ރީފަންޑު ކޮށްދޭނެ ކަމަށެވެ. އެހެންކަން ރެވެނިއު ސްޓޭމްޕް ރީފަންޑު ކުރާ ފޯމް ފުރިހަމަ ކުރުމަށް ފަހު އަންނަ ނޮވެމްބަރު 15 އިގެ ކުރިން ހުށަހަޅަން ވެސް އެދިފައިވެއެވެ.

މީރާއިން ރީފަންޑް ދިނުމަށް ނިންމާފައިވަނީ އެ އޮތޯރިޓީން ވިއްކާފައި ހުރި ސްޓޭމްޕްތަކުގެ ތެރެއިން ބޭނުން ނުކޮށް ހުރި ސްޓޭމްޕްތަކަށެވެ. ސްޓޭމްޕް ރީފަންޑު ކޮށްދިނުމަށް އެދި ހުށަހަޅާނީ އެކަމަށް ހާއްސަކޮށްފައިވާ ފޯމް މެދުވެރިކޮށެވެ. އަދި ފޯމާއި އެކު ބޭނުން ނުކުރާ ސްޓޭމްޕް ހުށަހެޅުމަށް މީރާއިން ވަނީ އަންގާފައެވެ.

ލިޔުންތަކުގައި ރެވެނިއު ސްޓޭމްޕް ސްޓޭމްޕް ޖަހަން ފަށާފައި ވަނީ 1970 ވަނަ އަހަރުން ފެށިގެން އަމަލު ކުރަންދާ ގާނުނަކުންނެވެ. އެކަން ކުރަނީ ހިދުމަތްތަކުން ދައުލަތަށް އާމްދަނީ ހޯދާށެވެ. ނަމަވެސް ޒަމާނަށް އައި ބަދަލާއެކު ސްޓޭމްޕައިން ދައުލަތަށް ލިބޭ އާމްދަނީ މަދުވެގެން ދިޔައެވެ. އޭރު މިޤާނޫނު އެކުލަވާލީ ހިދުމަތްތަކުން ދައުލަތަށް އާމްދަނީ ހޯދުމުގެ ބޭނުމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.