މެކްރޮން މޫނުތަމަތީގައި މީހަކު ޖަހާފައިވަނީ އޭނާ އާންމުންނާ ސަލާމް ކުރައްވަމުން ގެންދަވަނިކޮށް

މެކްރޮންގެ ކަންކަށިމަތީގައި ޖެހި މީހާއަށް 3 އަހަރުގެ ޖަލު ހުކުމެއް!

މެކްރޮންގެ ކަންކަށިމަތީގައި ޖެހި މީހާއަށް 3 އަހަރުގެ ޖަލު ހުކުމެއް!

Share on twitter
Share on linkedin
Share on whatsapp
Share on telegram
Share on email
Share on facebook
Share on email
Share on twitter
Share on linkedin
Share on whatsapp
Share on telegram

ފްރާންސްގެ ރައީސް މޫނުމަތީގައި ޖެހި، އުމުރުން 28 އަހަރުގެ މީހާ، މިހަފްތާގެ ބުރާސްފަތި ދުވަހު ފްރާންސްގެ ކޯޓަކަށް ހާޒިރު ކޮށްފިއެވެ.

މިމައްސަލަ ތަހުގީގުކުރާ އިންވެސްޓިގޭޓަރުންނާ ހަވާލާދީ ބައެއް މީޑިއާތަކުން ބުނެފައިވަނީ، ފްރާންސްގެ ރައީސަށް އޭނާ ހަމަލާ ދީފައިވަނީ “އެއްވެސް ވިސްނުމަކާ ނުލާ” ކަމަށް އިންވެސްޓިގޭޓަރުން ގާތު އޭނާ ވަނީ ބުނެފައެވެ.

ފްރާންސްގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އޭނާގެ މައްޗަށް ކުށް ސާބިތުވެއްޖެނަމަ 3 އަހަރު ދުވަހުގެ ޖަލު ހުކުމެއް އޭނާގެ މައްޗަށް އައުމަކީ ވަރަށް ގާތްކަމެކެވެ.

ޑެމިއެން ޓީ ނަމަކަށް ކިޔާ މިމީހާ އަންގާރަދުވަހުގެ މިހާދިސާއަށްފަހު ވަނީ ހައްޔަރު ކުރެވިފައެވެ. އަދި ބެލެވޭ ގޮތުގައި އޭނާގެ މައްޗަށް އުފުލިގެންދާނީ ޕްބްލިކް ފިގަރއަކަށް ހަމަލާ ދިނުމުގެ ދައުވާއެވެ.

ފްރާންސްގައި، ޕަބްލިކް ފިގަރއަކަށް ގަސްތުގައި ހަމަލާ ދީފިނަމަ، އެންމެ ގިނަވެގެންވެސް އަންނާނީ 3 އަހަރު ދުވަހުގެ ޖަލު ހުކުމަކާއެކު، 55،000 އެމެރިކާ ޑޮލަރުގެ ޖޫރިމަނާއެކެވެ. އެހެންނަމަވެސް، މިއަދަބު ކަނޑައެޅުމުގެ ކުރިން، ކުށްކުރި މީހާގެ ކުށުގެ ރެކޯޑަށާއި އަދި އޭނާ ކުށެއް ކުރެވިއްޖެ ކަމަށް އަމިއްލައަށް ވާ އިއުތިރާފްގެ މައްޗަށްވެސް ގާޒީ ބައްލަވާނެއެވެ.

“އޭނާ ބުނާ ގޮތުގައި، އޭނާ މިހަމަލާ ދީފައިވަނީ އަމިއްލަ އިޚްތިޔާރުގައެއް ނޫން، އަދި އޭނާގެ ރުޅިވެރިކަން ހާމަ ކޮށްފައިވަނީ، ‘އެއްވެސް ވިސްނުމަކާ ނުލާ،” ފްރާސްގެ ލޯކަލް ޕްރޮސެކިއުޓަރ ބުދަ ދުވަހު ނެރުއްވި ބަޔާނުގައި، އޭނާއާއި ހަވާލާދީ ބުނެފައި ވެއެވެ.

އޭނާގެ ބައެއް ރައްޓެހިން މަޑުމައިތިރި އަދި ލަދުރަކި މީހެއްގެ ގޮތުގައި ސިފަކުރާ ޑެމިއެން ޓީ އިންވެސްޓިގޭޓަރުންގެ ގާތުގައި ބުނެފައވަނީ، އޭނާއަކީ ސަރުކާރާ ދެކޮޅަށް މުޒާހިރާ ކުރާ “ޔެލޯ ވެސްޓް” (ރީދޫ ޖެކެޓްގައި، ތެލުގެ އަގު އުފުލުމާ ދެކޮޅަށް މުޒާހިރާ ކުރާ ފަރާތްތައް) ހަރަކާތަށް ހަމްދަރުދީ ވާމީހެއްކަމުގައެވެ. އަދި އެނާއަކީ، ކަނާތު ފިޔައިގެ/ހައްދު ފަހަނަ އަޅާފައިވާ ކަނާތު ފިޔައިގެ ސިޔާސީ ވިސްނުމަށް ތާޢީދު ކުރާ މީހަކަށް ވިޔަސް، އޭނާއަކީ، ފްރާންސްގެ އެއްވެސް ޕާޓީއަކަށް ނިސްބަތް ނުވާ މީހެއްކަމަށްވެސް އޭނާވަނީ މި މައްސަލަ ތަހުގީގުކުރާ މީހުންގެ ގާތުގައި ބުނެފައިކަމަށްވެސް، ފްރާންސްގެ މީޑިއާތަކުން ވަނީ ރިޕޯޓު ކޮށްފައެވެ.

ފްރާންސްގެ ވިލެޖެއްކަމުގައިވާ ސައިންޓް-ވިލިއަރ އަށް ނިސްބަތްވާ، ދިގު އިސްތަށިގަޑެއް ހުންނަ، އަދި އެއްވެސް ރަސްމީ މަސައްކަތެއް ނުކުރާ މިމީހާއަކީ، އެންމެ ކުރީގެ ތާރީޚަށް ޚާއްސަ ސަމާލުކަމެއް ހުންނަ، އަދި މާރޝަލް އާރޓްސްއަށްވެސް ލޯބިކުރާ މީހެއްކަމަށް ވެއެވެ.

ފްރާންސްގެ ރައީސް މެކްރޮމްގެ ކަންކަށިމަތީގައި މީހަކު “ވީއްލާލައިފި”

މިހާދިސާ ހިނގި ވަގުތު އެމަންޒަރު ވޯޑީއޯ ކުރުމުގެ ސަބަބުން ޑެމިއެން ޓީގެ ރައްޓެއްސެއްކަމުގައިވާ އަރުތޫރު ސީވެސް ފުލުހުންވަނީ ހައްޔަރު ކޮށްފައެވެ. އެހެންނަމަވެސް، ޕްރޮސެކިއުޓަރުން ބުނެފައިވަނީ، އޭނާގެ މައްޗަށް އެއްވެސް ދައުވާއެއް އުފުލުމަށް ހަމަޖެހިފައި ނުވާކަމަށެވެ.

މެކްރޮން ވަނީ، މިއީ ކުއްލިއަކަށް ހިގައިދިޔަ އާދައިގެ ކަމެއް ކަމުގައި ވިދާޅުވެފައެވެ. އަދި އަމިއްލަފުޅު ސަލާމަތީ ކަންކަމާ ގުޅޭގޮތުން ކަންބޮޑުވުންތަކެއް ހުއްޓަސް ކެމްޕޭން ހަރަކާތްތަކައް ކުރިޔަށް ގެންދަވާނެކަމަށް މެކްރޮން ވަނީ ވިދާޅުވެފައެވެ.

ފްރާސްގެ ސަރަހައްދީ އިންތިޚާބުތަކަށް ކުރިޔަށް އޮތީ މަދު ހަފްތާ ތަކެކެވެ. އަދި ރިޔާސީ އިންތިޚާބަށް ބާކީ އޮތީ 10 މަސްދުވަހެވެ.

އުމުރުން 43 އަހަރުގެ މެކްރޮންގެ މަގުބޫލުކަން ފަހަކަށްއައިސް ފްރާންސްގައިވަނީ އިތުރުވެފައެވެ. އަދި ބެލެވޭ ގޮތުގައި އަންނަ އަހަރު ބޭއްވޭ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާ 2 ވަނަ ދައުރެއް އޭނާ ކާމިޔާބު ކުރައްވާނެއެވެ.

މިހާރު ޚިޔާލު ހޯދުންތަކުން ދައްކާ ގޮތުގައި، އިދިކޮޅު ކެނޑިޑޭޓް ކަނާތު ފިޔައިގެ ލީޑަރު މަރިން ލެ ޕެންއަށްވުރެ ކުޑަ ތަފާތަކުން މެކްރޮން އުޅުއްވަނީ ކުރީގައެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

  1. ކޮވިޑް އުޅޭތީ އާ ގޮތަކަށް ސަލާން ކުރަން އުޅެނިކޮށް ސޮޓް އެރީ ކަންކަށި މައްޗަށް. 3 އަހަރު މަދު . 12 އަހަރު ވަރު ރަގަޅުވީސް. ގޭގަބެހެއްޓުން ރަގަޅު. ނިދާ މެޝިން ގުޅަން ވެސް ޖެހޭނެ.

Leave a Reply

Your email address will not be published.