ރެޑް ނޯޓިސް ނެރުނު އިރުވެސް ރައީސް އޮފީހުގެ ބައްދަލުވުންތަކުގައި ވެސް ބައިވެރި ވަމުން ދިޔައިން: އަންމަޓީ

ރެޑް ނޯޓިސް ނެރުނު އިރުވެސް ރައީސް އޮފީހުގެ ބައްދަލުވުންތަކުގައި ވެސް ބައިވެރި ވަމުން ދިޔައިން: އަންމަޓީ

Share on twitter
Share on linkedin
Share on whatsapp
Share on telegram
Share on email
Share on facebook
Share on email
Share on twitter
Share on linkedin
Share on whatsapp
Share on telegram
ގުޅުންހުރި

ދިވެހި ދައުލަތަށް ފިލައިގެން އެއްވެސް އިރެއްގައި ނޫޅޭ ކަމަށާއި އިންޓަޕޯލުން ރެޑް ނޯޓިސް ނެރުނު އިރުވެސް ފުލުހުންނަށް މައުލޫމާތުދީ ރައީސް އޮފީހުގެ ބައްދަލުވުންތަކުގައި ވެސް ބައިވެރި ވަމުން ދިޔަ ކަމަށް ހިޔާނާތްތެރިވިކަމުގެ ދައުވާ އުފުލާފައިވާ އަޙްމަދު މޫސާ މުޙައްމަދު (އަންމަޓީ) ކޯޓުގައި ބުނެފިއެވެ.

އައްމަޓީ މިހެން ބުނީ މިއަދު އޮތް އޭނާގެ ބަންދު މުރާޖައާ ކުރުމުގެ މަޖިލީހުގައި، ބަންދު ރިވިއުކޮށް ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ދައުލަތުން އެދުމުން އެކަމަށް ޖަވާބުދިނުމަށް ދިން ފުރުސަތުގައި ދެއްކި ވާހަކައިގައެވެ.

މިއަދު އެންމެ ފުރަތަމަ ކޯޓުގައި ކުރިއަށްގެންދިޔައީ އަންމަޓީގެ މައްޗަށް އުފުލާފައިވާ ހިޔާނާތުގެ 42 ދައުވާގެ ފުރަތަމަ އިބްތިދާއީ އަޑުއެހުމެވެ. ނަމަވެސް އަންމަޓީ އަޑުއެހުމަށް އައިސް އިނީ ގާނޫނީ ވަކީލަކާއެކުގައެއް ނޫނެވެ. އޭނާ އެދުނީ މައްސަލަ ވަކީލަކު އައްޔަން ކުރުމަށްފަހު ކުރިއަށް ގެންގޮސްދިނުމަށެވެ. މިކަމަށް ދައުލަތުން އިއުތިރާޒެއް ނުކުރުމުން މައްސަލަ ބައްލަވާ ޤާޟީ ހަސަން ސަޢީދު ނިންމެވީ އިބްތިދާއީ އަޑުއެހުން ވަކީލުން އައްޔަންކުރުމަށްފަހު ބޭއްވުމަށެވެ.

އަންމަޓިގެ ބަންދު މުރާޖައާ ކުރުމުގެ މަޖިލީސް ކުރިއަށްގެންދިޔައީއޭގެ ފަހުންނެވެ. ދައުލަތުގެ ވަކީލް އެދުނީ އަންމަޓީ ޝަރީއަތް ނިމެންދެން ބަންދުކޮށް ދިނުމަށެވެ. އެގޮތަށް އެދިފައިވަނީ މައްސަލާގެ ހެއްކަށް ނުފޫޒު ފޯރުވަދާނެ ކަމާއި ޝަރީއަތަށް ފިލައިދާނެ ކަމަށް އަދި، މުޖުތަމައުއަށް ނުރައްކާވާ ފަދަ މީހަކަށް އޭނާ ވާތީ ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ.

ދައުލަތުގެ މިވާހަކަތަކަށް ރައްދުދިނުމަށް ލިބުނު ފުރުސަތުގައި އަންމަޓި ބުނީ އެއްވެސް އިރެއްގައި ދައުލަތަށް ފިލައިގެން ނޫޅޭ ކަމަށެވެ. އިންޓަޕޯލް ނޯޓިސް ނެރުނުއިރު ވެސް އޭނާ ދިޔައީ ފުލުހުންނަށް މައުލޫމާތު ފޯރުކޮށްދެމުން ކަމާއި ރައީސް އޮފީހުގެ ބައްދަލުވުންތަކުގައި ވެސް ބައިވެރިވަމުން ދިޔަ ކަމަށް އޭނާ ބުންޏެވެ. މީގެ އިތުރުން ލަންކާގައި ދިރިރުޅުނީ އެ ގައުމުގެ މީހަކާ އިނދެގެން އުޅޭތީ ކަމަށް އަންމަޓީ ވަނީ ބުނެފައެވެ.

“ދިވެހި ދައުލަތަށް އަޅުގަނޑު ފިލާފައެއް ނުވާނެ، ފުލުހުންގެ އައިއޯއަށް 200 އަށް ވުރެ ގިނަ މެސެޖްތައް ކުރިން، ރައީސް އޮފީހުގެ ބައްދަލުވުންތަކުގައި ބައިވެރިވަމުން ދިޔައިން،”

– އަންމަޓީ

މީގެ އިތުރުން އޭނާ ބުނި ގޮތުގައި، ސީލައިފަށް ފައިސާ ދިން މީހުންނަށް ފްލެޓް ނުދެވި، އެމީހުން ދެއްކި ފައިސާ އަނބުރާ ނުދެއްކުނީ ވެސް އެޗްޑީސީގެ ސަބަބުންނެވެ. އެޗްޑީސީން ތަކުރާރުކޮށް އެއްބަސްވުމާ ހިލާފުވަމުން ދިޔަ ކަމާއި، އެކަން ކޯޓުތަކުން ވެސް ކަނޑައަޅާފައިވާ ކަމަށް އަންމަޓީ ވަނީ ބުނެފައެވެ. އަދި ރައީސް އޮފީހުން ވެސް އެކަމަށް އެއްބަސްވެފައިވާ ކަމަށް އަންމަޓީ ބުންޏެވެ.

މިއަދުގެ މަޖިލީހުގައި ޤާޟީ ނިންމެވީ 7 ދުވަހުގެ މުއްދަތަށް އަންމަޓީ ބަންދުގައި ބެހެއްޓުމަށެވެ. އަދި ހަތް ދުވަސް ފަހުން ވަކީލާއެކު ބާއްވާ އަޑުއެހުމުގައި ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމާއި މެދު ގޮތެއްނިންމާނެ ކަމަށް ޤާޟީ ވިދާޅުވި އެވެ.

ސީލައިފްގެ ފްލެޓްތައް ފައިސާ ނެގުމަށްފަހު ހަވާލުނުކުރި މައްސަލާގައި ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ވަނީ އަންމަޓީގެ މައްޗަށް ހިޔާނާތުގެ 42 ދައުވާއެއް އުފުލައިފަ އެވެ. މި ދައުވާތައް އޭނާގެ މައްޗަށް ސާބިތުވެއްޖެނަމަ 65 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.