2017 ވަނަ އަހަރު މުލާޑިކް މައްޗަށްއިއްވި އުމުރުދުވަހުގެ ޖަލު ހުކުމް ޔޫއެން ފަނޑިޔާރުންގެ ޕެނަލްއިންވަނީ ދަމަހައްޓަން ނިންމާފަ

ބޮސްނިއާ ސާރބް މިލިޓަރީ ކޮމާންޑަރ ރަޓްކޯ މުލަޑިކްގެ އުމުރު ދުވަހުގެ ޖަލު ހުކުމް ދަމަހައްޓައިފި

ބޮސްނިއާ ސާރބް މިލިޓަރީ ކޮމާންޑަރ ރަޓްކޯ މުލަޑިކްގެ އުމުރު ދުވަހުގެ ޖަލު ހުކުމް ދަމަހައްޓައިފި

Share on twitter
Share on linkedin
Share on whatsapp
Share on telegram
Share on email
Share on facebook
Share on email
Share on twitter
Share on linkedin
Share on whatsapp
Share on telegram

ޔުނައިޓެޑް ނޭޝަންސްގެ ހަގުރާމައި ޖަރީމާތަކާބެހޭ ޖަޖުންގެ ޕެނަލްއިން، ބޮސްނިއާ ސާރބުންގެ ކުރީގެ މިލިޓަރީ ކޮމާންޑަރ ރަޓްކޯ މުލަޑިކްގެ އުމުރު ދުވަހުގެ ޖަލު ހުކުމް ދަމަހައްޓައިފިއެވެ.

ޔޫއެންގެ ހަގުރާމައިގެ ޖަރީމާތަކާ ބެހޭ ފަނޑިޔާރުންގެ މި ނިންމުމަށް، އދގެ ސެކެޓްރީ ޖެނެރަލްގެ އިތުރުން، ދުނިޔޭގެ އެތައް ގައުމެއްގެ ވެރީންވެސް ވަނީ މަރުހަބާ ވިދާޅުވެފައެވެ.

މުޑަލިކްގެ އުމުރުދުވަހުގެ ޖަލުހުކުމް، ހޭގުގައި އޮންނަ ޔޫއެން އިންޓަރނޭޝަނަލް ރެސިޑުއަލް މެކޭނިޒަމް ފޯރ ކްރިމިނަލް ޓްރައިބިއުނަލްސްގެ 5 ފަނޑިޔާރުން އަލުން ދިރާސާ ކޮށްފައިވަނީ، މުލަޑިކްގެ މައްޗަށް އިއްވަފައިވާ މިހުކުމް އޭނާގެ ފަރާތުން އިސްތިއުނާފް ކުރުމުންނެވެ. މި 5 ފަޑިޔާރުންވަނީ، ދަށުކޯޓުން އިއްވާފައިވާ މިހުކުން ދަމަހައްޓަންޖެހޭ ކަމަށް ނިންމާފއެވެ.

މިހާރު އުމުރުން 78 އަހަރުގެ މުޑަލިކް ވަނީ، 1992 އިން 1995 އަށް ކުރިޔަށް ދިޔަ ބޮސްނިޔާ ހަގުރާމާގައި، ބޮސްނިޔާގެ ސާބުންގެ އެންމެ އިސް ކޮމާންޑަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައެވެ.

އިންސާނިއްޔަތާއި ޚިލާފު ބޮޑެތި ޖަރީމާތައް ހިންގުމާއި، އަދި މީގެއިތުރުން ހަގުރާމައިގެ ޖަރިމާތަކާއި، ބޮސްނިއާ ހަގުރާމާއިގެ ދުވަސްވަރު 43 މަސްދުވަހު ބޮސްނިއާގެ ކެޕިޓަލް ސަރަޔޭވޯ ހިސޯރުކޮށް، އަދި 1995 ވަނަ އަހަރު ބޮސްނިއާގެ އިރުމަތީ އަވަށެއްކަމުގައިވާ ސެރްބެނިއްޒާގައި 8،000 މުސްލިމް ކުޑަކުދިންނާއި ފިރިހެނުން މެރުމުގެ ކުށުގައި އޭނާގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވަނީ 2017 ވަނަ އަހަރުއެވެ.

އަދި މި ހުކުން އޭނާ ފަހުންވަނީ އަލުން އިސްތިއުނާފަށް ހުށަހަޅާފައެވެ.

އެހެންނަމަވެސް، މި ހަފްތާގެ އަހަގާރަ ދުވަހު، ޔޫއެންގެ ފަނޑިޔާރުންގެ ޕެނަލްއިންވަނީ އޭނާގެ ހުކުމް ދެމެހެއްޓުމަށް ނިންމާ، މި ހުކުމަށް އެއްވެސް ބަދަލެއް ގެންނަން ނުޖެހޭކަމަށް ނިންމާފައެވެ. އަދި ފަނޑިޔާރުންގެ މި ނިންމުމަކީ، މިމައްސަލާއިގެ އެންމެ ފަހުގެ ނިންމެމެވެ. މިގޮތުން ހުކުމް އިތުރަށް އިސްތިއުނާފް ކުރުމުގެ އިތުރު ފުރުސަތެއް ދެން މުލަޑިކްއަށް ލިބިގެނެއް ނުދާނެއެވެ.

ޔޫއެންގެ ފަނޑިޔާރުންގެ މި ނިންމުމަށް، އެ ޖަމިއްޔާގެ އިންސާނީ ހައްގުތަކާބެހޭ ވެރިޔާ މައިކަލް ބެޗްލެޓްގެ އިތުރުން ދުނިޔޭގެ ގައުމުތަކުގެ ވެރިންވެސް ވަނީ މަރުހަބާ ކިޔާފައެވެ. މީގެތެރޭގައި އެމެރިކާގެ ރައީސް ޖޯ ބައިޑްންވެސް ހިމެނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.