ޓެކްސްގެ ސުންގަޑިތައް ފަސްކޮށްދީފި

ޓެކްސްގެ ސުންގަޑިތައް ފަސްކޮށްދީފި

Author
ޢަލީ އާދަމް
29 މެއި 2021 12:03
0

ކޯވިޑްގެ ހާލަތުގެ ސަބަބުން މާލެ ސަރަޙައްދުގައި އަޅާފައިވާ ވަރުގަދަ ފިޔަވަޅުތަކުގެ މުއްދަތުގައި ދެއްކުމަށް ސުންގަޑި ހަމަވާ ޓެކުހާއި ފީތަކުގެ ސުންގަޑި މީރާއިން ފަސްކޮށްދީފި އެވެ.

މީރާއިން ބުނީ މިހާރު މާލެ ސަރަހައްދުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ މުއްދަތުގައި ސުންގަޑި ހަމަވާ ޓެކުހާއި، އެހެނިހެން ފައިސާ ދެއްކުމުގެ ސުންގަޑި އަންނަ މަހުގެ 16 ވަނަ ދުވަހަށް ފަސްކޮށްދީފައިވާ ކަމަށެވެ.

ކޯވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށް މާލެ ސަރަޙައްދުގައި އަޅާފައިވާ ފިޔަވަޅުތައް ހަރުކަށިކޮށް، އޮފީސްތައް ބަންދުކޮށް، މީހުން ބޭރަށް ނުކުމެ އުޅެން މަދުކުރުމުގެ ގޮތުން ޚާއްސަ ފިޔަވަޅުތަކެއް އަންނަ ޖޫން މަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރުން ވަނީ އަޅާފައެވެ.

މީރާ އިން ބޮޑަށް އިލްތިމާސްކުރަނީ އެ އޮތޯރިޓީގެ އޮންލައިން ހިދުމަތް، މީރާ ކަނެކްޓް އަދި ވާރުޕޭ މެދުވެރިކޮށް ޓެކުހާއި ފީތައް ދެއްކުމަށެވެ.

މީގެ އިތުރުން މީރާ އިން ފޯރުކޮށްދޭ މައިގަނޑު ހިދުމަތްތައް ވެސް އޮންލައިން ކޮށް ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާތީ މީރާގެ ހިދުމަތްތައް އޮންލައިންކޮށް ހޯދުމަށްވެސް އެ އޮތޯރިޓީން އިލްތިމާސްކުރެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.