ފަލަސްޠީން މިނިވަންކުރުމަށް ހުރިހާ މުސްލިމުން އެކަތިގަނޑަކަށްވެ، މަސައްކަތްކުރުމަށް ޚުޠުބާގައި ގޮވާލައްވައިފި

ފަލަސްޠީން މިނިވަންކުރުމަށް ހުރިހާ މުސްލިމުން އެކަތިގަނޑަކަށްވެ، މަސައްކަތްކުރުމަށް ޚުޠުބާގައި ގޮވާލައްވައިފި

Share on twitter
Share on linkedin
Share on whatsapp
Share on telegram
Share on email
Share on facebook
Share on email
Share on twitter
Share on linkedin
Share on whatsapp
Share on telegram
ގުޅުންހުރި

ފަލަސްޠީނުގެ މަސްއަލައަކީ ދާޚިލީ މަސްއަލައެއް ނޫންކަމަށާއި، އެއީ ޢަރަބިންގެ މަސްއަލައެއް ވެސް ނޫންކަކަމަށާއި، އެއީ ހުރިހާ މުސްލިމުންގެ މައްސަލައެއްކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ. ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މިއަދު ދެއްވި ހުކުރު ޚުޠުބާގައި ވަނީ އެ ބިން މިނިވަންކުރުމަށް ޓަކައި، އެންމެހައި މުސްލިމުން އެކަތިގަނޑަކަށްވެ، މަސައްކަތްކުރުމަށް ގޮވާލައްވާފައެވެ.

ޚުޠުބާގައި ވިދާޅުވީ، ފަލަސްޠީނާއި އަލްޤުދުސުގެ މައްސަލަ އަކީ މުޅި އިސްލާމީ އުއްމަތުގެ މައްސަލައެއްކަމަށާއި، ޢިލްމުވެރިން ތަރްޖީޙު ދެއްވާ ގޮތުގައި
“އަލްމަސްޖިދުލް އަޤްޞާ ބިނާ ކުރެވުނީ އާދަމުގެފާނުގެ ޒަމާނުގައިކަމަށެވެ. އަދި އަލްމަސްޖިދުލް ޙަރާމު ބިނާކުރުމާ އަލްމަސްޖިދުލް އަޤްޞާ ބިނާކުރުމާ ދެމެދުގައި ފާއިތުވެފައި ވަނީ 40 އަހަރުކަންވެސް ޚުޠުބާގައި ބަޔާންކުރެއްވިއެވެ.

މުސްލިމް އަޚުންނޭވެ! އިބްރާހީމުގެފާނާއި ލޫޠުގެފާނު ފަލަސްޠީނުގައި ﷲގެ ދީނަށް ގޮވާލައްވައި، ތައުޙީދުގެ ދިދަ އުފުއްލެވިއެވެ. އިބްރާހީމުގެފާނުގެ ދެ ދަރިކަލުން މާޢީލުގެފާނާއި އިސްޙާޤުގެފާނު އުފަންވެ ވަޑައިގަތީ މި ބިމުގައެވެ. ޔަޢުޤޫބުގެފާނާއި ޔޫސުފްގެފާނު ދުނިޔެއަށް ވަޑައިގަތީ ވެސް ހަމަ މި ބިމުގައެވެ. އަދި ދާވޫދުގެފާނާއި އެކަލޭގެފާނުގެ ދަރިކަލުން ސުލައިމާނުގެފާނު އިލާހީ މަންހަޖުގެ މަތީގައި، މި ބިމުގައި، ތައުޙީދުގެ ރަސްކަމެއް ޤާއިމު ކުރެއްވިއެވެ. މާތް ﷲ ޒަކަރިއްޔާގެފާނުގެ ދުޢާފުޅު އިޖާބަ ކުރައްވައި، ޔަޙުޔާގެފާނު ދެއްވީ ގައެވެ. ޢިސާގެފާނު ރައްކައުވެ، ޅަފަތުގައި މީހުންނާ ވާހަކަދެއްކީ މި ބިމުގައެވެ. މާތް ރަސޫލާ މަސްޖިދުން ހަރާމުން އިސްރާއަށް ދަތުރުކުރެއްވީ މި ބިމަށެވެ.

– ޚުޠުބާގައި ވިދާޅުވިއެވެ.

މުޤައްދަސް ބިމުގެ މައްސަލަ އިސްލާމީ މައްސަލައަކަށް ނުވާންވީ ކީއްވެތޯ ސުވާލުކުރައްވާ ޚުޠުބާގައ ވިދާޅުވީ، އެއީ މުސްލިމުންގެ ފުރަތަމަ ޤިބްލަކަމަށެވެ. މުސްލިމުންގެ އެންމެ މުޤައްދަސް ތިން ޙަރަމްފުޅުގެ ތެރެއިން އެއް ޙަރަމްފުޅުކަމަށާއި، ދަތުރުހަދައިގެން ދިޔުމަށް އަންގަވާފައިވާ ތިން މިސްކިތުގެ ތެރެއިން އެއް މިސްކިތްކަންވެސް ޚުޠުބާގައ ހަނދާންކޮށްދެއްވިއެވެ.

މުސްލިމު އަޚުންނޭވެ! ރަސޫލާ ﷲގެ ސުވަރުގެ ވަޑައިގަތުމުގެ ކުރިން ފަލަސްޠީނު މިނިވަންކުރެއްވުމަށް އުސާމަތު ބުނު ޒައިދުގެފާނުގެ ވެރިކަމުގައި ލަޝްކަރެއް އެކުލަވާލެއްވިއެވެ. ނަމަވެސް ފަލަސްޠީނު މިނިވަންކުރެވުނީ ޢުމަރުގެފާނުގެ ދައުރުގަ އެވެ. އެ ކަލޭގެފާނުގެ ޚިލާފަތުގައި ޤުދުސް މިނިވަންވެ، އެ ރަށުގެ ތަޅުދަނޑި ޢުމަރު ބުނުލް ޚައްތާބުގެ އަތްޕުޅަށް އެރި އެވެ. އެއީ ރޯމަނުންގެ އަނިޔާވެރިކަމާއި، އަޅުވެތިކަމުގެ ދަށުގައި، މި ބިން އޮންނަތާ 700 އަހަރު ފަހުންނެވެ. ރަސޫލާ މި ވަނީ މުސްލިމުން ބައިތުލް މަޤްދިސް ފަތަޙަ ކުރާނެކަމުގެ ހެޔޮ ޚަބަރު ދެއްވައިފައެވެ.

– ޚުޠުބާގައި ވިދާޅުވިއެވެ.

ފަލަސްޠީނުގެ މަސްއަލައަކީ ދާޚިލީ މަސްއަލައެއް ނޫންކަމަށާއި، އެއީ ޢަރަބިންގެ މަސްއަލައެއް ވެސް ނޫންކަން ބަޔާންކުރައްވާ ޚުޠުބާގައި ވިދާޅުވީ، އެއީ ހުރިހާ މުސްލިމުންގެ މައްސަލައެއްކަމަށެވެ. މުސްލިމުންގެ ބިމަކަށް ކާފިރުން އަރައި، އެ ބިން ފޭރިގެންފި ނަމަ، އެމީހުންގެ ކެކުޅުންތަކަށާއި، ގިސްލުންތަކަށާއި، ރުއިންތަކަށް އިޖާބަ ދޭން ޖެހޭނެކަމަށްވެސް ވިދާޅުވިއެވެ. އެ ބިން މިނިވަންކުރުމަށް ޓަކައި، އެންމެހައި މުސްލިމުން އެކަތިގަނޑަކަށްވެ، މަސައްކަތް ކުރަން ޖެހޭނެކަމަށްވެސް ޚުޠުބާގައި ގޮވާލެއްވިއެވެ.

ޤުދްސާ ގައި އެންމެ ފުރަތަމަ ވަޒަންވެރިވީ ޢަރަބިކަރައިގެކަންޢާނީ  ޤަބީލާގެ ޔަބޫސީންނެވެ. ޢީސާގެފާނު ދުނިޔެއަށް ވަޑައިގަތުމުގެ 3500 އަހަރު ކުރިން ފެށިގެން ޢަރަބިން މިބިމުގައި އުޅެމުން ދަނިކޮށް، ބަނީ އިސްރާއީލު ބާގައިގެ ބުންޔާމީން ދަރިކޮޅާއި، ޔަހޫދާ ދަރިކޮޅުގެ މީހުން މިބިމަށް އައިސް ބަނޑަހަ ޖެހިއެވެ. އަދި މި ބިމުގައި ދާވޫދުގެފާނާއި ސުލައިމާނުގެފާނު ބިނާކުރެއްވި ހައިކަލު ހޯދުމުގެ ނަމުގައި، މަސްޖިދުލްއަޤްޞާގެ ވަށައިގެން ކޮންނަމުން ދިޔައެވެ. އެއީ މި މާތް ޙަރަމްފުޅު ނެތިކޮށްލުމުގެ ނުބައި މަޤްޞަދުގައި، ބައިނަލް އަޤްވާމީ ހުރިހާ ޤަރާރުތަކަކަށް ގޮންޖަހަމުން ކުރިއަށް ގެންދާ މަޝްރޫއެކެވެ.

– ޚުޠުބާގައި ވިދާޅުވިއެވެ.

ފަލަސްޠީނު މީހުންނާ ދެކޮޅަށް، އިސްރާއީލުން ހިންގާ ލާއިންސާނީ ޢަމަލުތަކަކީ، ނަސްލު ނައްތައިލުމުގެ ހަނގުރާމައެއްކަން ސިފަކުރައްވާ ޚުޠުބާގައި ވިދާޅުވީ، ތަފާތު ސިފަސިފައިގައި އެމީހުން މި ހަނގުރާމަ ކުރާކަމަށެވެ. މީގެ ތެރޭގައި ނަމާދަށް ނުދެވޭ ގޮތަށް ފަލަސްޠީނުގެ މިސްކިތްތައް ޙިޞާރުކުރުމާއި، އެ މީހުން ބަނޑަށް ޖައްސައި، ކަނު އަނދިރީގައި ބައިތިއްބުމާއި، ސާފު ބޯފެނާއި ފާޚާނާ ކުރެވޭނެ ވަސީލަތްތައް ހަލާކުކޮށް، މުވާޞަލާތީ ވަސީލަތްތަކާއި އަސާސީ ޚިދްމަތްތަކުން މަޙްރޫމު ކުރުމާއި، ޖަމާޢީ އަދަބުތައް ތުންފީޛު ކުރުން ހިމެނޭކަމަށްވެސް ބަޔާންކުރެއްވިއެވެ.

ޚުޠުބާގައި ތަކުރާރުކޮށް ފަނީ އެއީ ފަލަސްތީނުގެ ބިމެއްކަން ބަޔާންކުރައްވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.