ފްލައިން ސްކޫލު މައްސަލާގައި ރައީސް ގިނަ ފިޔަވަޅުތަކެއް އަޅުއްވައިފި

ފްލައިން ސްކޫލު މައްސަލާގައި ރައީސް ގިނަ ފިޔަވަޅުތަކެއް އަޅުއްވައިފި

Share on twitter
Share on linkedin
Share on whatsapp
Share on telegram
Share on email
Share on facebook
Share on email
Share on twitter
Share on linkedin
Share on whatsapp
Share on telegram
ގުޅުންހުރި

އައްޑ ސިޓީ ގަމުގައި ހިންގާ ފްލައިން ސްކޫލްގެ މައްސަލައިގައި އެސްކޫލްގެ އިސް މަޤާމެއްގައި ތިބި ދެމީހެއްގެ މައްސަލައި ގިނަ ފިޔަވަޅުތަކެއް އެޅުމަށް ރައިސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ނިންމަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ އައްޑޫ ފްލައިން ސްކޫލްގެ މައްސަލައިގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު މުހިއްމު ނިންމުންތަކެއް ނިންމަވާފައިވާކަމަށާއި، އެގޮތުން 2019ވަނަ އަހަރާއި 2020 ވަނަ އަހަރުގެ ސިވިލް އެވިއޭޝަން އޮތޯރިޓީގެ އޯޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ މައްސަލަތަކާއި ގުޅިގެން ފްލައިން ސްކޫލްގެ އިސް ދެބޭފުޅެއްގެ މައްސަލަ އިތުރަށް ބަލާ ފިޔަވަޅު އަޅަންޖެހޭނަމަ ފިޔަވަޅުއެޅުމަށް ނިންމާފައިވާކަމަށެވެ.

ރައީސްގެ މިއެންގުމާ ގުޅިގެން ފިޔަވަޅުއެޅުމަށް ނިންމާފައިވަނީ ފްލައިން ސްކޫލްގެ އެކައުންޓެބަލް މެނޭޖަރ ޢަލީ އަކްބަރު ޖީވަންޖީ އާއި ހެޑް އޮފް ޕައިލެޓް ޓްރެއިނިންގ ކެޕްޓަން ސުރަންޖަން ޑީ ސިލްވަރއަށެވެ. ރައީސްވަނީ ފްލައިން ސްކޫލްގެ ދަރިވަރުންގެ ކިޔެވުން ކުރިއަށްގެންދިޔުމަށް ބީއެމްއެލްއިން ނަގާފައިވާ ލޯނުތަކަށް އިންޓްރެސްޓް އަރަމުން އަންނާތީ އެލޯންތައް މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަންގެ ދަށަށް ބަދަލުކުރައްވާފައެވެ.

އެގޮތުން ބީއެމްއެލްގެ ލޯނު ސްކީމްގެ ދަށުން 15 ކުއްޖަކު އަންނަނީ ފްލައިން ސްކޫލްގައި ކިޔަވަމުންނެވެ. މިދަރިވަރުންގެ ފީގެ މައްސަލަ ބޮޑުވެފައިވާއިރު ކުދިން ކިޔެވުމަށް ނަގާފައިވާ ލޯނު ދައްކަންޖެހޭ މުއްދަތުވެސް ސަރުކާރުންވަނީ މީގެކުރިން އިތުރުކޮށްދިނެވެ. ނަމަވެސް އަދިވެސް މައްސަލަ މުޅިން ޙައްލުވެ ކުދިންގެ ކިޔެވުން ނުނިމި ދިގުލައިގެން ގޮސް ކުދިން ނަގާފައިވާ ލޯނުގެ އިންޓްރެސްޓް އަރަމުން އަންނާތީ އެކަން ސަރުކާރުންވަނީ މިހާރު ޙައްލުކޮށްފައެވެ. ރައީސް ވަނީ ފްލައިން ސްކޫލުގެ މައްސަލަ ދިގުލައިގެން ދިޔުމާ ގުޅިގެން އެކަމުގައި ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އިހުމާލެއް ވޭތޯ ބެލުމަށް މިނިވަން އޮޑިޓެއް ހެދުމަށްވެސް ރައީސް ވަނީ އަމުރުކުރައްވާފައެވެ.

އައްޑޫ ސިޓީގައި ހުންނަ އޭޝިޔަން އެކަޑަމީ އޮފް އެއިރޯނޯޓިކްސްގެ ދަރިވަރުންގެ ކިޔެވުމާމެދު ގިނަ ޝަކުވާތަކެއް ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާފައިވާއިރު މައްސަލަ ބަލާފައިވާ އެކި އިދާރާތަކުންވަނީ މިކަމުގައި ގިނަ އިހުމާލުތަކެއް ހުރިކަން ފާހަގަކުރައްވާފައެވެ. މިމައްސަލަ ތަޙްޤީޤުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ތަރައްޤީއާއި ތަރިކައާއި ގުޅޭ ކޮމިޓީންވަނީ އައްޑުއަށް ގޮސް އެތަނުގެ ވެރިންނާއި ދަރިވަރުންނާއި ވަކިވަކިން ބައްދަލުކުރައްވާފައެވެ. އަދި މައްސަލަ އިތުރަށް ދިރާސާކުރުމަށް މަޖިލީހުގެ ކޮމިޓީއަށް ސިވިލްއެވިއޭޝަން މިނިސްޓަރ ޢައިޝަތު ނަހުލާއާއި ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ.އިބްރާހީމް ހަސަންވެސް ހާޒިރުކުރައްވާފައެވެ.

އައްޑޫ ސިޓީގައި ހިންގަމުން އަންނަ ފްލައިން ސްކޫލްގެ މައްސަލަ ބޮޑުވެ އެތަނުގައި ކިޔަވަމުން އަންނަ ކުދިންގެ ކިޔެވުމަށް ބުރޫއަރާ އެކުދިންގެ ޝަކުވާ ބޮޑުވުމާ ގުޅިގެން އެމައްސަލަ ޙައްލުކުރުމަށް ސަރުކާރުން އަންނަނީ މަސައްކަތްކުރައްވަމުންނެވެ.

އައްޑޫ ފްލައިން ސްކޫލްގެ ދަރިވަރުން މަޖިލީހަށް ހިއްސާކޮށްފައިވާ އެދަރިވަރުންގެ ކަންބޮޑުވުންތަކުގެ ތެރޭގައި ބިދޭސީ ދަރިވަރުންނާއި، ދިވެހި ދަރިވަރުންގެ މެދުގައި ސްކޫލުން ތަފާތުކުރާކަމަށް ބުނެފައިވެއެވެ. އެގޮތުން، ބިދޭސީ ދަރިވަރުންގެ ތަމްރީނުތައް ނިންމުމަށް ސްކޫލުން އިސްކަންދޭކަމަށާއި، ދިވެހި ދަރިވަރުން ކޯސް ފުރިހަމަކުރުމަށް އެތައް އަހަރެއް ހޭދަވާއިރު ކޯސް ނިންމުމަށް ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ބިދޭސީ ދަރިވަރުންނަށް ކޯސް ނިންމައިދޭކަމަށްވެސް އެކުދިން ބުނެފައިވެއެވެ. އަދި ކިޔެވުމަށް ހުސްވެގެން ތިބެ، ގަޑިއަށް ކްލާސްތަކަށް ހާޒިރުވެ، އިމްތިޙާނުތަކުން ރަނގަޅު ނަތީޖާ ހޯދައި، ކިޔެވުމަށް ބުރަކޮށް މަސައްކަތްކުރާ އެތައް ދަރިވަރުންނަކަށް ކޯސް ނުނިމި އެތަށް އަހަރެއް ތިބެން ޖެހިފައިވާކަމަށްވެސް އެކުދިން މަޖިލީހާއި ހިއްސާކޮށްފައިވާ ކަންބޮޑުވުންތަކުގެ ތެރޭގައި ހިމެނެއެވެ. އަދި އުދުހުމުގެ ތަމްރީނުތަކުގެ ތާވަލު ދަރިވަރުންނަށް ޢާންމުނުކޮށް އެ ތާވަލު ސްކޫލުން ސިއްރުކުރަމުން ގެންދާކަމަށާއި، އެކަމުގެ ސަބަބުން ދަރިވަރެއްގެ ތަމްރީނު އެއްވެސް ސަބަބަކާހުރެ ކެންސަލްވީ ނަމަވެސް ތާވަލުން ޖާގައެއް ހުސްފައިވާކަން އެހެން ދަރިވަރުންނަށް ނޭނގޭކަމަށްވެސް ބުނެފައިވެއެވެ.

މިނޫނަސް ގިނަ ކަންބޮޑުވުންތަކެއް އެދަރިވަރުން މަޖިލީހާއި ހިއްސާކޮށްފައިވެއެވެ.

ރާއްޖޭގައި ހުރި ފްލައިން ސްކޫލްގައި ކިޔަވަމުންދާ ކުދިންގެ ކިޔެވުމަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވާއިރު، އިތުރު 2ފްލައިން ސްކޫލް ޤާއިމުކުރުމުގެ މަސައްކަތް ރާއްޖޭގެ ވައިގެ ދަތުރުފަތުރުގައި ޙަރަކާތްތެރިވާ ދެކުންފުންޏަކުން މިހާރު ވަނީ ފަށާފައެވެ. އެއީ ވިލާ އެއާރއާއި މަންޓާ އެއަރއިންއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.