ކޮވިޝީލްޑް ވެކްސިން ޖެހުން ހުއްޓާލީ ސްޓޮކް ހުސްވުމުން: އެޗްޕީއޭ

ކޮވިޝީލްޑް ވެކްސިން ޖެހުން ހުއްޓާލީ ސްޓޮކް ހުސްވުމުން: އެޗްޕީއޭ

Share on twitter
Share on linkedin
Share on whatsapp
Share on telegram
Share on email
Share on facebook
Share on email
Share on twitter
Share on linkedin
Share on whatsapp
Share on telegram
ގުޅުންހުރި

ކޮވިޝީލްޑް ވެކްސިން ޖެހުން މެދު ކަނޑާޅާފައިވަނީ ރާއްޖޭގައި ހުރި ވެކްސިން ޝިޕްމަންޓް ހުސްވެ ވެކްސިނިް ލިބުމަށް ދަތިތަކާއި ކުރިމަތި ވުމުންކަމަށް އެޗްޕީއޭއިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނެފައިވަނީ ކޯވިޑް-19ގެ ކޭސްތައް ހަލުވިކަމާއެކު ފެތުރެން ފަށާފައިވާ މި ދަނޑިވަޅުގައި، ދުނިޔޭގެ އެހެން ޤައުމުތަކެކޭ އެއް ފަދައިން، ރާއްޖެއަށް ވެސް މި ވަނީ ވެކްސިން ހޯދުމުގައި ދަތިތަކެއް ކުރިމަތިވެފައިކަމަށެވެ. އެހެންކަމުން، މި ކަންކަން ހައްލުކުރެވި، ވެކްސިންގެ އިތުރު ޑޯޒްތައް ރާއްޖެއަށް ލިބެންދެން، ޢާންމުކޮށް ހުޅުވައިލައިގެން “ކޮވިޝީލްޑް” ވެކްސިން ޖަހައިދިނުމަށް މި ވަގުތަށް މެދުކަނޑައިލާފައިވާކަމަށެވެ. ކަން މިހެން އޮތް ނަމަވެސް، އެމަރޖެންސީ ހާލަތްތަކުގައްޔާއި، ބަލި ހާލަތު ހުރިގޮތުން ވެކްސިން ޖަހައިދޭން ޖެހޭ ފަރާތްތަކަށް ވެކްސިން ޖަހައިދިނުމުގެ މަސައްކަތް ކުރިއަށް ގެންދާނެކަމަށް އެއިދާރާއިން ބުނެއެވެ. ޢާންމުކޮށް ހުޅުވައިލައިގެން “ކޮވިޝީލްޑް” ވެކްސިން އަލުން ޖަހައިދޭން ފަށާނެ ތާރީޚެއް ފަހުން އިޢުލާނު ކުރެވޭނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ސަރުކާރުން މިހާރު މަސައްކަތް ކުރަމުން ދަނީ، ވީ އެންމެ އަވަސް ފުރުޞަތެއްގައި، ވެކްސިންގެ އިތުރު ބެޗްތައް ހޯދުމަށާއި، މި ގޮތުން، ކުރިއަށް އޮތް ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި “ކޮވިޝީލްޑް” ބްރޭންޑުގެ އިތުރު ޝިޕްމަންޓެއް ހޯދުމުގެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންގެންދާކަމަށެވެ. އަދި ކޯވިޑް-19 ގެ ބަލިމަޑުކަން ފެށި، މި ބައްޔަށް ވެކުސިނެއް ތައްޔާރުކުރުމުގެ މަސައްކަތް ފެށުނު ހިސާބުން، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ބޭނުންވާ މިންވަރަށް ވެކުސިން ހޯދުމަށް ގިނަ ގޮތްގޮތުން ސަރުކާރުން މި ގެންދަނީ މަސައްކަތް ކުރަމުންކަމަށް މިބަޔާނުގައި ވަނީ ބުނެފައެވެ.

އެގޮތުން، އެސްޓްރާޒެނެކާ ކުންފުންޏާއެކު 2020 ވަނަ އަހަރުގެ ޑިސެންބަރު މަހު ހަދާފައިވާ އެއްބަސްވުމުގެ ދަށުން “އެސްޓްރާޒެނެކާ” ވެކްސިންގެ 700،000 ޑޯޒްއަށް ފައިސާ ދެއްކި، ކުރިއަށް އޮތް ޖޫން މަހުން ފެށިގެން ވެކްސިން ލިބޭނެކަމަށް އަންގާފައިވާކަމަށެވެ. މީގެ އިތުރުން، އިންޑިއާގެ ސިރަމް އިންސްޓިޓިއުޓް އޮފް އިންޑިއާއާއެކު ހަދާފައިވާ އެއްބަސްވުމެއްގެ ދަށުން “ކޮވިޝީލްޑް” ބްރޭންޑްގެ 300،000 ޑޯޒް ހޯދުމަށް ފައިސާ ދައްކައި، މި އެއްބަސްވުމުގެ ދަށުން
މިހާތަނަށް 100،000 ޑޯޒް ލިބިފައިވާއިރު، މި ދިޔަ މަހުގެ ތެރޭގައި އިތުރު ޝިޕްމަންޓްތައް ލިބުމަށް އޮތީ ތާވަލުކުރެވިފައި ކަމަށެވެ.

2021 ފެބުރުއަރީ 1 ވަނަ ދުވަހު ފެށި “ކޮވިޑް-19 ދިފާޢު” ވެކްސިން ދިނުމުގެ ކެމްޕޭންގެ ދަށުން މިހާތަނަށް ޖުމުލަ 297،639 މީހުންނަށް ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިދީފައިކާމަށް އެޗްޕީއޭއިން ބުނެއެވެ. އަދި، ވެކްސިންގެ ދެވަނަ ޑޯޒް ޖަހާދީފައިވާ މީހުންގެ އަދަދު 108،494 އަށް އަރާފައިވާކަމަށެވެ. މިއާއެކު، ރާއްޖޭގެ ވެކްސިން ޖެހުމަށް “އެލިޖިބަލް” އާބާދީގެ 67.69 އިންސައްތަ މީހުންނަށް ފުރަތަމަ ޑޯޒް ޖަހައިދީފައިވާއިރު، ދެވަނަ ޑޯޒް މި ވަނީ “އެލިޖިބަލް” އާބާދީގެ 24.67 އިންސައް މީހުންނަށް ޖަހައިދެވިފައި ވާކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.