ބިރަކާއި ނުލައި މަޖާކޮށް، ކޯވިޑް ކޮންޓްރޯލްކުރަން އޮތް ފިޔަވަޅަކީ މިސްކަތްތަކުގެ ސަފުކަމަށް ނުހައްދަވާ: ޑރ.އިޔާޒު

ބިރަކާއި ނުލައި މަޖާކޮށް، ކޯވިޑް ކޮންޓްރޯލްކުރަން އޮތް ފިޔަވަޅަކީ މިސްކަތްތަކުގެ ސަފުކަމަށް ނުހައްދަވާ: ޑރ.އިޔާޒު

Share on twitter
Share on linkedin
Share on whatsapp
Share on telegram
Share on email
Share on facebook
Share on email
Share on twitter
Share on linkedin
Share on whatsapp
Share on telegram
ގުޅުންހުރި

ބިރަކާއި ނުލައި މަޖާކޮށް، ކޯވިޑްގެ ބަލި ބޮޑުވުން ކޮންޓްރޯލްކުރަން އޮތް ފިޔަވަޅަކީ މިސްކަތްތަކުގެ ސަފުކަމަށް ނުހައްދެވުމަށް ދީނީ އިލްމުވެރިޔާ ޑރ.މުހައްމަދު އިޔާޒު ހެލްތު ޕްރޮޓެކްޝަން އެޖެންސީއަށާއި، ކަމާއި ގުޅުންހުރި އިދާރާތާކަށް ގޮވާލައްފައިފިއެވެ.

ކޯވިޑް-19ގެ ކޭސްތައް ކޮންޓްރޯލް ނުވާހިސާބަށް ދިއުމުން މާދަމާއިން ފެށިގެން ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ވަނީ ނިންމާފައެވެ. އޭގެ ތެރޭގައި މިސްކިތްތަކުގައި ނަމާދު ކުރާއިރު ނޭފަތާއި އަނގަ ނިވާވާގޮތަށް މާސްކު އެޅުމާއި، ގައިދުރުކަން ބެހެއްޓައި، އަމިއްލަ މުސައްލަ ގެންދިއުމަށް ވަނީ އަންގާފައެވެ.

އެޗްޕީއޭގެ މިއެންގުމާއި ގުޅިގެން ޑރ.އިޔާޒު ވިދާޅުވީ ކަމެއް ޙައްލުކުރަން ބޭނުންނަމަ ފުރަތަމަ ކަމަކަށް އެކަމާއި ގުޅޭ ދިރާސާ އެއް ހަދަން ޖެހޭ ކަމަށެވެ. ކޯވިޑް ކޮންޓްރޯލް ނުކުރެވިގެން އުޅޭތާ އަހަރަކަށްވުރެ ގިނަ ދުވަސްވެ، އެކި ކަހަލަ ފިޔަވަޅުތައް އެޅި ނަމަވެސް ޙައްލެއް ނުލިބުނު ކަމަށާއި, މިކަމުގައި މައްސަލަ އުޅެނީ ކޮން ދިމާލަކުންތޯ ބަލަން ޖެހޭ ކަމަށް ޑރ.އިޔާޒު ވިދާޅުވިއެވެ.

އިޔާޒު ވިދާޅުވީ ބިރަކާއި ނުލައި މަޖާކުރަން ރަށް ރަށަށް ގޮސް، މުޑުދާރު ވައްތަރުތައް ޖައްސައި ބަލިބޮޑުވީމާ އަޅާ ބޭސް ގަނޑަކަށް މިސްކިތްތަކުގެ ސަފުތަކާއި ކުޅެން އުޅުމަކީ ހެދޭ ގޯހެއް ކަމަށެވެ. ކަމަކަށް ކަމެއް ކުރުމުގެ ބަދަލުގައި އިޚްލާޞްތެރި މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށާއި، ވަކި ގަޑިއެއްގައި ވެހިކަލް ދުއްވުން މަނާ ކުރިޔަސް, މިސްކިތުގެ ޞަފުތައް ހަލާކު ކުރިޔަކަސް ކޯވިޑް ކޮންޓްރޯލް އެއް ނުކުރެވޭނެކަން މިހާރުވަނީ ސާފުވެފައި ކަމަސް އިޔާޒު ވިދާޅުވިއެވެ.

ކޯވިޑް ބާރަށް ފެތުރެމުންދިޔަ ވަގުތެއްގައި ސަފާރީ ގައި ޕާޓީކޮށް ﷲ ހަރާމްކުރެއްވި ކަންތައްތަކެއް ކުރަން އެޗްޕީއޭއިން ވަނީ ފެހި ސިގުނަލް ދެއްވާފަ. ހުރިހާ ކަމެއް ބޮއްސުން ލައިގެން ދިޔައިމަ މިސްކިތްތަކުގެ ސަފުތަކާއި ކުޅެލުން އެއީ ހައްލެއްނޫން.

– ޑރ.އިޔާޒު ވިދާޅުވިއެވެ.

ކޯވިޑް-19ގެ ޢަދަދުތައް ރާއްޖޭގައި އިތުރުވާން ފަށާފައިވާއިރު، މާލެއާއި އަތޮޅުތެރޭގައިވެސް މިދުވަސްވަރު ކޯވިޑް-19 ހަލުވިކަމާއެކު އަންނަނީ ފެތުރެމުންނެވެ. ވަކިން ޚާއްސަކޮށް ފަހަކަށް އައިސް ދުވާލެއްގެ މައްޗަށް ޕޮޒިޓިވްވާ ޢަދަދުތައް 300 އިން މަތީގައި ހުރުމަށްފަހު މިއަދު ރާއްޖޭގައި ވަނީ ރިކޯޑް ޢަދަދަކަށް ކޯވިޑް-19 އަށް މީހުން ޕޮޒިޓިވްވެފައެވެ. އެގޮތުން 585 އަށް މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އަދި ޖުމްލަ ޢަދަދު މިހާރު މިވަނީ 30،000 އަށްވުރެ މައްޗަށް އަރާފައެވެ.

މި ބަލިމަޑުކަމުން ރައްކާތެރިވުމަށްޓަކާ މިހާރު އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން، މާލޭ ސަރަޙައްދުގައި މިމަހުގެ 5 އިން 15 އަށް 10 ދުވަހުގެ މުއްދަތަކަށް އިތުރު ފިޔަވަޅުތަކެއް އެޅުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އެގޮތުން މާލޭ ސަރަޙައްދުގައި މެންދަމު 12 އިން ފަތިހު 4 އަކަށް ވެހިކަލް ދުއްވުން ވަނީ މަނާކޮށްފައެވެ. އަދި މާލޭ ސަރަހައްދުގައި ކިންޑަރގާޓްން އިން ފެށިގެން ގްރޭޑް ބާރައާއި ހަމައަށް ކިޔަވައިދޭ ސްކޫލުތައް ބަންދުކޮށް، އޮންލައިންކޮށް ކިޔަވައިދިނުމަށް ވަނީ ނިންމާފައެވެ. ނަމަވެސް މިހާރު ފަށާފައިވާ އޯލެވެލް އިމްތިހާނު ކުރިއަށްދާނެއެވެ. އަދި ވެކްސިން ޖެހުމުން ދަތުރު ކުރުމަށް ލިބިފައިވާ ލުއި މެދުކަނޑާލުމަށްވެސް ވަނީ ނިންމާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.