ވެންޓިލޭޓަރު އެއްބަސްވުން ބާތިލުކުރަން ނޯޓިސްފޮނުވައިފި

ވެންޓިލޭޓަރު އެއްބަސްވުން ބާތިލުކުރަން ނޯޓިސްފޮނުވައިފި

Share on twitter
Share on linkedin
Share on whatsapp
Share on telegram
Share on email
Share on facebook
Share on email
Share on twitter
Share on linkedin
Share on whatsapp
Share on telegram
ގުޅުންހުރި

ކޯވިޑް-19 އާ ގުޅިގެން ދިވެހިރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރުތައް ގެނަމައުމަށް މިނިސްޓްރީ އޮފް ހެލްތާއި އެގްޒިކިއުޓަރސް ޖެނެރަލް ޓްރޭޑިންގއާއެކު ވެފައިވާ އެއްބަސްވުން ބާޠިލުކުރުމަށް ހުށަހަޅައިފިއެވެ.

އޭޖީ އޮފީހުން ވިދާޅުވީ ކޯވިޑް-19 އާ ގުޅިގެން ދިވެހިރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރުތައް ފޯރުކޮށްދިނުމަށް މިނިސްޓްރީ އޮފް ހެލްތާއި އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންގއާ ދެމެދު 2 އޭޕްރިލް 2020 ގައި ވެފައިވާ އެއްބަސްވުމުގައި، އެޑްވާންސް ޕޭމަންޓް ހަދާތާ 29 މަސައްކަތު ދުވަހުގެ ތެރޭގައި ދޭންވާނެކަމުގައި ބަޔާންކޮށްފައިވީނަމަވެސް އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ވެންޓިލޭޓަރުތައް ލިބިފައި ނުވާކަމަށެވެ.

އެއްބަސްވުމުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި ސަޕްލަޔަރ މުދާ ފޯރުކޮށްނުދީފިނަމަ އެއްބަސްވުން ބާޠިލުކުރެވިދާނެކަމަށް އެއްބަސްވުމުގައި ބަޔާންކޮށްފައިވާތީ، އެއްބަސްވުމުގައިވާ ގޮތަށް އެ ކުންފުނިން ހުރިހާ މުދާ ފޯރުކޮށްދީފައިނުވާތީ އެއްބަސްވުން ބާޠިލުކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ހެލްތުން ވަނީ 2 މޭ 2021 ގައި އެ ކުންފުންޏަށް “ޓަރމިނޭޝަން ނޯޓިސް” ފޮނުވާފައިވާކަމަށް އޭޖީ ނެރުއްވި ބަޔާނުގައި ވެއެވެ.

އެއްބަސްވުން ބާޠިލުކުރާ ދުވަހާ ހަމަޔަށް މުދާ ފޯރުކޮށްދީފައިނުވާނަމަ، އެ މުދާ ފޯރުކޮށްދިނުމަށް އެހާތަނަށް ދައްކާފައިވާ ފައިސާ އަނބުރާ ރައްދުކޮށްދޭންވާނެކަމަށް އެއްބަސްވުމުގަ ބަޔާންކޮށްފައިވޭ. އެ ކުންފުނިން ފޯރުކޮށްދީފައިނުވާ މުދަލަށް އެޑްވާންސްކޮށް ދައްކާފައިވާ ފައިސާއާއި އެއްބަސްވުމާ އެއްގޮތަށް މުދާ ފޯރުކޮށްނުދިނުމުގެ ސަބަބުން ލިބިފައިވާ ސީދާ ގެއްލުމުގެ ބަދަލު އެ ކުންފުނިން ނުދައްކައިފިނަމަ އެ ފައިސާ ހޯދުމުގެ މައްސަލަ އާބިޓްރޭޝަނަށް ހުށަހެޅުމަށް ސަރުކާރުން ވަނީ ނިންމާފަ.އެއްބަސްވުމުގައިވާ ގޮތުން، އެއްބަސްވުމުގެ ދަށުން އުފެދޭ މައްސަލަތައް ހައްލުކުރާނީ އާބިޓްރޭޝަން މެދުވެރިކޮށެވެ. އާބިޓްރޭޝަން ހިންގާ ތަނަކީ ދިވެހިރާއްޖެ.

– އޭޖީގެ ބަޔާނުގައި ވެއެވެ.

އޭޖީ އޮފީހުން ވިދާޅުވީ އާބިޓްރޭޝަން ހިންގާނީ މޯލްޑިވްސް އިންޓަރނޭޝަނަލް އާބިޓްރޭޝަން ސެންޓަރުގައިކަމަށާއި، އެއްބަސްވުމުގައިވާ ގޮތުން، މައްސަލަ ބަލާނީ 1 އާބިޓްރޭޓަރެއް ކަމަށެވެ. މޯލްޑިވްސް އިންޓަރނޭޝަނަލް އާބިޓްރޭޝަން ސެންޓަރުގައި މައްސަލަ ބެލުމަށް ރަޖިސްޓްރީވެފައިވަނީ ރާއްޖޭގެ ބޭރުގެ ތަޖުރިބާކާރު އާބިޓްރޭޓަރުންކަން މިބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންގއަކީ، ޔުނައިޓެޑް އަރަބް އެމިރޭޓްސްގައި ރަޖިސްޓްރީވެފައިވާ ކުންފުންޏެއްކަމަށްވާތީ، ދިވެހިރާއްޖެއާއި ޤައުމެއްގެ ކުންފުންޏަކާ ދެމެދު ހިންގޭ އާބިޓްރޭޝަންގެ މައްސަލައަކީ “އިންޓަރނޭޝަނަލް އާބިޓްރޭޝަން” ގެ މައްސަލައެއްކަން އޭޖީ އޮފީހުން ފާހަގަކުރެއެވެ. އަދި ދިވެހިރާއްޖެއާއި ޔުނައިޓެޑް އަރަބް އެމިރޭޓްސްއަކީ ކޮންވެންޝަން އޮން ދަ ރިކޮގްނިޝަން އެންޑް އެންފޯސްމަންޓް އޮފް ފޮރިން އާބިޓްރަލް އެވޯޑްސް” (ނިއުޔޯކް ކޮންވެންޝަން) ގެ ބައިވެރިއެއް ކަމަށާއި، އެ މުޢާހަދާގައި 168 ޤައުމަކުން ބައިވެރިވެފައިވާކަމަށެވެ. އެއިން ކޮންމެ ޤައުމެއްގައި ނަމަވެސް ހިންގާ އާބިޓްރޭޝަނަކުން ނިންމާ ނިންމުމެއް އެ މުޢާހަދާގެ އެހެން މެންބަރު ޤައުމެއްގައި ތަންފީޒު ކުރެވޭނެ ކަމަށް ވަނީ ބުނެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.