ބިލް ގޭޓްސްއާއި މެލިންޑާ ވަރިވުމަށް ނިންމާފައިވަނީ އެކުގައި އުޅުނުތާ 27 އަހަރު ފަހުން

27 އަހަރަށްފަހު ބިލް ގޭޓްސްއާއި އަނބި ކަބަލުން ވަރިވާން ނިންމައިފި

27 އަހަރަށްފަހު ބިލް ގޭޓްސްއާއި އަނބި ކަބަލުން ވަރިވާން ނިންމައިފި

Share on twitter
Share on linkedin
Share on whatsapp
Share on telegram
Share on email
Share on facebook
Share on email
Share on twitter
Share on linkedin
Share on whatsapp
Share on telegram
ގުޅުންހުރި

27 އަހަރު ކައިވެނި ކޮށްގެން އެކީގައި ދިރިއުޅުމަށްފަހު، ވަރިވާން ނިންމާފައިވާ ކަން، ދުނިޔޭގެ އެންމެ މުއްސަދި މަހުޖަނުންގެ ތެރޭގައި ބިލްގޭޓްސްއާއި އޭނާގެ އަނބި ކަބަލުން މެލިންޑާ ހޯމަ ދުވަހު ހާމަ ކޮށްފިއެވެ. ބިލްގޭޓްސްގެ އަނބި ކަބަލުން މެލިންޑާއަކީވެސް މުއްސަދި ވިޔަފާރި ވެރިއެކެވެ. އަދި ދެބޭފުޅުންނަކީ، ދެބޭފުޅުންގެ ނަމުގައި އުފައްދާފައިވާ ފައުންޑޭޝަނުން، އިންސާނީ އެހީތެރިކަމަށް ބޭނުންވެފައިވާ އެތަކެއް ޖަމްއިއްޔާ ޖަމާއަތްތަކަށާއި އަދި ގައުމުތަކަށްވެސް އިންސާނީ އެހީތެރިކަން ފޯރުކޮށްދެމުންދާ ދެބޭފުޅުންނެވެ.

ދެބޭފުޅުންގެވެސް، އަމިއްލަފުޅު ޓުވިޓަރ އެކައުންޓުން ވަރިވާން ނިންމާފައިވާކަން ހާމަ ކޮށްފައިވާއިރު، ދެބޭފުޅުންވެސް ވިދާޅުވެފައިވަނީ، ވަރިވާން ނިންމި ކަމުގައިވި ނަމަވެސް، އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އުފައްދާފައިވާ ފައުންޑޭޝަންގެ މަސައްކަތްތަކުގައި އެކީގައި އުޅުއްވުމަށް ދެބޭފުޅުންވެސް ނިންމަވާފައިވާ ކަމަށެވެ.

މައިކްރޯ ސޮފްޓްގެ ފައުންޑަރ އަދި ބިލިއަނަރ ބިލް ގޭޓްސްއާއި، ވިޔަފާރަވެރިޔާ އަދި ލިޔުންތެރިއެއް ކަމުގައި މެލިންޑާއާއި ދެބޭފުޅުންވެސް ވަރިވާން ނިންމާފައި ވާކަން ހާމަ ކޮށްފައިވަނީ، ދެބޭފުޅުންވެސް ޓުވިޓަރ އެކައުންޓް މެދުވެރިކޮށް އާންމުކުރި އެއްހަކަލަ ސްޓޭޓްމަންޓް ތަކެއްގައެވެ.

“ފާއިތުވި 27 އަހަރުގެ ތެރޭގައި، އަހަރެމެން ދެމީހުން، އަޚްލާގު ރަގަޅު އަދި އެހާމެ ހުނަރުވެރި 3 ކުދިން ބަލާ ބޮޑު ކޮށްފިން، އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރި އުޅެމުންދާ މީސްތަކުންގެ ސިއްޙީ ދުޅަހެޔޮކަން އިތުރު ކޮށްދީ، އަދި އެމީހުންނަށް އުފެއްދުންތެރި ދިރިއުޅުމެއް ހޯދާ ދިނުމަށްޓަކާ އަހަރެމެން ދެމީހުން ވާނީ ފައުންޑޭޝަނެއް އުފައްދާ ހަރަކާތްތެރި ކުރުވާފަ،” ދެބޭފުޅުން ނެރުއްވި ސްޓޭޓްމަންޓުގައި ވިދާޅުވެފައި ވެއެވެ. “އަހަރެމެން ދެމީހުންގެ މަގުސަދުތައް ހާސިލް ކުރުމަށްޓަކާ އެއް ވިސްނުމެއްގައި ކުރިޔަށް ދިއުމުގެ އިތުރުން ފައުންޑޭޝަންގެ މަސައްކަތްތަކުގައި އެކީގައި މަސައްކަތްވެސް ކުރާނަން، އެހެންނަމަވެސް، ހަޔާތުގެ ކުރިޔަށް އޮތްތަކުގައި ދެމަފިރިންގެ ގޮތުގައި ދެމީހުންނަށް އެކީގައި ކުރިޔަށް ދެވިދާނެ ކަމަށް ގަބޫލެއް ނުކުރެވޭ.”

މައިކްރޯސޮފްޓްގެ މަސައްކަތްތަކުގެ ތެރެއިން ބައްދަލުވި މި ދެބޭފުޅުން ކައިވެނި ކޮށްފައިވަނީ، 1994 ވަނަ އަހަރުއެވެ. އަދި ކައިވެނި ކޮށްފައިވަނީ އެމެރިކާގެ ހަވާއީގައެވެ. ވަރިވުމަށް ނިންމާފައިވާކަން އިއުލާންކޮށް އާންމު ކުރެއްވި ސްޓޭޓްމަންޓުގައި ދެބޭފުޅުންވެސް ވަނީ، ދެބޭފުޅުންގެ ޕްރައިވެސީއަށް އިހުތިރާމް ކުރުމަށް އެދިވަޑައިގެންފައެވެ.

އެމެރިކާގެ ކިންގ ކައުންޓީގެ ސީޓްލްގައި ހުންނަ ސުޕީރިއަރ ކޯޓަށް، ކައިވެނި ރޫޅާލުމަށް އެދި ހުށަހެޅުއްވި ޕެޓިޝަންގައި ލިޔެފައިވާ ގޮތުން، “ކައިވެނި ވަނީ އަބުރާ އިއާދަ ނުކުރެވޭ ވަރަށް ރޫޅިފަ” އެވެ.

ބިލް އެންޑް މެލިންޑާ ގޭޓްސް ފައުންޑޭޝަންއަކީ، ދުނިޔޭގައި އޮތް، އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ އެންމެ ބޮޑު އެއް ފައުންޑޭޝަން

ރޮއިޓާސްގެ ނޫސް އޭޖެންސީން ރިޕޯޓު ކޮށްފައިވާ ގޮތުގައި، ދެބޭފުޅުންގެ މިލްކިއްޔާތުގައި ހުރި މުދާތައް ބެހުމަށް ވެފައިވާ އެއްބަސްވުމަށް ހުއްދަ ދިނުމަށްވެސް ކޯޓުގައި ދެބޭފުޅުންވަނީ އެދިވަޑައިގެންފައެވެ.

މިހާރު އުމުރުން 65 އަހަރުވެފައިވާ ބިލް ގޭޓްސް މައިކްރޯސޮފްޓް އުފައްދާފައިވަނީ، އޭނާގެ އެކުވެރި ލައުން އެލެންއާއެކީ 1975 ވަނަ އަހަރުއެވެ.

އެމެރިކާގެ ފޯރބްސް މެގަޒިންއިން އެންމެ ފަހުން އާންމު ކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، ބިލްގޭޓްގެ ބައިތުލްމާލުގެ މިހާރުގެ މިންވަރަކީ 130.5 ބިލިއަން އެމެރިކާ ޑޮލަރެވެ. އަދި އޭނާވަނީ، މައިކްރޯސޮފްޓް ސްޓޮކްގެ 35.8 ބިލިއަން ޑޮލަރު އަނބިކަބަލުންނާއެކު، އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އުފައްދާފައިވާ ފައުންޑޭޝަނަށް ހަދިޔާކޮށްފައެވެ.

ފާއިތވެދިޔަ އަހަރު ބިލް ގޭޓްސް އިއުލާން ކުރައްވާފައިވާ ގޮތުގައި، ފައުންޑޭޝަންގެ ކޯ-ޗެއަރއެއްގެ ގޮތުން، އެފައުންޑޭޝަންގެ މަސައްކަތްތަކަށް އެކަނި ޚާއްސަވުމަށްޓަކާ، މައިކްރޯސިފްޓް ކުންފުނީގެ ބޯޑުން އިސްތިއުފާ ދެއްވުމަށް އޭނާ ވަނީ ނިންމަވާފައެވެ.

އުމުރުން މިހާރު 56 އަހަރު ވެފައިވާ، މެލިންޑާއަކީވެސް، ބިލްގޭޓްސްއާއި ދެބޭފުޅުން އުފައްދާފައިވާ ފައުންޑޭޝަންގެ ކޯ-ޗެއަރއެކެވެ. އޭގެ އިތުރުން އޭނާއަކީ އެމެރިކާގެ އަންހެނުންނާއި އަދި އާއިލާތަކުގެ ދުޅަހެޔޮ ކަމަށްޓަކާ މަަސައްކަތްކުރާ ކުންފުންޏެއްކަމުގައިވާ ޕިވޮޓަލް ވެންޗަރ އިންވެސްމަންޓްގެ ފައުންޑަރއެވެ.

2000 ވަނަ އަހަރު ލޯންޗް ކޮށްފައިވާ “ބިލް އެންޑް މެލިންޑާ ގޭޓްސް ފައުންޑޭޝަން” އަކީ އެމެރިކާގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ އަމިއްލަ އެންމެ ބޮޑު ފައުންޑޭޝަންގެ އިތުރުން މުޅި ދުނިޔޭގައިވެސް ހަރަކާތްތެރިވާ މިފަދަ އެންމެ ބޮޑު އެއް ފައުންޑޭޝަންއެވެ. މި ފައުންޑޭޝަންގެ ވެބްސަައިޓުގައި ވާގޮތުން، 2019 ވަނަ އަހަރު ނިމިގެން ދިޔައިރު، މި ފައުންޑޭޝަންގެ މުޅި މިލްކިއްޔާތުގައި 43.3 އެމެރިކާ ޑޮލަރު ހުއްޓެވެ.

މި ފައުންޑޭޝަންގައި 1,602 މުވައްޒަފުން މަސައްކަތް ކުރާއިރު، 2019 ވަނަ އަހަރު މި ފައުންޑެޝަންއިން ވަނީ ދުނިޔޭގެ 135 ގައުމަކަށް ހިލޭ އެހީގެ ގޮތުގައި 5.1 ބިލިއަން އެމެރިކާ ޑޮލަރު ދީފައެވެ.

2020 ވަނަ އަހަރު، ފައުންޑެޝަނުން ވަނީ، ކޯވިޑް19 އާއި ދެކޮޅަށް ދުނިޔެއިން ކުރާ މަސައްކަތްތަކަށް އެހީތެރި ވެދިނުމުގެ ގޮތުން، 1.75 ބިލިއަން ޑޮލަރު ހަދިޔާކުރުމަށް ނިންމާފައެވެ.

ފައުންޑޭޝަންއިން ބުނެފައިވާ ގޮތުގައި، ފައުންޑޭޝަން އުފެއްދިފަހުން، ފައުންޑޭޝަންއިންވަނީ، ސިއްޙީ ދާއިރާއިންނާއި، ތަރައްގީއާއި އަދި މޫސުމީ ކަންކަމަށް އެހީތެރި ވެދިނުމުގެ ގޮތުން، މިދާއިރާތަކަށް ސީދާ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން މިހާތަނަށް އައިރު 54.8 ބިލިއަން ޑޮލަރު ހޭދަ ކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.