ސީރިއާގެ ރިޔާސީ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 26 ވަނަ ދުވަހު

ސީރިއާގެ ރިޔާސީ އިންތިޚާބުގައި ބައްޝާރުލް އަސަދުގެ އިތުރުން އިތުރު ދެ ކެނޑިޑޭޓެއް ވާދަކުރަނީ

ސީރިއާގެ ރިޔާސީ އިންތިޚާބުގައި ބައްޝާރުލް އަސަދުގެ އިތުރުން އިތުރު ދެ ކެނޑިޑޭޓެއް ވާދަކުރަނީ

Share on twitter
Share on linkedin
Share on whatsapp
Share on telegram
Share on email
Share on facebook
Share on email
Share on twitter
Share on linkedin
Share on whatsapp
Share on telegram

މި މޭމަހުގެ 26 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ސީރިއާގެ ރިޔާސީ އިންތިޚާބުގައި ވާދަ ކުރާ ކެނޑިޑޭޓެއްގެ ގޮތުގައި، މިހާރުގެ ރައީސް ބައްޝާރުލް އަސަދުގެ އެޕްލިކޭޝަން ފޯމު، ސީރިއާގެ އެންމެ މަތީ ކޮންސްޓިޓިއުޝަނަލް ކޯޓުން މިއަދު ބަލައިގަނެ ހުއްދަ ދޫކޮށްފިއެވެ. މިއިންތިޚާބު މާބޮޑު އުދަގުލަކާ ނުލާ ބައްޝާރުލް އަސަދު ކާމިޔާބު ކުރާނެ ކަމަށް ވަނީ ބެލެވިފައެވެ.

ކޯޓުން މިއަދުވަނީ، މިއިންތިޚާބުގައި ވާދަކުރުމުގެ ހުއްދަ އިތުރު ދެ ކެނޑިޑޭޓަކަށްވެސް ދޫކޮށްފައެވެ. އެއީ، އަބުދުﷲ ސަލޫމް އަބުދުﷲއާއި މަހުމޫދު އަހުމަދު މާރީއެވެ. މި ދެބޭފުޅުންނަށް ރިޔާސީ އިންތިޚާބުގައި ވާދަ ކުރުމުގެ ފުރުސަތު ލިބިގެން ގޮސްފައިވި ނަމަވެސް، އަސަދުއަށް މި އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ލިބިގެން ދިއުމާއެކު، ސިޔާއާގެ ވެރިކަމުގައި އޭނާ އަދާ ކުރައްވާނެ 4 ވަނަ ރިޔާސީ ދައުރު ކަށަވަރު ވެއްޖެކަމަށް ވަނީ ޔަގީނާ ގާތަށް މިހާރު ބެލެވިފައެވެ.

މި ދައުރު ފުރިހަމަ ވެގެންދާއިރު، ބައްޝާރުލް އަސަދުގެ ވެރިކަން ސީރިއާގައި 20 އަހަަރަށްވުރެ ދިގުލައިގެން ދާނެއެވެ.

ބައްޝާރުލް އަސަދު ސީރިއާގެ ރައީސްކަން ކުރައްވަމުން ގެންދަވަނީ 2000 ވަނަ އަހަރުން ފެށިގެންނެވެ. ވެރިކަމަށް އިސްވެވަޑައިގަތީ، 1970 ވަނަ އަހަރު ގެނެވުނު ބަޢާވާތެއްގައި ސީރިއާގެ ވެރިކަމަށް އިސްވެވަޑައިތް އޭނާގެ ބައްޕާފުޅު ހާފިޒުލް އަސަދު 2000 ވަނަ އަހަރު އަވަހާރަ ވުމާއި ގުޅިގެންނެވެ.

2011 ވަނަ އަހަރު ސީރިއާގަ ފެށިގެން ކުރިޔަށްދާ އަހުލީ ހަގުރާމައިގެ ފުރަތަމަ ދުވަސްކޮޅު، އޭނާގެ ވެރިަކަން ވައްޓާލަން ހަގުރާމަކުރި އިދިކޮޅު ފަރާތްތަކުން ސީރިއާގެ ބޮޑުބައެއް އެމީހުންގެ ބާރުގެ ދަށަށް ގެންދިޔަނަމަވެސް، މިހާރު ސަރުކާރު ސިފައިންވަނީ ސީރިއާގެ ބޮޑު ބައެއް ސަރުކާރުގެ ބާރުގެ ދަށަށް ގެނެސްފައެވެ.

ސީރިއާގައި އެންމެ ފަހުން ރިޔާސީ އިންތިޚާބު ބާއްވާފައިވަނީ 2014 ވަނަ އަހަރުއެވެ. އެއީ، އޭރުގެ ބައްޝާރުލް އަސަދުގެ ވެރިކަމާ ދެކޮޅަށް ކުރެވެން ފެށި މުޒާހިރާތައް މައިތިރިކުރުމަށް ބާރުގެ ބޭނުން ކުރެވުނުތާ 3 އަހަރު ވީތަނާ ކަހަލަ ގޮތަކަށް ބޭއްވުނު ރިޔާސީ އިންތިޚާބެވެ. އެ އިންތިޚާބުވެސް %90 އަށްވުރެ މަތީ އަޢުލަބިއްޔަތަކުން ކާމިޔާބު ކޮށްފައިވަނީ ބައްޝާރުލް އަސަދެވެ.

އެއަށްފަހު، ސިރިޔާގައި ހިގަމުންދާ އަހުލީ ހަގުރާމައިގެ ތެރެއަށް ރަޝިއާއިން ވަދެ، ބައްޝާރުގެ އަސްކަރިއްޔާއަށް ފޯރުކޮށްދިން އެހީތެރިކަމާއެކު، އޭރު އިދިކޮޅު ފަރާތްތަކުގެ ބާރުގެ ދަށުގައިވި ގިނަ ސަރަހައްދުތައް ބައްޝާރުގެ ސިފައިން އަލުން ވަނީ ހިފާފައެވެ.

ސީރިއާގެ އިދިކޮޅު ފަރާތްތަކުގެ ބާރުގެ ދަށުގައި މިހާރުވަނީ، އެގައުމުގެ ހުޅަގު އުތުރުގެ މަދު ސަރަހައްދު ތަކެކެވެ.

ސީރިއާގެ ގާނޫނު އަސާސީގައިވާ ގޮތުން، އެގައުމުގައި ރައީސްކަމުގައި އެއްބޭފުޅަކަށް ދެމިހުރެވޭނީ، ގިނަވެގެން 7 އަހަރުގެ ދެ ދައުރުގައެވެ. އެހެންނަމެވެސް، މީގެތެރޭގައި 2014 ވަނަ އަހަރުގެ އިންތިޚާބު ކާމިޔާބު ކޮށްފައިވާ ރައީސުލްޖުމްހޫރިއްޔާގެ ދައުރު ހިމަނާފައެއް ނުވެއެވެ.

އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓުންގެ ހުންނަންޖެހޭ ޝަރުތެއްގެ ގޮތުގައި، އިންތިޚާބުގެ ކުރިން ފާއިތުވެދިޔަ 10 އަހަރު މެދުނުކެޑި ސީރިއާގައި ދިރިއުޅެފައިވުން ކަޑައަޅާފައި ވުމާއެކު، 51 އަހަރުވަންދެން ސީރިއާގާއި ހިގަމުންދާ އަސަދު އާއިލާގެ ވެރިކަން ނިމުމަކަށް ގެނައުމަށް، ގައުމުން ބޭރުގައި ތިއްބަވައިގެން މަސައްކަތް ކުރަމުންދާ އިދިކޮޅު ގިނަ ފަރާތްތަކަށް މިއިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ގެއްލިގެން ދާނެއެވެ.

އަދި މީގެ އިތުރުން، އިންތިޚާބުގައި ވާދަކުރަން ބޭނުންވާ ކެނޑިޑޭޓެއްނަމަ، އިންތިޚާބަށް އެޕްލިކޭޝަން ހުށަހެޅުއްވޭނީ، ސީރިއާގެ ގާނޫނު ހަދާ މަޖިލިހިގެ މަދުވެގެން 35 މެމްބަރުންގެ ތާޢީދާ އެކުއެވެ.

ސީރިއާގެ ގާނޫނު ހަދާ މަޖިލީހުގައި އޮންނަނީ ބައްޝާރުލް އަސަދުގެ ބާތު ޕާޓީގެ މެޖޯރިޓީއެވެ.

ސީރިއާގައި އެތައް އަހަރެއްވަންދެން ހިގަމުންދާ އަހުލީ ހަގުރާމައިގެ ސަބަބުން، ގެދޮރުން ބޭރުވެފައިވާ އެތައް މިލިއަން މީހުންނަށް މި އިންތިޚާބުގައި ވޯޓު ލުމުގެ ފުރުސަތު ލިބިގެނެއް ނުދާނެއެވެ.

ޔޫއެންއިން ބުނެފައިވަނީ، ސީރިއާގައި މިމަހު ބާއްވާ ރިޔާސީ އިންތިޚާބު ބޭއްވިގެންދަނީ، ޔޫއެންއިން ފާސްކޮށްފައިވާ ގަރާރާ އެއްގޮތަށް ނޫންކަމުގައެވެ. އެގަރާރުގައި ބުނެފައިވަނީ، ސީރިއާގެ އަހުލީ ހަގުރާމަ ހުއްޓާލާ، ހުރިހާ ފަރާތްތަކުން މަޝްވަރާގެ މޭޒަށް އައިސް، އާގާނޫނު އަސާސީއެއް އެކުލަވާލާ، އަދި ޔޫއެންގެ ބެލުމުގެ ދަށުން، ދެފުށްފެންނަ ރިޔާސީ އިންތިޚާބެއް އެގައުމުގައި ބޭއްވުމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.