ރޯދަ އާއި ސުވާލު: ރޯދައަށް ތިބި މުވައްޒަފުން ކުރިމަތީ ޣައިރު މުސްލިމް މުވައްޒަފުން ކެއުން

ރޯދަ އާއި ސުވާލު: ރޯދައަށް ތިބި މުވައްޒަފުން ކުރިމަތީ ޣައިރު މުސްލިމް މުވައްޒަފުން ކެއުން

Share on twitter
Share on linkedin
Share on whatsapp
Share on telegram
Share on email
Share on facebook
Share on email
Share on twitter
Share on linkedin
Share on whatsapp
Share on telegram

ކުންފުއްންޏެއްގެ ވެރިއެކެވެ. އޭނާގެ މަސައްކަތު މީހުންގެ ތެރޭގައި ޣައިރު މުސްލިމުންވެސް ހިމެނެއެވެ. ރަމަޟާން މަހު ދުވާލު މުސްލިމުންގެ ކުރިމަތީގައި ޣައިރު މުސްލިމުން ކެއުން މަނާ ކުރެވިދާނެ ހެއްޔެވެ؟

الحمد لله والصلاة والسلام على رسول الله وعلى آله وصحبه، أما بعـد

ފުރަތަމަ:

މުސްލިމް މަސައްކަތު މީހުން ލިބެން ހުރި ހިނދެއްގައި ޣައިރު މުސްލިމުން ބޭނުން ކުރުމަކީ ހުއްދަ ކަމެއް ނޫނެވެ. ސަބަބަކީ ޣައިރު މުސްލިމުންނަށް ވުރެ މުސްލިމުން ހެޔޮކަން ބޮޑެވެ. ސޫރަތުލް ބަގަރާގެ 221 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވަނީ މިފަދައިންނެވެ. (وَلَعَبْدٌ مُّؤْمِنٌ خَيْرٌ‌ مِّن مُّشْرِ‌كٍ وَلَوْ أَعْجَبَكُمْ) މާނައަކީ: ” ހަމަކަށަވަރުން مؤمن ފިރިހެން އަޅަކުވެސް ބުދަށް އަޅުކަންކުރާ ފިރިހެނަކަށްވުރެ މާރަނގަޅެވެ.” ނަމަވެސް ޣައިރު މުސްލިމް މީހަކު ބޭނުން ކުރަން ޖެހިއްޖެ ހިނދެއްގައި އެފަދަ މީހުންގެ އެހީތެރިކަން ހޯދުމަކީ މައްސަލަ އެއް ނޫނެވެ.

ދެވަނަ:

މުސްލިމް ރޯދަވެރިންގެ ކުރިމަތީގައި ޣައިރު މުސްލިމް މަސައްކަތު މީހުން ކައިބޮއި ހެދުމަކީ މައްސަލަ އެއް ނޫނެވެ. ސަބަބަކީ މުސްލިމް ރޯދަވެރިޔާ އޭނާ އަށް ދެދުނިޔޭގެ ބާއްޖެވެރިކަން ދެއްވި ކަމަށްޓަކައި ﷲ އަށް ޙަމްދު ކުރެއެވެ. ރަމަޟާން މަހު ދުވާލު ކާން ނުލިބުނު ކަމުގައިވީނަމަވެސް ރޯދަ އަށް ހުރެ ހެޔޮ ޢަމަލު ކުރުމުގެ ސަބަބުން ގިޔާމަތް ދުވަހުގައި އުފާވެރިކަން ލިބޭނެ ކަން މުސްލިމުން ޔަގީން ކުރެއެވެ. އެބައިމީހުންނަށް ގިޔާމަތް ދުވަހުގައި ބުނެވޭނެ ކަމަށް ސޫރަތުލް ޙާއްގާގެ 24 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (كُلُوا وَاشْرَ‌بُوا هَنِيئًا بِمَا أَسْلَفْتُمْ فِي الْأَيَّامِ الْخَالِيَةِ) މާނައަކީ: ” (އަންގަވާނެތެވެ.) އަރާމުލިބެނިވިގޮތުގައި، ތިޔަބައިމީހުން ކައިބޮއި އުޅޭށެވެ! ދުނިޔޭގައި ތިޔަބައިމީހުން ހޭދަކުރި ދުވަސްތަކުގައި ތިޔަބައިމީހުންކުރި ހެޔޮ عمل ތަކުގެ ޖަޒާއެއްގެ ގޮތުންނެވެ.”

ރަމަޟާން މަހު ދުވާލު ޣައިރު މުސްލިމުން ކައިބޮއި ހެދި ނަމަވެސް، އެކަން ކުރަންވާނީ މުސްލިމުންނަށް ނުފެންނަ ހިސާބުގައެވެ. އެއީ އިސްލާމީ މަޡްހަރާ ޚިލާފު ކަމަކަށްވާތީވެއެވެ.  والله أعلم

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.