ތިލަމާލެ ބްރިޖް އަޅަން އިންޑިޔާ ހަތަރު ކުންފުންޏެއްގެ ޝައުގު ވެރިކަން

ތިލަމާލެ ބްރިޖް އަޅަން އިންޑިޔާ ހަތަރު ކުންފުންޏެއްގެ ޝައުގު ވެރިކަން

Share on twitter
Share on linkedin
Share on whatsapp
Share on telegram
Share on email
Share on facebook
Share on email
Share on twitter
Share on linkedin
Share on whatsapp
Share on telegram
ގުޅުންހުރި

ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް (ޖީ.އެމް.ސީ.ޕީ) ނުވަތަ މާލެ-ތިލަފުށި ލިންކް (އެމް.ޓީ.އެލް) މަޝްރޫއު މަސައްކަތް އިންޑިއާގެ ހަތަރު ކުންފުންޏެއް ޕްރީ ކޮލިފައިކޮށްފައިވާ ކަމަށް އިންޑިއާ ހައި ކޮމިޝަނުން މިއަދު ބުނެފިއެވެ.

ބްރިޖް މަޝްރޫޢާއި ގުޅޭގޮތުން އިންޑިޔާ ހައިކޮމިޝަނުން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ މިމަޝްރޫޢުގެ ބިޑް ހުށައެޅުމުގެ އެންމެ ފަހު ތާރީޚަކީ 05 މެއި 2021 ވާ ބުދަ ދުވަސްކަމަށެވެ. އަދި މިކަމަށް މިހާރު ޝައުގުވެރިވެފައިވާ އިންޑިޔާގެ ހަތަރު ކުންފުންޏަކީވެސް މިކަށް ޤާބިލް ކުންފުނިތަކެއްކަމަށެވެ. ނަމަވެސް އެކުންގުނިތަކަކީ ކޮބައިކަމެއް ހައިކޮމިޝަނުން ހާމަކޮށްފައި ނުވެއެވެ.

ދިވެހި ސަރުކާރުގެ މިނިސްޓްރީ އޮފް ފިނޭންސް ގެ ފަރާތުން ހުޅުވާލައިފާވާ މި ޓެންޑަރުގައި ބައިވެރިވުމަށް އިންޑިއާގެ އެގްޒިމް ބޭންކް ގެ ފަރާތުން ވަނީ އިންޑިއާގެ ހަތަރު ކުންފުންޏެއް ޕްރީކޮލިފައި ކޮށްފައެވެ. މި ހަތަރު ކުންފުންޏަކީވެސް މިފަދަ މަޝްރޫއު ތަކުގެ މަސައްކަތުގެ ތަޖުރިބާ އާއި، މަޝްރޫއުއަށް ބޭނުންވާ ޓެކްނިކަލް މާހިރުކަމާއި ގާބިލިއްޔަތު، އަދި މާލީ ތަނަވަސްކަން ލިބިފައިވާ ކުންފުންނިތަކެއްކަމަށް އިންޑިޔާ ހައިކޮމިޝަނުން ބުނެއެވެ.

ހައިކޮމޖީ.އެމް.ސީ.ޕީ އަކީ މިހާތަނަށް ދިވެހިރާއްޖޭގައި ހިންގޭ އެންމެ ބޮޑު އުމްރާނީ ތަރައްގީގެ މަޝްރޫއުއެވެ. އަދި މި މަޝްރޫއުގެ މަސައްކަތް ނިމި، ގްރޭޓާ މާލެ ކަނެކްޓިވިޓީ ބްރިޖް ބޭނުން ކުރެވެން ފެށުމުން، މާލެ އާއި ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި އިންޑަސްޓްރިއަލް ޒޯން ގުޅާލަދޭ މި ބްރިޖް ވެގެންދާނީ ދިވެހިރާއްޖޭގެ އިގްތިސާދު ކުރިއެރުވުމަށް މަގުފަހި ކުރުވާނެ އިންޖީނެއް ގޮތުގައި ކަމަށް ބެލެވެއެވެ. އަދި މިއީ އިންޑިއާގެ އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީ އެއްގެ ދަށުން ތަރައްގީ ކުރެވެމުންދާ ގުޅީފަޅު ޕޯޓްގެ ބޭނުން އެންމެ އެކަށޭނެ ގޮތުގައި ހިފުމަށްޓަކައި ކޮންމެހެން މުހިންމު ބްރިޖް އަދި ކޯސްވޭ ލިންކްއެކެވެ.

މި މަޝްރޫއުގެ ކޮންސަލްޓެންޓް އަކީ ދިވެހި ސަރުކާރުން ޙިޔާރުކޮށްފައިވާ އިނގިރޭސި ވިލާތާއި ހޮންގްކޮންގް ގެ ކުންފުންޏެކެވެ.

ރައީސް އިބްރާޙިމް މުޙައްމަދު ސޯލިހުގެ ސަރުކާރުގެ އެދިލެއްވުމުގެ މަތިން، މި މަޝްރޫއުއަށް ބޭނުންވާ ފައިނޭންސް ހަމަޖައްސައިފާވަނީ އިންޑިއާ ސަރުކާރުން ފޯރުކޮށްދީފައިވާ 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް އަކާއި 100 މިލިއަން ޑޮލަރުގެ ގްރާންޓެއްގެ ދަށުންނެވެ. މި މަޝްރޫއުގެ މަސައްކަތް ގާތްގަނޑަކަށް ދެ އަހަރުގެ ތެރޭގައި ފުރިހަމަކުރެވޭނެ ކަމަށް ބެލެވޭކަމަށް އިންޑިޔާ ހައިކޮމިޝަނުން ބުނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.