ކޯޓްޔާޑް ކެޓަލޮގް"ގެ ނަމުން ނަން ދެވިފައިވާ އަލް-ނޫރު މިސްކިތުގެ ކުރެހުން

އިރާގުގެ ތާރީޚީ އައްނޫރު މިސްކިތް އަލުން އިމާރާތް ކުރުމަށް ބޭއްވުނު ބައިނަލް އަގުވާމީ ކުރެހުމުގެ މުބާރާތް ކާމިޔާބުކުރީ މިސްރުގެ އާކިޓެކްޓުން

އިރާގުގެ ތާރީޚީ އައްނޫރު މިސްކިތް އަލުން އިމާރާތް ކުރުމަށް ބޭއްވުނު ބައިނަލް އަގުވާމީ ކުރެހުމުގެ މުބާރާތް ކާމިޔާބުކުރީ މިސްރުގެ އާކިޓެކްޓުން

Share on twitter
Share on linkedin
Share on whatsapp
Share on telegram
Share on email
Share on facebook
Share on email
Share on twitter
Share on linkedin
Share on whatsapp
Share on telegram

އިރާގުގެ މޫސަލްގައި ހުންނަ، މަޝްހުރު ތާރީޚީ މިސްކިތެއް ކަމުގައިވާ އަލް-ނޫރު މިސްކިތް އަލުން ބިނާ ކުރުމަށްޓަކާ ބޭއްވުނު ބައިނަލް އަގުވާމީ ޑިޒައިންކުރުމުގެ މުބާރާތް މިސްރުގެ އާކިޓެކްޓުން ކާމިޔާބު ކޮށްފިކަމަށް، މި މުބާރާތް އިންތިޒާމް ކުރި ފަރާތް ކަމުގައިވާ ޔުނެސްކޯއިން ބުރާސްފަތި ދުވަހު ހާމަ ކޮށްފިއެވެ.

މީލާދީން 12 ވަނަގަރުުގައި ބިނާ ކުރެވިފައިވާ މިމިސްކިތް މަޝްހޫރުވެފައިވަނީ، މި މިސްކިތުގެ ބައެއްގެ ގޮތުގައި މިސްކިތުގެ ހަރިއްމަ ތެރޭގައި ކޮޅަށްވާގޮތަށް ބިނާ ކޮށްފައި ހުންނަ އުސް މުންނާރުގެ ސަބަބުންނެވެ. 2017 ވަނަ އަހަރު، އައިސިސްއިން އިރާގުގެ މޫސަލް ހިފުމަށް ކުރި ހަގުރާމާގައި، މި ޖަމާއަތާއި އެމެރިކާސިފައިނާއި އަދި އިރާގުގެ ސިފައިނާން ދެމެދު ބަދަލުކުރެވުނު ހަމަލާތަކުގައި، މިމިސްކިތުގެ މުންނާރު އެއްކޮށް ފުޑުފުޑުވެ މިސްކިތަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.

އަލް-ނޫރު މިސްކިތް އަލުން ބިނާ ކުރުމުގެ މަސައްކަތަކީ، އިރާގުގެ މި ތާރީޚީ ސިޓީ އަލުން އާރާސްތުކުރުމަށް ޔުނެސްކޯއިން ކުރިޔަށް ގެންދާ މަޝްރޫޢުގެ ބައެކެވެ.

އަދި، ބުނެވޭ ގޮތުގައި، މޫސަލް އަލުން އިރާގު ސިފައިންގެ ބާރުގެ ދަށަށް ދިއުމުގެ ކުރިން، އައިސިސްއިން ވަނީ މި މިސްކިތުގެ ބޮޑުބައި ގޮއްވާލާފައެވެ.

އައިސްގެ ބާރުގެ ދަށުން މޫސަލް ހިފުމުގެ ކުރިން އައިސިސްއިން ވަނީ މިސކިތުގެ ބޮޑބައެއް ގޮއްވާލާފަ

މިމިސްކިތް އަލުން ބިނާ ކުރުމަށްތަކާ ހުޅުވާލުވުނު، މިސްކިތް ކުރަހާ އަދި ޑިޒައިން ކުރުމުގެ މުބާރާތައް 123 ހުށަހެޅުމެއް ލިބިފައި ވެއެވެ. މި ކުރެހުންތަކުގެ ތެރެއިން، އެންމެ މޮޅު އަދި ރީތި ކުރެހުމަކަށް ހޮވުނު ޑިޒައިނަށް ދީފައިވާ ނަމަކީ، “ކޯޓްޔާޑްސް ޑައިލޮގް” (ހަރިއްމަ ތެރޭގެ މަޝްވަރާ) އެވެ.

މި މިސްކިތް އަލުން އާރާތު ކުރުމަކީ “ހަނގުރާމައިގެ ސަބަބުން މުޅިން ވީރާނާ ވެފައިވާ މި ސިޓީގެ ގުޅުންތެރިކަމާއި އަދި އިޖުތިމާޢީ އެއްބައިވަންތަކަން ރަމްޒު ކޮށްދޭނެ ކަމެއް،” ޔުނެސްކޯގެ ޑިރެކްތަރ ޖެނެރަލް އައުޑްރޭ އަޒޯލޭ ވިދާޅުވިއެވެ.

“ތާރީޚީ ބިނާތަކާއި، އާސާރީ ތަރިކަތަކަކީ، އެބައެއްގެ އަމިއްލަވަންތަކަމާއި މުޖުތަމައުގެ ބަދަހިކަން ރަމްޒު ކޮށްދޭނެ މުހިންމު ބާރެއް،” އޭނާ އިތުރަށް ވިދާޅުވެފައި ވެއެވެ.

“އެއީ މޫސަލްއާއި އަދި މުޅި އިރާގުގެވެސް އަޒުމް އާކޮށްދިނުމުގެ ތަޅުދަނޑި.”

މޫސަލް އަލުން ބިނާ ކުރުން

މި މުބާރާތް ކާމިޔާބު ކުރި މިސްރުގެ ޓީމުގައި ހިމެނެނީ 4 ޕާރޓްނަރުންނެވެ. އެއީ ސަލާހު އަލް ދިން ސާމިރު ހަރީދީއާއި، ޚާލިދު ފަރީދު އަލް-ދީބު އާއި، ޝަރީފް ފަރަގް އިބުރާހުމްގެ އިތުރުން ތަރެޚް އަލީ މުހައްމަދުއެވެ.

އަދި މީގެ އިތުރުން މި ޓީމުގައި އިތުރު އާކިޓެކްޓަރ ޑިޒައިނަރުންވެސް ހިމެނިފައި ވެއެވެ. މީގެ ތެރޭގައި ހިމެނެނީ، ނޫހާ މަންސޫރު ރަޔާންއާއި، ހަގަރު އަބުދުލް ޢަނީ ގާދު އާއި، މުހައްމަދު ސާދު ޖަމާލްގެ އިތުރުން މުހައްމަދު އަލް ބަހާއެވެ.

 

މިސްކިތު އަލުން އާރސްތުކުރުމަކީ، މިސަލްގެ ސަގާފަތާއި ތަރިކަތައް އަލުން ދިރުވުމަށް ޔުނެސްކޮއިން ކުރަމުންދާ މަސައްކަތުގެ ބައެއް

މިމިސްކިތް އަލުން އިމާރާތް ކުރުމުގެ މަސައްކަތް މިއަހަރު ފަހުކޮޅު ފެށުމަށް ހަމަޖެހިފައިވާއިރު، މި މަޝްރޫޢުގެ ދަށުން، އަލް-ނޫރު މިސްކިރުގެ މަޝްހޫރު ނަމާދު ކުރާ މާލަން އަލުން ބިނާކޮށް، މުޅި މިސްކިތުގެ އިމާރާތާ ގުޅިވާލުމުގެ އިތުރުން، މިސްކިތުގެ މުޅި އިމާރާތް، މޫސަލްގެ މުސްކުޅި ސިޓީގައި އޮންނަ ހުސްޖާގައާއި ގުޅުވާލާ، ވަށައިގެންވާ ސަރަހައްދުތައްވެސް އަލުން އާރާސްތުކޮށް ހުސްޖާގަތައް އެކުލެވޭގޮތަށް މިމިސްކިތާ ގުޅި ލާމެހިގެން ދާނެއެވެ.

ޔުނެސްކޯއިން މި މިސްކިތް ކުރެހުމުގެ މުބާރާތް ހުޅުވާލާފަ ވަނީ، 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހުއެވެ. އަދި މި މުބާރާތް ކުރިޔަށް ގެންދެވިފައިވަނީ، އިރާގުގެ މިނިސްޓްރީ އޮފް ކަލްޗަރ އިން އެކުލަވާލާފައިވާ އުސޫލުތަކާ އެއްގޮތަށް، “ދަ އިރާގީ ސުންނީ އެންޑޯމަންޓް” އާއި، އަދި ޔުނައިޓެޑް އަަރަބް އެމިރޭޓްސްގެ އެހީތެރިކަމާ އެކުއެވެ.

އަދި މި މަޝްރޫޢަކީ، “ރިވް ދަ ސްޕިރިޓި އޮފް މޫސަލް” (މޫސަލްގެ ރޫޙު އަލުން ދިރުވާ އާލާކުރުން) މިޝިއާރުގެ ދަށުން ޔުނެސްކޯއިން އިސްނަގައިގެން ކުރިޔަށް ގެންދާ ހަރަކާތުގެ ބައެކެވެ. މި ހަރަކާތުގެ އިސްނެގުމުގެ ދަށުން، މޫސަލްގެ އަލުން އާރާސްތުކުރުމާއި، ތަރީޚާއި ސަގާފަތް އަލުން ދިރުވަ އާލާކުރުމާއި، އަދި އެސިޓީގެ ތައުލީމަށްވެސް ބޮދެތި އެހީތެރިކަމެއް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

ނޫރު މިސްކިތް އަލުން އާރާސްތު ކުރުމަށް ކުރެވުމުންދާ މަސައްކަތް: 2020 ވަނަ އަހަރުގެ ޖެނުއަރީ މަހު

މި މުބާރާތް ކާމިޔާބު ކުރި ފަރާތްތަކަށް، މި މަސައްކަތުގެ ކޮންޓްރެކްޓް އެވާޑްކުރުމުގެ އިތުރުން 50،000 އެމެރިކާ ޑޮލަރު ހަދިޔާއެއްގެ ގޮތުގައި ދިނުމަށްވެސް ވަނީ ހަމަޖެހފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.