ނީލިމާ އާއި ދަރިންނާމެދު އޮންނަ ގުޅުން ތަފްސީލް ކޮށްދީފި

ނީލިމާ އާއި ދަރިންނާމެދު އޮންނަ ގުޅުން ތަފްސީލް ކޮށްދީފި

Share on twitter
Share on linkedin
Share on whatsapp
Share on telegram
Share on email
Share on facebook
Share on email
Share on twitter
Share on linkedin
Share on whatsapp
Share on telegram

ދާދިފަހުން ދިން އިންޓާވިއުއެއްގައި ނީލިމާ އަޒީމް ވަނީ އެނާގެ ދަރިން ކަމުގައިވާ ޝާހިދް ކަޕޫރާއި އިޝާން ޚައްތަރާ އޮންނަ ގުޅުމުގެ ވާހަކަ ދައްކާފައެވެ. އަދި ހަމަ މި އިންޓަވިއުގައި އޭނާ ވަނީ ޝާހިދްގެ އަންހެނުން މީރާ ރާޖްޕުތާ އޮންނަ ގުޅުމުގެ ވާހަކަ ވެސް ދައްކާފަ އެވެ.

އެގޮތުން އޭނާ ބުނެފައިވަނީ އޭނާއަށް އިހުސާސް ވާގޮތުން އޭނާގެ ދަރިންނަށް އޭނާގެ ދިރިއުޅުމުން ވަރަށް ގިނަ ފިލާވަޅުތަކެއް ވަނީ ލިބިފައެވެ. އެގޮތުން އޭނާ ވަނީ މި ދެ ފިރިހެން ދަރިންގެ ދިރިއުޅުމަށް އައި ބަދަލު ތަކުގެ ވާހަކަ ދައްކާފައެވެ.

މި ވާހަކަތަށް ދައްކަމުން ނީލިމާ ބުނެފައިވަނީ އޭނާ އެންމެ ފުރަތަމަ ޕަންކަޖް ކަޕޫރް އާއި ކައިވެނި ކުރީ އެނާގެ އުމުރުން އެންމެ 20 އަހަރުގައި ކަމަށެވެ. އަދި މި ކައިވެންޏަށް ޝާހިދު ލިބުނުފަހުން އޭނާ ވަނީ ޕަންކަޖް ކަޕޫރާ ވަކިވުމަށްފަހު ރާޖޭޝް ޚައްތަރާ ކައިވެނި ކޮށްފަ އެވެ. މި ކައިވެންޏަށް ވަނީ އިޝާން ލިބިފައެވެ. އެހެންނަމަ ވެސް މި ކައިވެނި ވެސް ވަނީ ރޫޅިފައެވެ.

 

View this post on Instagram

 

A post shared by Shahid Kapoor (@shahidkapoor)

މިކަމުގެ ސަބަބުން އޭނާގެ ދަރިންގެ ދިރިއުޅުމަށް ވަރަށް ބޮޑެތި ބަދަލުތަކެއް އައިސް ގިނަ ފިލާވަޅުތަކެއް ދަސްވެފައި ވާކަމަށް ނީލިމާ ވަނީ ބުނެފައެވެ. އެގޮތުން އޭނާގެ ދަރިން ބޭނުންވަނީ އެމީހުންގެ ދިރިއުޅުން “ސްޓޭބަލް” ކޮށް ކުރިއަށް ގެންދިއުމަށް ކަމަށްވެސް އޭނާ ބުންޏެވެ. އަދި އޭނާގެ ކައިވެނިތަކަށް ވެފައިވާގޮތްތައް ފެނުމުން މި ދަރިނަށް ވަރަށް މުހިއްމު ކަންތައްތަކެއް ދަސްވެފައި ވާކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

ނީލިމާ އާއި ޝާހިދާ ދެމީހުންގެ މެދުގައި އަބަދު ވެސް ދިރިއުޅުމެގެ އެކި އެކި ވާހަކަ ހިއްސާ ކުރެވޭކަމަށް އޭނާ ވަނީ ބުނެފައެވެ. އަދި މީރާ އަކީ އަންހެން ކުއްޖަކަށް ވުމުން އަންހެނެއްގެ އިހުސާސް ވަރަށް ރަނގަޅަށް މީރާއަށް އެނގޭ ކަމަށް ނީލިމާ ވަނީ ބުނެފައެވެ.

1990 ވަނަ އަހަރު ފިލްމީ ދާއިރާއަށް ނުކުއިތް ނީލިމާ ވަނީ އޭގެ ކުރިންވެސް ޓީވީ އެކްޓަރެއްގެ ގޮތުގައި ހަރަކާތްތެރިވެފަ އެވެ. އޭނާގެ ފާހަގަކޮށްލެވޭ ބައެއް ފިލްމުތަކަށް ބަލާއިރު ” ސަޑަކް”، “ސޫރްޔަވަންޝަމް” އަދި “ބްލެކްމެއިލް” ފަދަ ފިލްމުތައް ފާހަގަކޮށްލެވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.