ސާއިދަށް ދިން އެހީއާއެކު ދިވެހި ފުޓްބޯޅަ އާއިލާއިން ނަމޫނާ ދައްކައިފި

ސާއިދަށް ދިން އެހީއާއެކު ދިވެހި ފުޓްބޯޅަ އާއިލާއިން ނަމޫނާ ދައްކައިފި

Share on twitter
Share on linkedin
Share on whatsapp
Share on telegram
Share on email
Share on facebook
Share on email
Share on twitter
Share on linkedin
Share on whatsapp
Share on telegram

ދެކިޑްނީ ފެއިލްވުމުގެ ސަބަބުން އެތަށް ވޭނެއް ތަހަންމަލް ކުރަަމުންގެންދާ ރާއްޖޭގެ މަޝްހޫރު ފުޓުބޯޅަ ކޮމަންޓޭޓަރ އަދި ކުޅިވަރު ނޫސްވެރިޔާ ސާއިދު އަޙްމަދަށް ވެދިން އެހީތެރިކަމާއެކު ދިވެހި ފުޓްބޯޅަ އާއިލާއިން ނަމޫނާ ދައްކައިފި އެވެ.

ފުޓުބޯޅަ ކްލަބްތަކުގެ އިސްނެގުމާއެކު އެފްއޭއެމާއި ރާއްޖޭގެ ފުޓުބޯޅަ ކްލަބްތައް ގުޅިގެން ސާއިދުގެ ފަރުވާއަށް އެހީތެރިވުމުގެ ގޮތުން މިއަދު ވަނީ 300،000 ދިވެހި ރުފިޔާގެ އެހީއެއް ސާއިދާ ހަވާލުކޮށްފަ އެވެ.

މިއަދު ހަވީރު ގަލޮޅުދަނޑުގައި އޮތް ދިވެހިލީގުގެ މެޗް ފެށުމުގެ ކުރިން ބޭއްވީ ހާއްސަ ރަސްމިއްޔާތެއްގައި ފުޓްބޯޅަ އާއިލާގެ ފަރާތުން މި އެހީގެ ރަމްޒީ ޗެކް ސާއިދާ ހަވާލުކޮށްދެއްވީ ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލެވެ.

މިފަދަ ހަފްލާއް ބާއްވައި މިފަދަ ބޮޑު އެހީއެއް ފުޓްބޯޅަ އާއިލާއިން ސާއިދަށް ފޯރުކޮށްދިނުމުން ސާއިދު ބުނީ 12 އަހަރު މެދުކެނޑުމެއް ނެތި ދިވެހި ކުޅިވަރަށާއި ހާއްސަކޮށް ފުޓުބޯޅަަށް ކުރި ހިދުމަތް ފުޓްބޯޅަ އާއިލާއިން ވަރަށް ރަނގަޅަށް ބަލައިގެންފިކަން މިއަދު އިހްސާސްވެއްޖެ ކަމަށެވެ.

އެފްއޭއެމުން ބުނީ ސާއިދަކީ ފުޓްބޯޅަ އާއިލާގެ މުހިންމު މެމްބަރެއްގެ އިތުރުން ޒިންމާދާރު ބައްޕައެއް އަދި އިހްލާސްތެރި ގައުމީ ހިދުމަތްތެރިއެއް ކަމަށެވެ.

“ހިތްވަރުގަދަ ނަމޫނާ ޒުވާނެއް. އޭނާގެ އެންމެ ބޮޑު އެއް އުފަލަކީ ފުޓްބޯޅައިގެ ޚަބަރުތަކާއި މައުލޫމާތު ތާޒާކަމާއެކު ގެނެސްދިނުން. އޭނާއަކީ މޮޅު ފުޓްބޯޅަ ކޮމެންޓޭޓަރެއް. ދިރިއުޅުމުގެ މުހިންމު ގިނަ ވަގުތުތައް ހުސްކޮށްފައިވަނީ ވެސް ފުޓްބޯޅައަށް.”

– އެފްއޭއެމް

އެހެންނަމަވެސް މިއަދު ހާލަތު ބަދަލުވެ އޭނާ މިއަދު އާދޭސްކުރަމުންދަނީ ދިރިހުރުމަށް އިންސާނަކަށް އެންމެ ބޮޑަށް ބޭނުންވާ ކިޑްނީ ޓްރާންސްޕްލާންޓްކުރުމަށް ބޭނުންވާ ދީލަތި އެހީއަކަށް ކަމަށްވުމާއެކު ކުޅިވަރު އާއިލާއިން ސާއިދަށް މި އެހީ ފޯރުކޮށްދިނީ ކަމަށްވެސް އެފްއޭއެމުން ބުނެއެވެ.

“ފުޓްބޯޅަ އާއިލާއަށް ކުރިމަތިވާ މިފަދަ ކެކުޅުންތަކަށް އެހީތެރިވެދިނުމަކީ އެފްއޭއެމާއި އެފްއޭއެމް ފައުންޑޭޝަނުގެ އެންމެ މުހިންމު އަމާޒެއް”

– އެފްއޭއެމް

 

FAM & FAM Foundation extends aid to, Saaidh Ahmed.

Today, on behalf of the Football Family, The FAM and FAM Foundation…

Posted by FAM Foundation on Friday, April 9, 2021

ސާއިދާކީ ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ ކުޅިވަރު ހަބަރުތައް ގެނެސްދޭ ނޫސްވެރިއްގެ ގޮތުގައި ހަރަކާތްތެރިވާ ހިތްވަރުގަދަ ޒުވާން ނޫސްވެރިއެކެވެ. ރާއްޖޭގައި މިވަގުތު ތިބި މަދު ފުޓުބޯޅަ ކޮމެންޓޭޓަރުންގެ ތެރެއިން މިހާރުވެސް އެމަސައްކަތުގައި އަމަލީގޮތުން ހަރަކާތްތެރިވާ ފަރާތްވެސް މެއެވެ.

ސާއިދުގެ އުންމީދަކީ މިފަދަ ދީލަތި އެހީތަކާއެކު ދާދި އަވަހަށް ކިޑްނީ ޓްރާންސްޕްލާންޓަށް ރާއްޖެއިން ބޭރަށް ފުރޭނެ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.