މިޔަންމާއިން އިގިރޭސިވިލާތަށް ކަޑައަޅާފައި ހުންނަވާ އެންމެސެޑަރ އެމްބަސީއިން ބޭރުކޮށް، އެމްބަސީ ތަޅުލާފައިވާ ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.
އެމްބެސެޑަރ ކިޔައު ޒުވާރ މިން ވިދާޅުވެފައިވަނީ، އެމްބަސީގެ ހުރިހާ މުވައްޒަފުން އެ އިމާރާތުން ބޭރުވުމަށް މިޔަންމާއިން އިގިރޭސިވިލާތަށް ކަޑައަޅާފައި ހުންނަ މިލިޓަރީ އެޓާޗޭގެ ފަރާތުން އަންގާފައިވާ ކަމަށާއި އަދި އަދި އޭނާއަކީ މިއަދަށްފަހު މިޔަންމާ ތަމްސީކުރުމުގެ އެއްވެސް އިޚްތިޔާރެއް އޮތް މީހެއް ނޫންކަންވެސް އަންގާފައިވާ ކަމަށެވެ.
‘އަހަރެން އެމްބަސީން ބޭރަށް ނެރެ އެތަން މިވަނީ ތަޅުލާފައި،” ރޮއިޓާސް ނޫސް އޭޖެންސީއާ ވާހަކަ ދައްކަވަމުން ކިޔައު ޒުވާރ މިން ވިދާޅުވެފައި ވެއެވެ.
މިޔަންމާގެ އަސްކަރިއްޔާއިން އެގައުމުގައި އޮތް ޑިމޮކްރަޓިކް ސަރުކާރު ބަދަލުކޮށް، ދައުލަތުގެ ހުރިހާ ބާރުތަކެއް އަތުލާފައިވަނީ މިއަހަރުގެ ފެބްރުއަރީމަހުގެ 1 ވަނަ ދުވަހުއެވެ. އަދި އަސްކަރީ ސަރުކާރުންވަނީ، ވެރިކަން ކުރަމުން އައި ޕާޓީ އެންއެލްޑީގެ ލީޑަރު އަގްސަންގ ސޫކީ ހައްޔަރުކޮށް، އެޕާޓީގެ އިސްވެރިންވެސް ހައްޔަރު ކޮށްފައެވެ. މިޔަންމާއިން އިގިރޭސިވިލާތަށް ކަޑައަޅާފައި ހުންނަވާ ސަފީރު ކިޔައު ޒުވާރ މިން ވަނީ އަންގސަންގ ސޫކީ ދޫކޮށްލުމަށް ގޮވާލައްވާފައެވެ.
މިޔަންމާގެ ބަޢާވާތާ ދެކޮޅަށް މުޒާހިރާކޮށް، އަދި އަންގސަންގ ސޫކީއާއި އެނާގެ އެންއެލްޑީ ޕާޓީގެ އިސްވެރިން ދޫކޮށްލުމަށް ގޮވާލަމުންދާ މީހުންނަށް އަސްކަރިއްޔާއިން ހަމާލާދީ މިހާތަނަށްވަނީ 600 އަށްވުރެ ގިނަ މީހުން މަރާލާފައެވެ. މަރުވެފައިވާ މީހުންގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިންވެސް ހިމެނެއެވެ.
އެމްބަސީއިން ބޭރު ކޮށްލެވުނު، ސަފީރު ކިޔައު ޒުވާރ މިން ރޮއިޓާސްއާއި ވާހަކަ ދައްކަވަމުން ވިދާޅުވެފައިވަނީ، އޭނާ އެމްބަސީން ބޭރުކޮށްލުމަކީވެސް، “ލަންޑަނުގެ މަގުމަތީގައި ގެނެވުނު ބާވަތެއްގެ ބަޢާވާތެއް” ކަމުގައެވެ. “މިވާބަތުގެ ބަޢާވާތްތައް މިއީ މިހާތަނަށް އަދި ހިގާފައިވާ ޒާތުގެ ބަޢާވާތެއް ނޫން،” އޭނާ ވިދާޅުވެފައި ވެއެވެ.
އެމްބެސެޑަރ އެމްބަސީން ބޭރު ކޮށްލުމަށްފަހު، ލަންޑަންގެ މޭފެއަރގައި ހުންނަ އެމްބަސީ އިމާރާތުގެ ބޭރުގައި، މަގުމަތީގައި މެޓްރޯ ޕޮލިސްގެ ސެކިއުރިޓީ އޮފިސަރުންނާއި ވާހަކަ ދައްކަވަން ހުންނެވި މަންޒަރު ފެންނަ ފޮތޯތަކެއް ސޯޝަލް މީޑިއާގައި ވަނީ ދައުރުވެފައެވެ.
Burmese community in London currently gathering at #Myanmar embassy over the news of the embassy being seized by the regime.
The police are seen there. Ambassador is reportedly blocked from entering the building.
Livehttps://t.co/qriPYPfY8J#WhatsHappeningInMyanmar pic.twitter.com/uKS9UrATFO— Hnin Zaw (@hninyadanazaw) April 7, 2021
އެމްބަސީގެ މުވައްޒަފުން އެމްބަސީ އިމާރާތުން ބޭރަށް ނެރުމަށްފަހު، އަލުން އެމްބަސީއަށް ވަނަ ނުދިނުމަށް، ފުލުހުންގެ އެހީތެރިކަން، އެމްބަސީން ހޯދާފައިވާ ކަމަށް ވެއެވެ. އަދި މިއަށްފަހު، އިހުތިޖާޖު ކުރާ ފަރާތްތަކުން ނުރުހުން ފާޅުކުރުމަށް އެމްބަސީ ކައިރިއަށް އެއްވެފައި ވެއެވެ.
މިއަހަރު މާރޗްމަހު، ބީބީސީއަށް ދިން އިންޓަވިއުއެއްގައި، ކިޔައު ޒުވާރ މިން ވަނީ ހައްޔަރު ކުރެވިފައިވާ އަންގސަންގ ސޫކީ މިނިވަން ކުރުމަށް ގޮވާލައްވަފައެވެ. އަދި ވިދާޅުވެފައިވަނީ، އެގައުމު ވަރަށްބޮޑަށް ބައިބައި ވެފައިވާ ކަމަށާއި އަދި މިހާރު މިޔަންމާ އޮތީ އަހުލީ ހަގުުރާމައެއްގެ މިޔަމަތީގައި ކަމަށެވެ.
މި އިންޓަިއުއަށްފަހު ކިޔައު ޒުވާރ މިން ވިދާޅުވެފައިވަނީ، އޭނާ ދެއްކެވި ވާހަކަތަކަކީ، ގައުމަށް ބޭވަފާތެރިވުމުގެ ގޮތުން ދައްކަވާފައިވާ ވާހަކަތަކެއް ނޫންކަމުގައެވެ. އަދި ވިދާޅުވީ، އުފެދިފައިވާ ހަަމަނުޖެހުންތަކުގައި އޭނާ ހުންނެވީ އެއްވެސް ފަރާތަކަށް ޖެހިވަޑައިގެން ނޫން ކަމުގައެވެ.
މިޔަންމާގެ ކުރީ އަސްކަރީ ކާނަލެއް ކަމުގައި، އެމްބެސެޑަރ ކިޔައު ޒުވާރ މިން އަށް، އިގިރޭސިވިލާތުގެ ފޮރިންގ ސެކެޓްރީ ޑޮމިނިކް ރާބް ވަނީ ވަރަށްބޮޑަށް ތައުރީފުކުރައްވާ ވާހަކަ ދައްކަވާފައެވެ. އަދި އޭނާގެ ހިތްވަރަށް ވަރަށް ބޮޑަށް ސާބަސް ދެއްވާފައި ވެއެވެ.
މިޔަންމާ އެމްބަސީގެ މައުލޫމާތު ލިބިފައިވާ ބައެއް ޑިޕްލޮމެޓުންނާ ހަވާލާދީ، ރޮއިޓާސްއިން ރިޕޯޓު ކޮށްފައިވާ ގޮތުގައި، އިގިރޭސިވިލާތުގައި ހުންނަ މިޔަންމާ އެމްބަސީ ހިންގުމުގެ ހުރިހާ ޒިންމާއަކާ މިހާރު ހަވާލުވެ ވަޑައިގެން ހުންނެވީ ޑެޕިއުޓީ އެމްބެސެޑަރ ޗިޓް ވިންއެވެ.
އިގިރޭސިވިލާތުގެ ފޮރިން އޮފީހުގެ ތަރުޖަމާން ވިދާޅުވެފައިވަނީ، ޑިޕްލޮމެޓިކް ޕްރޮޓޮކޯލްތަކާއެި އެއްގޮތްވާ ގޮތުގެމަތިން، ލަންޑަނުގައި ހުންނަވާ މިޔަންމާރ އެމްބެސެޑަރާއި ގުޅުންހުރި މައްސަލަ އެއޮފީހުން މިހާރުދަނީ ސާފުކުރަމުންނެވެ.