އާދަމް ޝަރީފްގެ ވާހަކަފުޅަށް ހަސަންޓޭ ހުރަސްއެޅުން، އެތައް ބައެއްގެ ފާޑުކިއުން

އާދަމް ޝަރީފްގެ ވާހަކަފުޅަށް ހަސަންޓޭ ހުރަސްއެޅުން، އެތައް ބައެއްގެ ފާޑުކިއުން

Share on twitter
Share on linkedin
Share on whatsapp
Share on telegram
Share on email
Share on facebook
Share on email
Share on twitter
Share on linkedin
Share on whatsapp
Share on telegram
ގުޅުންހުރި

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފަށް، އިނގުރައިދޫ ދާއިރާގެ އެމްޑީޕީ މެންބަރު ޙަސަން އަހްމަދު (ހަސަންޓޭ) ހުރަސް އެޅުމުން ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެމިއަދުގެ ޖަލްސާއަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު ޢަލީ އާޒިމް ހުށައެޅުއްވި ރެވެނިއު ސްޓޭމްޕު ބޭނުންކުރުމުގެ ޤާނޫނު އުވާލުމުގެ ބިލަށް ކުރިއަށްށް ގެންދިޔަ ބަހުސް މަރުހަލާގައި މިއަދުގެ ޖަލްސާގައި ސަރުކާރަށް ތަޢީދުކުރާ ހުރިހާ މެންބަރުންކަހަލަ ގޮތަކަށް ވަނީ މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ ޑރ.މުޢިއްޒަށް ފާޑުވިދާޅުވެފައެވެ. އެގޮތުންި ވަރަށް ފޯރިއާއި ޖޯޝުގައި ޑރ.މުޢިއްޒުއަށް ފާޑުވިދާޅުވަމުންގެންދެވިއެވެ. އަދި އިދިކޮޅު މެންބަރުން ވާހަކަފުޅު ކުރިއަށްގެންދަވާ ކޮންމެ ފަހަރަކު އެމްޑީޕީ މެންބަރުން ނިޒާމީ ނުކުތާ ނަންގަވަމުން ގެންދެވިއެވެ.

މިއަދުގެ ޖަލްސާއަކީ އިންތިޚާބުގެ ކުރިންނާއި ރަމަޟާން މަހުގެ ކުރިން ބާއްވާ ފަހު ޖަލްސާކަމަށްވުމުން އެމްޑީޕީ މެންބަރުން ވަނީ ހުށައެޅުނު ބިލަށްވުރެ މާލޭގެ މޭޔަރަކަށް އަނަސް އައްޔަންކުރުމަށާއި، ސަރުކާރުން ރައްޔިތުންނަށް ކޮށްދީފައިވާކަމށް ބުޏާ ކަންކަން ބުނެދޭނެ މަސައްކަތްކޮށްފައެވެ.

މިގޮތުން އިނގުރައިދޫ ދާއިރާގެ މެންބަރު ޙަސަން އަހްމަދަށް ވާހަކަ ދައްކަން ލިބިވަޑައިގެންނެވި ފުރުޞަތުގައި ވަނީ ރ.އަތޮޅުގެެ ތަރައްްޤީއަށް އާދަމް ޝަރީފް ހުރަސް އަޅުއްވާކަމަށް ތުހުމަތުކުރައްވާފައެވެ. ހަސަންޓޭ އެހެން ވިދާޅުވުމުން އާދަމް ޝަރީފް ވަނީ ނިޒާމީ ނުކުތާއެއް ނަންގަވާފައެވެ. ނަމަވެސް އާދަމް ޝަރީފްގެ ވާހަކަފުޅު ކުރިއަށް ގެންދިއުމަށް ޙަސަންޓޭ ވަނީ ހުރަސްއަޅުއްވާފައެވެ. އެގޮތުންއާދަމް ޝަރީފް ވާހަކަފުޅު ދައްކަވަމުން ގެންދަވަނިކޮށް އާދަމް ޝަރީފްގެ މައިކް ކައިރީ އަޑުގަދަ ކުރައްވައެވެ.

އާދަމް ޝަރީފްގެ ވާހަކަފުޅަށް ޙަސަންޓޭ ހުރަސްއަޅުއްވަމުން ގެންދިޔަވަގުތު، މަޖިލީހުގެ ރައީސް ވަނީ ވަރަށް ބޮޑަށް ހިނިފުޅުވަޑުވާފައެވެ. އަދި ވިދާޅުވީ، މަޖިލީހުގައި ފޯރިގަދަ ބަހުސްތައް ކުރިއަށް ގެންދަވަން އެދިވަޑައިގަންނަވާކަމަށާއި، ފެނިގެން ދިޔައީ އެފަދަމަންޒަރުތަކެއްކަމަށެވެ.

މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފަށް، އިނގުރައިދޫ ދާއިރާގެ މެންބަރު ޙަސަން އަޙްމަދު (ހަސަންޓޭ) ހުރަސް އެޅުއްވުމުން ގިނަ ބަޔަކު އަންނަނީ އެކަމަށް ފާޑު ކިޔަމުންނެވެ. ފާޑުކީ ބައެއް މީހުން ވަނީ ކުރިއަށް އޮތް އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދޭން ނުޖެހޭ ސަބަބުން ފެނިގެން ގޮސްފިކަމަށެވެ. އަހުލާގީ ފެންވަރެއް އަދި ތައުލީމެއްނެތް ބަޔަކަށް ވެރިކަން ދީގެން ޤައުމު އަންދަވަޅަކަށް ވެއްޓިފައިވާކަމަށާއި، ރައްޔިތުން ވޯޓު ދިނުމުގެ ކުރިން މިކަމާއި ފުންކޮށް ވިސްނާނޭ ކަމަށް އުންމީދު ކުރާކަމަމަށްވެސް ބައެއް ފަޑުކިއުންތަކުގައިވެއެވެ.

ބައެއް މީހުން ވަނީ ބަހުސް ކުރަންވާނެކަމަށާއި، ނަމަވެސް ހަސަންޓޭގެ އަމަލަކީ ވަރަށް ދަށު ދަރަޖައިގެ ޢަމަލެއްގެ ގޮތުގައިވެސް ސިފަކޮށްފައެވެ.

ޙަސަންޓޭގެ މި ޢަމަލަށް ފަޑުވިދާޅޫވެ ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު އުޝަމްވެސް ވަނީ މަޖިލީހުގައި އިދިކޮޅު މެމްބަރުންނަށް މަޖިލީހުގައި އެއްވެސް ބިރުވެރިކަމެއްނެތި ވާހަކަ ދެއްކޭނެ މާހައުލެއް ގާއިމްކޮށްދޭންޖެހޭ ކަމަށް ވިދާޅުވެފައެވެ.

ހިޔާލުފާޅު ކުރައްވާ!

2 Responses

Leave a Reply

Your email address will not be published.