ދީބާޖާއަށް ބަދަލުދޭން ކުރި ޙުކުމް ބާޠިލްކޮށްފި

ދީބާޖާއަށް ބަދަލުދޭން ކުރި ޙުކުމް ބާޠިލްކޮށްފި

Share on twitter
Share on linkedin
Share on whatsapp
Share on telegram
Share on email
Share on facebook
Share on email
Share on twitter
Share on linkedin
Share on whatsapp
Share on telegram
ގުޅުންހުރި

ރާއްޖޭގެ އުތުރުގެ ސަރަޙައްދުގައި ފެރީގެ ޚިދުމަތް ދިނުމަށް ދީބާޖާއާއެކު ސަރުކާރުން ވެފައިއޮތް އެއްބަސްވުން އުވާލުމުން އެކުންފުންޏަށް ލިބުނު ގެއްލުމުގެ ބަދަލަށް 348 މިލިއަން ރުފިޔާ ދެއްކުމަށް ދައުލަތުގެ މައްޗަށް ކުރި ހުކުމް ރިވިއު ކުރުމަށް ފަހު އެ ހުކުމް ބާތިލް ކުރަން ސުޕްރީމް ކޯޓުން މިއަދު ނިންމައިފިއެވެ.

އުތުރު ޕްރޮވިންސްގައި ފެރީގެ ޚިދުމަތް ދިނުމަށް ދީބާޖާއާއެކު ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ސަރުކާރުން ހެދި އެއްބަސްވުން ކުރީގެ ރައީސް ޑރ.މުޙައްމަދު ވަހީދުގެ ސަރުކާރުން ވަނީ އުވާލައިފައެވެ. އަދި އެކަމުގެ ބަދަލެއްގެ ގޮތުގައި 348 މިލިއަން ރުފިޔާ ދައްކަން ދައުލަތުގެ މައްޗަށް 2014ގައި ސިވިލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. އެ ހުކުމާއި ގުޅިގެން ދައުލަތުގެ ފަރާތުން މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރިއެވެ. އަދި ހައިކޯޓުން ހުކުމް ކުރީ ދައުލަތާ އެއްކޮޅަށް ޙުކުމްކޮށް ސިވިލް ކޯޓުގެ ހުކުމް ބާތިލުކުރިއެވެ.

އެ މައްސަލަވެސް އިސްތިއުނާފްކުރުމުން، ދީބާޖާ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޑެޓަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 348.10 މިލިއަން ރުފިޔާ ދިނުމަށް ސުޕްރީމް ކޯޓުންވެސް ވަނީ  2019 ވަނަ އަހަރު ޙުކުމްކޮށްފައެވެ. ދީބާޖާ މައްސަލާގައި ސްޕްރީމްކޯޓުން ކޮށްފައިވާ ޙުކުމާމެދު ޢާންމުންގެ ކަންބޮޑުވުން އޮތްކަމަށް، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާތީ އެމައްސަލަ ރިވިއުކުރުމަށް ސުޕްރީމްކޯޓަށް އެޓާނީ ޖެނެރަލް މިދިޔަ އަހަރުގެ ޖެނުއަރީ މަހު ހުށައެލުއްވިއެވެ. އަދ އެ މައްސަލައިގެ އަޑުއެހުންތައް މިިދިޔަ އަހަރުގެ ނޮވެމްބަރު މަހު ވަނީ ނިންމާލާފައެވެ.

ސުޕްރީމް ކޯޓުން ހައިކޯޓުގެ ނިންމުން ކުރިން ބާތިލުކޮށްފައިވަނީ އިސްތިއުނާފްގެ މުއްދަތު ހަމަވެފައި ވަނިކޮށް މައްސަލަ ހުށަހެޅުމުން ކަމަށް ސުޕްރީމް ކޯޓުން މިއަދު ކަނޑައެޅުއްވި ޙުކުމުގައިވެއެވެ. އަދި އިސްތިއުނާފް ކުރުން ލަސްވީ ދައުލަތުގެ އިހުމާލުން ކަމަށްވާއިރު އެއީ މަގުބޫލު އުޒުރެއް ނޫންކަމަށްވެސް ޙުކުމުގައިވެއެވެ. ސުޕްރީމް ކޯޓުގެ ކުރީގެ ހުކުމުގައި ހައިކޯޓަށް މައްސަލަ ބަލައިގަނެފައިވަނީ މުއްދަތު ހަމަވި ފަހުންކަމުން އެ ކޯޓުން ނިންމި ނިންމުމަކީ ގޯސް ނިންމުމެއް ގޮތުގައި ކަނޑައަޅާ ކަމަށްވެސް ޙުކުމުގައިވެއެވެ. އެހެންކަމުން އެ ނިންމުން ބާތިލް ކުރަންޖެހޭ ކަމަށާއި ހައި ކޯޓުގެ ހުކުމުގެ ސައްހަކަމާ މެދު މި މައްސަލައިގެ ތެރެއިން ގޮތެއް ނުނިންމޭނެ ކަމަށް ސުޕްރީމް ކޯޓުން އިއްވި ޙުކުމުގައިވެއެވެ.

ކުރީގެ ހުކުމް ބާތިލް ކުރުމާއި ގުޅިގެން  ހައިކޯޓުން ކޮށްފައިވާ ހުކުމް ދެމެހެއްޓޭނެ ކަމަށްވެސް ސުޕްރީމް ކޯޓްގެ ޙުކުމުގައިވެއެވެ. އެހެންކަމުން ހައިކޯޓުގެ ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުގެ ފުރުސަތު ދީބާޖާ އަށް ލިބިގެންދާނެ ކަމަށާއި، މި މައްސަލަ ނިމޭ ދުވަހުން ފެށިގެން ބަންދު ނޫން 15 ދުވަހުގެ ތެރޭގައި މައްސަލަ އިސްތިއުނާފް ކުރަން ހަސްމުންނަށް ފުރުސަތު ލިބޭނެކަމަށްވެސް ސުޕްރީމް ކޯޓްގެ ޙުކުމުގައިވެއެވެ.

މި މައްސަލަ ސުޕްރީމް ކޯޓްގައި ބެއްލެވީ، ބެއްޅޭވީ ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދާއި، ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.