އަފްއާނިސްތާންގެ ރައީސް އަޝްރަފް ޢަނީ

އަފްޢާނިސްތާނުގެ ރައީސް ސުލަހައިގެ އާ ޕްލޭނެއް އިއުލާން ކުރައްވަނީ

އަފްޢާނިސްތާނުގެ ރައީސް ސުލަހައިގެ އާ ޕްލޭނެއް އިއުލާން ކުރައްވަނީ

Share on twitter
Share on linkedin
Share on whatsapp
Share on telegram
Share on email
Share on facebook
Share on email
Share on twitter
Share on linkedin
Share on whatsapp
Share on telegram

މިހާރު ހުއްޓުމަކަށް އައިސްފައިވާ އަފްޢާނިސްތާނުގެ ސުލްހައިގެ ވާހަކަތައް އަލުން ފެށުމުގެ ކުރިން، އަފްޢާނިސްތާނުގެ ރައީސް އަޝްރަފް ޢަނީ ތަލިބާނުންނާ އެކީ ސުލްހަވުމަށް މުޅިން އާ ސްލްހައިގެ ޕްރޮޕޯސަލެއް އެކަށައަޅުއްވާ، މި ސުލްހައިގެ އެއްބްސްވުން އާންމު ކުރުމަށް ތައްޔާރު ވެވަޑައިގެންފައިވާ ކަމަށް، އަފްޢާނިސްތާން ސަރުކާރުގެ އިސް އޮފިޝަލުންނާއި ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

އަފްއާނިސްތާނުގެ ސަރުކާރުން އެކަށައަޅާފައިވާ ސުލްހައިގެ އާ ޕްރޮޕޯސަލްގެ ޚަބަރުތައް އާންމުވެގެން ގޮސްފައިވަނީ، ރަޝިއާއި އަދި މި ނޫނަސް އަފްޢާނިސްތާނަށް ސުލަހް ގެނައުމަށް މަސައްކަތް ކުރަމުންދާ ގައުމުތަކާއެކު އެމެރިކާއިން އެކުލަވާލާފައިވާ ސުލްހައިގެ ޕްރޮޕޯސަލްގައި ހިމެނިފައިވާ ބައެއް ކަންކަން މީޑިއާތަކަށް ލީކް ވެގެން ގޮސްފައި ވަނިކޮށެވެ.

އަފްޢާނިސްތާނުގެ މައްސަލާގައި އެމެރިކާއަށް ތާޢީދުކުރާ އެހެނިހެން ގައުމުތަކާއެކީ ތައްޔާރު ކޮށްފައިވާ ސުލްހައިގެ ޕްރޮޕޯސަލްގައި ވާގޮތުން، މި ގައުމުތަކުން ތާޢީދުކުރަނީ، ތާލިބާނުން ހިމެނޭގޮތަށް އަފްއާނިސްތާނުގައި އިންތިގާލީ ސަރުކާރެއް އެކުލަވާލުމަށެވެ. އެހެންނަމަވެސް، އަފްޢާނިސްތާނުގެ މިހާރުގެ ރައީސް ޢަނީ ވިދާޅުވެފައިވަނީ، އެގައުމުގެ ވެރިން އިޚްތިޔާރު ކުރެވިގެންދާނީ ހަމައެކަނި ރައްޔިތުންގެ ވޯޓަކުން ކަމުގައެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި، އަފްޢާނިސްތާނުގެ ރައީސް ޢަނީ ބޭނުންފުޅު ވެވަޑައިގަންނަވަނީ، ތިން މަރުހަލާއެއްގެ މައްޗަށް އެކުލެވޭ ސުލްގައިގެ މި ޕްރޮޕޯސަލް، ޔޫއެންއިން ބާރު އަޅަައިގެން ތުރުކީގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޮންފަރެންސަށް ހުށަހެޅުމަށެވެ. މި ކޮންފަރެންސްގައި އެމެރިކާ އަދި ރަޝިއާގެ އިތުރުން ސަރަހައްދީ މުހިންމު އެހެން ގައުމުތައްވެސް ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.

މި ކޮންފަރެެންސް ބޭއްވުމަށް އަދި ވަކިތާރީޚެއް ކަޑައެޅިފައެއް ނުވެއެވެ.

އަފްޢާނިސްތާނުގެ ސަރުކާރުން އާ ސުލްހައިގެ އެއްބަސްވުމެއް އެކިލަވާލާފައިވާއިރު، ފާއިތުވެދިޔަ އަހަރު، ޓްރަމްޕްގެ ސަރުކާރުން ތާލިބާނުންނާ އެކީ ބޭއްވި ސުލްހައިގެ ވާހަތަކަށްފަހު، އެމެރިކާ ސިފައިން އަފްޢާނިސްތާނުން ފޭބުމަށް ހަމަޖެހިފައިވާ، 1 މޭގެ ތާރީޚު ހަމަވާން މިހާރުވަނީ މަދު ހަފްތާތަކަކަށް ވެފައެވެ. އެހެންނަމަވެސް، މި ތާރީޚުގައި އެމެރިކާ ސިފައިން އަފްޢާނިސްތާނުން ބޭލުމަކީ ފަސޭހަކަމެއް ނޫންކަމަށް މިހާރުގެ ރައީސް ޖޯ ބައިޑްން ވިދާޅުވެފައި ވާއިރު، މި ތާރީޚަށް އެމެރިކާ ސިފައިން އެގައުމުން ނުފައިބައިފި ނަމަ، އަފްޢާނިސްތާން މިނިވަންކުރުމަށް ހަތިޔާރު ނަގާނެކަމުގެ އިންޒާރު ތާލިބާނުން ވަނީ ދީފައެވެ.

އޭއެފްޕީން ހާމަ ކޮށްފައިވާާ ގޮތުން، ރައީސް ޢަނީ ހުށަހަޅުއްވާ ސުލްހައިގެ ޕްރޮޕޯސަލްގައި ހިމެނޭ ބައެއް ބައިތަކުގެ ތެރޭގައި، ތާލިބާނުންނާ އެކީ ސިޔާސީ ގޮތުން އެއްބަސްވުމަކަށް އައުމުގެ އިތުރުން، ބައިނަލް އަގުވާމީގޮތުން ސުލްހަ ބަލަހައްޓާގޮތަށް ހަމަލާ ބަދަލުކުރުން ހުއްޓާލުންވެސް ހިމެނެއެވެ.

މީ އިތުރުން، ތާލިބާނުންވެސް ބައިވެރިވާ ގޮތަށް، “ސުލްހައިގެ ސަރުކާރެއް” އުފެއްދުމަށްޓަކާ އަވަސް އިންތިޚާބަކަށް ދިއުމަށްވެސް މި ޕްރޮޕޯސަލްގައި ޢަނީ ހިމަނުއްވާފައިވާ ކަމަށްވެސް އޭއެފްޕިން މައުލޫމާތު ދީފައި ވެއެވެ.

އަދި އެއަށްފަހު، ގައުމު ތަރައްގީކުރުމުގެ އެކިއެކި ޕްރޮގްރާމްތައް ބާރަށް ކުރިޔަށް ގެންދިއުމުގެ އިތުރުން، ގާނޫނު އަސާސީގެ މުޅިން އާ އޮނިގަޑެއް އެކުލަވާލުންވެސް މި ޕްރޮޕޯސަލްގައި ހިމަނުއްވާފައި ވެއެވެ.

އަފްޢާނިސްތާނުގެ އިސް އޮފިޝަލުން މައުލޫމާތު ދޭގޮތުގައި، ޢަނީވަނީ، އޭނާގެ މި ސުލްހައިގް ޕްރޮޕޯސަލް ބައިނަލްއަގުވާމީ މުޖުތަމަޢާއި މިހާރު ހިއްސާ ކުރައްވާފައެވެ.

ހަރުކަށި އިސްލާމީ އުސޫލުތައް ގެންގުޅޭ ތާލިބާނުންވަނީ ފާއިތުވެދިޔަ ތަނުގައި، އެއްވެސް ބާވަތެއްގެ އިންތިޚާބެއްގައި ބައިވެރިވުމަށް ދެކޮޅު ހަދާފައެވެ. އަދި އަފްއާނިސްތާނަކީ، އެގައުމުގައި ބޭއްވުނު އިންތިޚާބުތަކުގައި، މަކަރު ހެދުމާއި، ވޯޓު ލާން ނިކުންނަ މީހުންގެ އަދަދު މަދުވުމާއި އަދި އިންތިޚާބުތަކުގައި ހަމަނުޖެހުންތައް ބޮޑު ގައުމެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.