ތަކެތީގެ އަގު ބޮޑުވުމުން، އެތަކެތި ބާޒާރަށް ނެރެ ވިއްކުމަކީ ފާފަ ބޮޑުވެގެންވާކަމެއް: ޚުޠުބާ

ތަކެތީގެ އަގު ބޮޑުވުމުން، އެތަކެތި ބާޒާރަށް ނެރެ ވިއްކުމަކީ ފާފަ ބޮޑުވެގެންވާކަމެއް: ޚުޠުބާ

Share on twitter
Share on linkedin
Share on whatsapp
Share on telegram
Share on email
Share on facebook
Share on email
Share on twitter
Share on linkedin
Share on whatsapp
Share on telegram
ގުޅުންހުރި

ކޯވިޑް-19އާއި ގުޅިގެން މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ބަލިމަޑުކަމެއްގައި ދަތިޙާލުގައި އުޅޭ މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ ވަގުތެއްގައި، ތަކެތީގެ އަގު ބޮޑުކުރުމަކީ ނިކަމެތީން އިތުރަށް ނިކަމެތިވެގެން ދާނެ ކަމެއްކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ވިދާޅުވެއްޖެއެވެ. ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މިއަދު ދެއްވި ހުކުރު ޚުޠުބާ ޚައްޞަކޮށްފައިވަނީ، މަކަރާއި ޙީލަތުން ދުރުހެލުވުމުގެ މައްޗަށެވެ.

މިއަދުގެ ޚުޠުބާގައި ވިދާޅުވީ، ވިޔަފާރި ކުރުމުގެ ބޭނުމުގައި ގެންނަ ބައެއް ބާވަތް  ބާވަތުގެ މުދަލުގައި ވަރަށް ބޮޑަށް އޮޅުވާލުމާއި، މަކަރު ހަދަމުންދާކަމުގެ ޝަކުވާގެ އަޑުތައް މުޖުތަމަޢުގައި ފެތުރެމުންދާކަމަށެވެ. މިއީ ބައެއް ވިޔަފާރި ވެރިން ކުރަމުންދާކަމެއްކަމަށާއި، ދުނިޔޭގެ ފެންވަރުގައި މަޝްހޫރު ބުރޭންޑު ތަކުގެ ކާބޯތަކެއްޗާއި، ހިފާގެންގުޅޭ ސާމާނާއި، އިލެކްޓްރޯނިކް ސާމާނާއި، ލޯޝަނާއި، ދޮންނަ ކުނޑީގެ ގޮތުގައި ބޭނުންކުރާ ބައެއް ބާވަތްތަކާއި، މިނޫނަސް ވަރަށް ގިނަ ބާވަތްތަކުގެ
މުދާ ރާއްޖެއަށް އެތެރެކޮށް ވިއްކަމުންދާކަން ފާހަގަކުރައްވާ ޚުޠުބާގައި ވިދާޅުވީ، ބައެއް ވިޔަފާރިވެރިން އެމުދާ ވިއްކުމުގައި، މަކަރު ހަދައި، އޮޅުވާލުމުގެ ނިޔަތުގައި، އެއަށްވުރެ އަގުހެޔޮކޮށް ތައްޔާރުކޮށްފައިވާ ފެންވަރު ދަށް، އަދި އެއެއްޗެއް ބޭނުންކުރާ މީހަކަށް އެތައް ގެއްލުން ތަކެއް ލިބޭ މުދާ، ދުނިޔޭގައި މަޝްހޫރު، ކޮލިޓީ ރަނގަޅު ބުރޭންޑުތަކުގެ ނަމުގައި އުފައްދައިގެން އެތެރެކޮށް، ވިއްކަމުންދާކަމަށެވެ. މިއީ، މުދާ އުފައްދާ ފަރާތްތަކަށާއި، ގަންނަ ފަރާތްތަކަށް ގެއްލުން ލިބޭނެ ކަމެއްކަމަށާއި، އެގޮތަށް ވިޔަފާރި ކުރުމަކީ، މަކަރާއި، ހީލަތް ހަދައިގެން މީސްތަކުންނަށް އޮޅުވާލައިގެން ވިޔަފާރި ކުރުންކަމަށް ވިދާޅުވިއެވެ. މިކަމުގެ ސަބަބުން، ވިޔަފާރިވެރިންގެ މައްޗަށް މީސްތަކުންގެ ހިތްތަކުގައި އިތުބާރު ކުޑަވެގެންދާނެ ކަމެއްކަމަށްވެސް ޚުޠުބާގައި ވިދާޅުވިއެވެ.

މުސްލިމް އަޚުންނޭވެ! ކޮންމެ މީހަކު ވެސް ބުރަ މަސައްކަތް ކޮށްގެން ހޯދާ ފައިސާއިން، ދިރިއުޅުމަށް ބޭނުންވާ ތަކެތި ގަންނަނީ، އެ ތަކެއްޗަކީ ފެންވަރު ރަގަޅު ތަކެތި ކަމަށް ހީކޮށްގެންނެވެ. ނަމަވެސް އެ ތަކެތީގެ ބޭނުންކުރަން ބަލާއިރު، އެއީ
ކުރެވޭ ވަރަށް ވުރެ ފެންވަރުދަށް، ނުވަތަ ގެއްލުންހުރި ތަކެއްޗަށް ވުމުން، އޭގެ ބޭނުން ނުކުރެވި، އެކަމަށް ޚަރަދު ކުރި ފައިސާ ބޭކާރުވެގެން ބައެއް ފަހަރު އެއިން ޞިއްޙީ ގެއްލުންތަކާ ވެސް ކުރިމަތިލާން ޖެހެއެވެ. މުސްލިމް އަޚުންނޭވެ! މުދަލާއި ތަނަވަސްކަން ހޯދުމަކީ، އިސްލާމްދީން މަނާކުރާ ކަމެއް ނޫނެވެ. އިސްލާމް ދީނަކީ، ހުއްދަ ކުރައްވާފައިވާ ގޮތަށް މަސައްކަތް އާމްދަނީ ހޯދުމަށް ހިތްވަރުދޭ ދީނެކެވެ. ތަރައްޤީ އާއި، ތަހުޒީބަށް އިސްކަންދޭ ދީނެކެވެ. މާތް ﷲ ވިޔަފާރި ހުއްދަ ކުރައްވައި، ރިބާ ޙަރާމް ކުރެއްވިއެވެ.

– ހުކުރު ޚުޠުބާ

ޚުޠުބާގައި ވަނީ މަކަރުހަދައި، އޮޅުވާލުމަކީ ވަރަށް ބޮޑު ފާފައެއްކަމަށް ބަޔާންކޮށްފައެވެ. ކޮންމެ މީހަކުވެސް ދުންޔަވީ ޙަޔާތުގައި މަސައްކަތް ކުރަމުން ދަނީ އުޚުރަވީ ޙަޔާތުގެ ބާއްޖަވެރިކަން ހޯދުމަށްކަމަށާއި، ވިޔަފާރީގައި، މަކަރާއި ހީލަތުން އޮޅުވާލައިގެން، ވިޔަފާރިތަކުން ނާޖާއިޒު ފައިދާ ނަގަމުންދާއިރު އެކަމާ މެދު ކުޑަކޮށް ވެސް ވިސްނާލަންތޯ ޚިޠުބާގައި ސުވާލު ކުރެއްވިއެވެ. އަދި މާތް ﷲ ޙަރާމް ކުރައްވާފައިވާ އުޞޫލުތައް އިޚްތިޔާރުކޮށްގެން ހޯދާ ފައިސާ ހޭދަކުރަމުން ގެންދަނީ، ތިމާގެ އަމިއްލަ ނަފްސަށާއި، ލޯބިވާ އަނބިދަރިންނާއި، މައިންބަފައިންނާއި، ގާތްތިމާގެ މީހުންނަށް ނޫންތޯވެސް ސުވާލުކުރެއްވިއެވެ.

މުސްލިމް އަޚުންނޭވެ! ބާޠިލު ގޮތުގައި މީސްތަކުންގެ މުދާ ކެއުމަކީ އިސްލާމް ދީނުގައި ޙަރާމް ކުރައްވާފައިވާ ކަމެކެވެ. މާތް ﷲ ވަޙީކުރައްވާފައި ވެއެވެ. “އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ބާޠިލު ގޮތުގައި ތިޔަބައިމީހުންގެ މުދާތައް ތިޔަބައިމީހުންގެ މެދުގައި ނުވާށެވެ! އެހެނެއްކަމަކު، ތިޔަބައިމީހުންގެ ތެރެއިން ދެފަރާތުގެ ރުހުމުގެ މައްޗަށް އޮންނަ ވިޔަފާރިޔަކަށް ވުންމެނުވީއެވެ.” އެ އާޔަތުން ދޭހަވާ ގޮތުގައި ވިޔަފާރީގައި މަކަރު ހަދައި، އޮޅުވާލުމަކީ ބާޠިލު ގޮތުގައި މީސްތަކުންގެ މުދާ ކެއުން ކަމުގައި ހިމެނޭނެ އެވެ. މި އާޔަތުގައި މީސްތަކުންގެ މުދާ ބޭނުންކުރުން ހުއްދަވާނެ ގޮތްވެސް ބަޔާންކުރައްވާފައެވެ. އެއީ ދެފަރާތުގެ ރުހުމުގެ މައްޗަށް ކުރެވޭ ވިޔަފާރިއެވެ.

– ހުކުރު ޚުޠުބާ

މިއަދުގެ ޚުޠުބާގައި ވަނީ މީސްތަކުންނަށް ތަކެތި ގަތުމަށް ކޮންމެހެން ބޭނުންވާ ޙާލަތްތަކުގައި، މުދަލުގެ އަގު ބޮޑުކޮށްގެން ވިއްކުމަކީ، ވިޔަފާރި ހުއްދަ ކުރެވުނު ޝަރުޢީ މަޞްލަޙަތާ ފުށުއަރާ ކަމެއްކަމަށާއި، މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ
ބަލިމަޑުކަމެއްގައި ދަތިޙާލުގައި މީސްތަކުން އުޅޭއިރު، އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ ވަގުތެއްގައި، ތަކެތީގެ އަގު ބޮޑުކުރުމަކީ ނިކަމެތީން އިތުރަށް ނިކަމެތިވެގެން ދާނެކަމެއްކަމަށްވެސް ބަޔާންކުރައްވާފައެވެ. އަދި ވިޔަފާރި މުދަލުގެ އަގު ކަނޑައެޅުމުގައި، ވިއްކާމީހާއަށް މިނިވަންކަން ލިބިގެންވުމާއި، ވިއްކާ މުދަލުގެ ފައިދާލާނެ ވަކި މިންވަރެއް ކަނޑައެޅިފައެއް ނުވާކަމަށާއި، ނަމަވެސް އިސްލާމް ދީނުގެ ސަމާޙަތްތެރިކަމާއި ލުއިދިނުން ފަދަ ޝަރްޢީ އަދަބުތަކަށް ރިޢާޔަތް ކުރުމަކީ، ލާޒިމު ކަމެއްކަމަށް ބަޔާންކުރެއްވިއެވެ. މީގެ އިތުރުން މީސްތަކުންގެ މަޞްލަޙަތު އިސްކުރުމަކީ، ވިޔަފާރީގައި ﷲ ބަރަކާތް ލައްވާނޭ ކަމެއްކަމާއި މުދާ ޠާހިރު ކުރައްވައި އިތުރު ކުރައްވާނޭ ކަމެއްކަމަށްވެސް ޚުޠުބާގައި ވިދާޅުވިއެވެ.

މުސްލިމް އަޚުންނޭވެ! އިޙްތިކާރު ކޮށްގެން ފައިދާ ހޯދުމަކީ އިސްލާމް ދީނުގައި ހުއްދަ ވެގެންވާ ކަމެއް ނޫނެވެ. އިޙްތިކާރު ކުރުމަކީ މީސްތަކުންނަށް ބޭނުންޖެހިފައިވާ މުދަލެއް ބާޒާރަށް ނުނެރެ، ހިފެހެއްޓުމަށްފަހު އެމުދަލުގެ އަގު ބޮޑުވުމުން
ބޮޑުވުމުން ބާޒާރަށް ނެރެ ބޮޑު އަގުގައި ވިއްކުމެވެ. މިފަދަ މުޢާމަލާތުގައި ގަނެވިއްކުމުގެ ޝަރުޠުތައް ފުރިހަމަ ވީނަމަވެސް އިޙްތިކާރު ކުރުމަކީ މާތް ނަބިއްޔާގެ ސުންނަތުން މަނާ ކުރައްވާފައިވާ މުޢާމަލާތެއް ކަން ކަށަވަރެވެ. ވަކީން ޚާއްޞަކޮށް ކޮއްތުގެ ގޮތުގައި މީސްތަކުން ބޭނުންކުރާ ބާވަތްތައް އިޙްތިކާރު ކުރުމުގެ ފާފަ ވަކިން ބޮޑުވެގެން ވެއެވެ.

– ހުކުރު ޚުޠުބާގައި ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.