އަރުމީނިއާ އާޒަރުބައިޖާން އަލުން އާ ސުލްހައިގެ އެއްބަސްވުމަކަށް

އަރުމީނިއާ އާޒަރުބައިޖާން އަލުން އާ ސުލްހައިގެ އެއްބަސްވުމަކަށް

Share on twitter
Share on linkedin
Share on whatsapp
Share on telegram
Share on email
Share on facebook
Share on email
Share on twitter
Share on linkedin
Share on whatsapp
Share on telegram

ރަޝިޔާ އިސްވެއޮވެ ކަރުބާޚުގެ މައްސަލާގައި އަރުމީނިޔާ އާއި އާޒަރުބައިޖާނާ ދެމެދު ވެވުނު ސުލްހައިގެ އެއްބަސްވުން ފޭއިލްވިތާ ހަފްތާއެއްގެ ތެރޭގައި މިދެގައުމުގެ ދެމެދުގައި ސުލްހައިގެ އާއެއްބަސްވުމެއް އެކުލަވާލާ ވަގުތީގޮތުން ހަގުރާމަ ހުއްޓާލުމަށް ދެފަރާތުން އެއްބަސްވެއްޖެއެވެ.

އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ފުރުސަތު ދިނުމުގެ ގޮތުން ވަގުތީގޮތުން ހަގުރާމަ ހުއްޓާލުމަށް މިދެގައުމުން އެއްބަސްވެފައި ވާއިރު، ރަޝިޔާއާއި ފްރާންސްއިން ބުނެފައިވަނީ މިފަހަރުގެ ސުލްހައިގެ އެއްބަސްވުމަކީ މިދެގައުމުން އިސްނަގައިގެން ހަމަނުޖެހުންތައް ހުއްޓާލުމަށް ފެށި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ވެވުނު ސުލްހައިގެ އެއްބަސްވުމެއް ކަމަށެވެ. ހަގުރާމަ ހުއްޓާލުމަށް އެއްބަސްވިކަން ދެފަރާތުގެ ފޮރިންގ މިނިސްޓްރީންވެސް ވަނީ ޔަގީން ކޮށްދީފައެވެ. އަދި ހަގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް އަމަލް ކުރަންފެށުމުގެ ކުޑަވަގުތުކޮޅެއް ކުރިން ރަޝިޔާގެ ފޮރިންގ މިނިސްޓަރ ސާގޭ ލަވްރޯވް ވަނީ ދެގައުމުގެ ފޮރިންގ މިނިސްޓަރުންނަށް ގުޅުއްވާ ސުލްހައިގެ އެއްބަސްވުމަށް ފުރިހަމައަށް އަމަލް ކޮށްދިނުމަށް ދެގައުމުގެ ކިބައިންވެސް އެދިވަޑައިގެންފައެވެ. ހޮނިހިރު ދުވަހުގެ މި އެއްބަސްވުމަށްފަހު، ފްރާންސްއިންވެސް ވަނީ ބަޔާނެއް ނެރެފައެވެ. އެގައުމުން ބުނެފައިވަނީ، އަރުމީނިޔާ އާއި އާޒަރުބައިޖާން ސުލްހަކުރުމަށް 1992 ވަނަ އަހަރު އުފައްދާފައިވާ މިންސްކް ގްރޫޕް (ފްރާންސް، ރަޝިޔާ، އެމެރިކާގެ)ގެ ކޯޗެއަރ ރަޝިޔާ އަދި އެމެރިކާއާއިއެކު މިދެގައުމު ސުލްހަ ކުރުވުމަށް ކުރެވުނު މަސައްކަތުގައި އެގައުމުން ވަނީ ބައިވެރިވެފައެވެ. އަދި ފްރާންސްއިން ވަނީ ސުލްހައިގެ އެއްބަސްވުމަށް ފުރިހަމަޔަށް އަމަލު ކުރުމަށް ދެގައުމަށްވެސް ގޮލާފައެވެ. އަދި ދާއިމީ ސުލްހައެއް ނަގޯނޯ ކަރުބާޚްގެ މައްސަލައަށް ގެނައުމުގެ މަޝްވަރާތައް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް އެގައުމުން އުއްމީދު ކުރާކަމަށްވެސް މިބަޔާނުގައި ބުނެފައި ވެއެވެ.

މިއަހަރު ސެޕްޓެމްބަރ 27ގައި، ކަރުބާޚުގެ މައްސަލާގައި މިދެގައުމުގެ ދެމެދުގައި ހަގުރާމަ ފެށުނުފަހުން، މިސަރައްދުގައި ދިރިއުޅެމުންދާ އެތައްހާސް އަރުމީނިޔާ ދަރިކޮޅުގެ ރައްޔިތުންނެއްވަނީ ސަހަރައްދު ދޫކޮށް ހިޖުރަކޮށްފައެވެ. މިހާތަނަށް މިހަގުރާމައިގައި އެތައްސަތޭކަ ބަޔަކުވަނީ މަރުވެފައެވެ.

ނަގޯނޯ ކަރުބާޚްއަކީ ބައިނަލްއަގުވާމީ ގޮތުން އާޒަރުބައިޖާނަށް ނިސްބަތްވާ ސަރަހައްދެކެވެ. އެހެންނަމަވެސް 145،000 މީހުން ދިރިއުޅެމުންދާ މިސަރައްހައްދުގައި ދިރުއުޅެމުންދަނީ އަރުމީނިޔާ ދަރިކޮޅުގެ ރައްޔިތުންނެވެ. ބައިނަލްއަގުވާމީގޮތުން މިސަރަހައްދަކީ އާޒަރުބައިޖާނުގެ ސަރަހައްދެއްކަމުގައި ބަލައިގެންފައިވި ނަމަވެސް މިސަރަހައްދުގައި އަމިއްލަވަންތަ ވެރިކަމެއް ކުރަމުންދަނީ މިސަރަހައްދުގައި ދިރިއުޅެމުންދާ އަރުމީނިޔާ ދަރިކޮޅަށް ނިސްބަތްވާ މީހުންނެވެ. އަދި ކަރުބާކުގައި ދިރިއުޅެމުންދާ އަރުމީނިއާ ދަރިކޮޅުގެ ރައްޔިތުން ބޭނުންވަނީ އެސަރަހައްދަކީ އަރުމީނިޔާއަށް ނިސްބަތްވާ ސަރަހައްދެއްގެ ގޮތުގައި ދެމިއޮތުމަށެވެ.

މީގެ 30 އަހަރުކުރިން ސޯވިއެޓް ޔޫނިއަން ރޫޅިގެން ދިއުމާއިގުޅިގެން، އާޒަރުބައިޖާން އަތުން ވަނީ މިސަހައްދުގެ ކޮންޓްރޯލް ގެއްލިފައެވެ. އެހެންނަމަވެސް، 1994 ވަނަ އަހަރުން ފެށިގެން ދެފަރާތުން އަމަލުކުރަމުންދާ ސުލްހައިގެ އެއްބަސްވުމެއް އެކުލަވާލެވިފައި އޮވެއެވެ. ކަރުބާޚުގެ މައްސަލަ އާޒަރުބައިޖާންއާއި އަރުމީނިޔާއާއި ދެމެދު އުފެދިފައިވަނީ 1988 ވަނަ އަހަރުއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.