ކޯވިޑް19ގައި އެންމެ ނިސްބަތުން އެންމެ ގިނަ މީހުން މަރުވަމުންދަނީ އިގިރޭސިވިލާތުގައި

އާ މިއުޓޭޝަންގެ ސަބަބުން މިހާރު ހުރި ވެކްސިތަކުގެ ބޭނުން ކެޑެން އޮތީ މަދު ދުވަސް ކޮޅެއް

އާ މިއުޓޭޝަންގެ ސަބަބުން މިހާރު ހުރި ވެކްސިތަކުގެ ބޭނުން ކެޑެން އޮތީ މަދު ދުވަސް ކޮޅެއް

Share on twitter
Share on linkedin
Share on whatsapp
Share on telegram
Share on email
Share on facebook
Share on email
Share on twitter
Share on linkedin
Share on whatsapp
Share on telegram

ދުނިޔޭގެ ގައުމުތަކުގައި ކޯވިޑް19އާއި ދެކޮޅަށް ދެމުންދާ ވެކްސިންދިނުން ލަސްވަމުން ދިއުމާއި، އަދި ވެކްސިލް ފޯރުކޮށްދިނުމުގައި ގައުމުތަކުގެ މެދުގައި ތަފާތުކުރުންތަކުގެ ބޮޑުކަމުން، ކޯވިޑް19 ޖައްސާ ކޮރޯނާ ވައިރަސް މިއުޓޭޓްވެ، މިހާރު ހުރި ވެކްސިންތަކުގެ ބޭނުން ކެޑިގެންދާން ދެން އޮންނާނީ އަހަރަކަށްވުރެ މަދު ދުވަސްކޮޅެއްކަމުގައި، ދުނިޔޭގެ މަޝްހޫރު ރިސާޗަރުން ބުނެފިއެވެ. ދިރާސާކުރާ ފަރާތްތަކުން ލަފާ ކުރާގޮތުގައި ކޮރޯނާ ވައިރަސް މިއުޓޭޓްވެގެން، ކޯވިޑް19ގެ މުޅިން އާވައްތަރުތަކެއް ކުރިޔަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި ދުނިޔެއަށް އަލުން ވުޖޫދުވެގެން ދާނެއެވެ.

ދުނިޔޭގެ މަޝްހޫރު، އަދި ކުރިއަރާފައިވާ އިންސްޓިޓިއުޝަންތަކުން، 77 ސައިންޓިސްޓުން ބައިވެރިވެގެން ހެދި ސާވޭގެ %30 ސައިސްވެރިން ބުނެފައިވަނީ، މިހާރު  ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދެވެމުންދާ ވެކްސިންތައް ދިނުން އަވަސްކޮށް، އަދި ދުނިޔޭގެ ގައުމުތަކުގެ މެދުގައި ހަމަހަމަ ކަމާއެކު މިވެކްސިން ނުދެވިއްޖެނަމަ، ކޯވިޑް19 ވެކްސިންގެ ދެވަނަ ޖެނެރޭޝަންއެއް ކުރިޔަށް އޮތް 9 މަސްދުވަހުގެ ތެރޭގައި އުފައްދަން މަޖުބޫރު ވާނެއެވެ.

އަދި %90އަށްވުރެ ގިނަ ދިރާސާ ކުރާ ފަރާތްތަކުން ބުނެފައިވަނީ، މިހާރު ދެމުންދާ ވެކްސިނަށް ނުގުޑާނެ، ކޮރޯނާވައިރަސްގެ، މިއުޓޭޓްވެފައިވާ މުޅިން އާ ވައްތަރުތަކެއް އުފަންވެގެން ދިއުން އޮތީ ވަރަށް ކައިރީގައެވެ. ސަބަބެއްކަމުގައި ބުނެފައިވަނީ، ވެކްސިންއިން ކަވަރު ކުރަމުންދާ އަބާދީތައް މަދުވުމެވެ. އަދި ވަކީން ޚާއްސަކޮށް، ތަރައްގީވަމުން އަންނަ ގައުމުތަކަށް ވެކްސިން ފޯރިކޮށްދެވޭ މިންވަރު ދަށްވުމަކީ މީގެ އެންމެ ބޮޑު އެއް ސަބަބުކަމުގައިވެސް ބުނެފައި ވެއެވެ.

50 އަށްވުރެ ގިނަ ޖަމްއިއްޔާތައް އެކުވެގެން އުފައްދަފައިވާ، “ދަ ޕީޕަލްސް ވެކްސިން އެލަޔަންސް” އިން ބުނެފައިވަނީ، މިހާރު ދުނިޔޭގައި ވެކްސިން ދެވެމުންދާ ނިސްބަތަށް ބަލާއިރު، ކުރިޔަށް އަހަރެއްހާ ދުވަހުގެ ތެރޭގައި، ދުނިޔޭގެ ފަގީރު ގައުމުތަކުގެ މެޖޯރިޓީ ގައުމުތަކުގެ އާބާދީގެ %10އަށްވެސް ވެކްސިން ދެވިދާނެކަމަށް ނުބެލެވެއެވެ.

އަދި މި އެލަޔަންސުންވަނީ، ވެކްސިން އުފެއްދުމާއި ވިއްކުމުގައި ފާރމަޝޫޓިކަލް ކުންފުނިތަކުގެ މެދުގައި އޮތް މަނަޕޮލީ (މަދު ބަޔަކު މުޅި މާރކެޓަށް ނުފޫޒު ފޯރުވުން) ނައްތާލުމަށާއި، އަދި ވެކްސިން ސަޕްލައި ކޮށްދިނުން މިހާރުން މިހާރަށްވެސް އަވަސް ކުރުމުގެ ގޮތުން، ޓެކްނޮލޮޖީ ހިއްސާ ކުރުމަށްވެސް ގޮވާލާފައެވެ.

“މި ވައިރަސް ގިނައި ފެތުރެމުންދިޔަ ވަރަކަށް، ވައިރަސް މިއުޓެޓްވެ އާ ވޭރިއެންޓަތައް އުފެދިގެން އައުމުގެ ފުރުސަތު ބޮޑުވެގެން ދާނެ، އަދި ނަތީޖާއަކަށް ވެގެން ދާނީ، މިހާރު ދެމުންދާ ވެކްސިންތަކުގެ ބޭނުން ކުޑަވެގެން ދިއުން. ހަމަ އެއާއެކީ، ދުނިޔޭގެ ފަގީރު ގައުމުތައް މިވަނީ، ވެކްސިންވެސް ފޯރުކޮށް ނުދެވި، އަދި ބޭނުންވާ ވަރަށް އޮކްސިޖަންވެސް ސަޕްލައި ކޮށްނުދެވި ބާކީ ކުރެވިފަ،” އެޑިންބާގް ޔުނިވަރސިޓީގެ ޕްރޮފެސަރ އޮފް ގްލޯބަލް ޕަބްލިކް ހެލްތު ޑެވި ސްރީދަރ ވިދާޅުވިއެވެ.

“އަހަރެމެން އެންމެންނަށްވެސް މިހާރު ވަރަަށް ރަގަޅަށް ތަޖުރިބާ ކުރެވިއްޖެ، ވައިރަހަކީ ވަކި ގައުމަކަށް، ވަކި ބޯރޑަރަކަށް ބަލާ އެއްޗެއް ނޫންކަން. އަހަރެމްނެ ޖެހޭނެ، ވީހާވެސް އަަވަހަކަށް، ދުނިޔޭގެ ހުރިހާ ކަންކޮޅެއްގައިވެސް، ވީހާ ގިނަބަޔަކަށް ވެކްސިން ދީ ނިންމަން،” އޭނާ ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.