ރަޝިއާއިން އުދުއްސާލި ސޯޔަޒް ރޮކެޓްގައި 18 ގައުމެއްގެ 38 ރޮކެޓްވަނީ ޖައްވަށް ގެންގޮސްފައި

18 ގައުމެއްގެ 38 ސެޓްލައިޓަކާއެކީ، ރަޝިއާގެ ސޯޔަޒް ރޮކެޓް ޖައްވަށް

18 ގައުމެއްގެ 38 ސެޓްލައިޓަކާއެކީ، ރަޝިއާގެ ސޯޔަޒް ރޮކެޓް ޖައްވަށް

Share on twitter
Share on linkedin
Share on whatsapp
Share on telegram
Share on email
Share on facebook
Share on email
Share on twitter
Share on linkedin
Share on whatsapp
Share on telegram

ސޯޔަޒް 2.1aގެ ނަން ދެވިފައިވާ، ރަޝިއާގެ ޖައްވީ ރޮކެޓް، 18 ގައުމެއްގެ 38 ސެޓްލައިޓާ އެކީ މިއަދު ޖައްވަށް އުދުއްސާލައިފިއެވެ.

ރަޝިއާގެ ޖައްވީ އިދާރާ ރޮސްކޮސްމޮސްއިން ހޯމަ ދުވަހު މައުލޫމާތު ދީފައިވާ ގޮތުގައި، މި 18 ގައުމުގެ ތެރޭގައި ސައުދީ އަރަބިއާ އަދި ޔޫއޭއީގެ ރޮކެޓްތައްވެސް ހިމެނެއެވެ. މިގޮތުން، ރަޝިއާއިން ޖައްވަށް އުދުއްސާލި މި ރޮކެޓްގައި، ސައުދީ އަރަބިއާގެ ޝާހީން ނަމަކަށް ކިޔާ ސެޓްލައިޓާއި އަދި ކިއުބްސެޓް ނަމަކަށް ކިޔާ ސެޓްލައިޓްވެސް ހިމެނޭކަމަށްވެސް ރޮސްކޮސްމޮސްއިން މައުލޫމާތު ދީފައި ވެއެވެ.

ޓެކްނިކަލް މައްސަލަތަކާހެދި، މި ރޮކެޓް އުދުއްސާލުން ލަސްވުމަށްފަހު، މި ރޮކެޓް އުދުއްސާލާފައިވަނީ، ކަޒަކިސްތާނުގެ ބައިކަނޫރު ސްޓޭޝަނުންނެވެ.

ރަޝިއާގެ ޖައްވީ އިދާރާ ރޮސްކޮސްމޮސްއިން އާންމު ކޮށްފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި ޖީއެމްޓީގެ ގަޑިން ހެނދުނު 06:07ގައި އުދުއްސާލި މި ރޮކެޓް ޖައްވަށް އުދުއްސައިގަތީ، އަޅިކުލައިގެ ވިލާތަކެއްހެން ޖައްވުގެ ތެރެއަށް ދުންތައް ދޫކުރަމުންނެވެ.

“18 ގައުމަކުން 38 އަށް އުޅަދާއިއެކު، ސޯޔަޒް -2.1a ރޮކެޓް ވަނީ ބައިކަނޫރު ކޮސްމޮޑްރޮމްއިން ޖައްވަށް އުދުއްސާލާފައި،” ރަޝިއާގެ ޖައްވީ ސްޓޭޝަން ރޮސްކޮސްމޮސްއިން ކުރި ޓުވީޓެއްގައި ބުނެފައި ވެއެވެ.

ހޯމަދުވަހު ރޮސްކޮސްމޮސްއިން ނެރުނު ބަޔާނެއްގައި ފަހުން ބުނެފައިވަނީ، މި ރޮކެޓު މިހާރުވަނީ، ރޮކެޓުން ޖައްވަށް ގެންދިޔަ 38 އުޅަދުވެސް، ޖަވީ އޯބިޓަށް ކާމިޔާބުކަމާއެކު ދޫކޮށްލާފައި ކަމުގައެވެ.

މި ރޮކެޓްގައި ސެޓްލައިޓްތައް ޖައްވަށް ފޮނުވި ގައުމުތަކުގެ ތެރޭގައި، ސައުދީ އަރަބިއާ ޔޫއޭއީގެ އިތުރުން، ސައުތު ކޮރެއާ، ޖަޕާން، ކެނެޑާ، ޖާރމަނީ، އިޓަލީ އަދި ބްރެޒިލް ހިމެނެއެވެ.

ހޮނިހިރު ދުވަހު މި ރޮކެޓް އުދުއްސާލުން ދެފަހަރަށް ލަސްކުރެވިފައި ވެއެވެ. އުދުއްސާލުން ލަސްކުރަން ޖެހުނީ، ރޮކެޓްގެ ވޯލްޓޭޖް އާދަޔާ ޚިލާފަށް މަތިވަމުންދާކަން ފާހަގަ ކުރެވުމާއި ގުޅިގެންނެވެ.

ދުނިޔޭގައި އުފެދިފައިވާ އެންމެ ދުވަސްވީ ޖައްވީ އެއް އިދާރާއަކީ ރޮސްކޮސްމޮސްއިން ކަމުގައިވިޔަސް، ސޯވިއެޓް ޔޫނިއަން ރޫޅުމަށްފަހު، ކޮރަޕްޝަނާއި އަދި ޓެކްނިލޮޖީގެ ރޮގުން ފައިހަމަ ނުކުރެވުމުގެ ސަބަބުން، ރަޝިއާގެ ޖައްވީ އިދާރާއަށް ވަނީ، ދުނިޔޭގެ ކުރިއަރާފައިވާ އެހެން ބައެއް ގައުމުތަކުގެ ޖައްވީ ޕްރޮގްރާމްތަކާ ވާދަ ނުކުރެވިފައެވެ.

2018 ވަނަ އަހަރު، ރަޝިއާ އަދި އެމެރިކާގެ ނާސާގެ ކޮސްމޮނޯޓުނާއެކު ޖައްވަށް ދަތުރު ކުރަމުންދިޔަ ރަޝިއާގެ ސޯޔަޒް ރޮކެޓް، ޖައްވީ ދަތުރުގެ މެދުތެރޭގައި ފެއިލްވެ، ރޮކެޓްގައި ދަތުރުކުރަމުންދިޔަ ދެ އެސްޓްރޮނޯރުން އެމަޖެންސީކޮށް ބިމަށް ތިރި ކުރަން ޖެހުނެވެ. އަދި ދެ އެސްޓްރޮނޯޓުންވެސް އަނިޔާ ނުވެ ސަލާމަތްވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.