މި ހާލަތުގައި ގައިދުރުކޮށްގެން ނަމާދުކުރުމަކީ ހުއްދަކަމެއް: ފަތުވާދޭ މަޖިލިސް

މި ހާލަތުގައި ގައިދުރުކޮށްގެން ނަމާދުކުރުމަކީ ހުއްދަކަމެއް: ފަތުވާދޭ މަޖިލިސް

Share on twitter
Share on linkedin
Share on whatsapp
Share on telegram
Share on email
Share on facebook
Share on email
Share on twitter
Share on linkedin
Share on whatsapp
Share on telegram
ގުޅުންހުރި

ކޯވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން، މި ހާލަތުގައި ގައިދުރުކޮށް ސަފުހަދައިގެން ނަމާދުކުރުމަކީ ހުއްދަ ކަމެއް ކަމެއް އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ނިންމައިފިއެވެ.

އެ މަޖިލީހުން އެހެން ނިންމިއިރު، ކޯވިޑު-19 ގެ ހާލަތާ ގުޅިގެން މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ގައިދުރުކަން ބަހައްޓައިގެން ނަމާދުކުރަން އިސްލާމިކް މިނިސްޓްރީން ވަނީ މިދިޔަ މަހު އަންގައިފަ އެވެ. ފަތުވާދޭ މަޖިލީހުން ނިންމާފައިވަނީ މި މައުޟޫޢުގައި ދުނިޔޭގެ ފަތުވާ މަޖިލީސްތަކާއި ފަތުވާ ކޮމެޓީތަކުން ނެރެފައިވާ ފަތުވާތަކުން ދަލީލުކޮށެވެ. އެގޮތުން މީސްތަކުންގެ މެދުގައި ހަލުވިކަމާއެކު ކޯވިޑް ވައިރަސް ފެތުރިދާނެ ކަމުގެ ބިރަށްޓަކައި މީސްތަކުން އެއްވެގެން ހެދޭ ޖަމާޢަތްތައް ހެދުން ހުއްޓާލުން ޞައްޙަ ކަމަށެވެ. ސަބަބަކީ އިސްލާމީ ޝަރީޢަތުގެ މަޞްދަރުތައް ބިނާވެފައި ވަނީ މީސްތަކުންނަށް ލުއިފަސޭހަކޮށްދީ ބުރަކަން ނައްތާލާ ޟަރޫރީ ޙާލަތުން ދިފާޢުވެ މަފްސަދާ ނައްތާލުމަށް ކަމަށްވާތީއެވެ.

އިތުބާރު ހުރި ޞިއްޙީ މާހިރުންގެ ލަފަޔާއި އިރުޝާދާ ޚިލާފަށް ތަންތަނަށް ޖަމާވެ ހެދުމަކީ އެމީހަކު ފާފަވެރިވާނެ ކަމެއް. އަދި މިގޮތަށް އެމީހަކު އެކުރި ކަމެއްގެ ފަރުދީ ޒިންމާ އެމީހާ އުފުލަންޖެހޭނެ. ދުނިޔޭގެ ޤައުމުތަކުގެ ފަތުވާ މަޖިލީސްތަކުން އެއްބަސްވެފައިވަނީ އެގޮތަށް ޢަމަލުކޮށް ކަމުގެ ޙުރުމަތް ކަނޑައިލުމާއި އެކަމުގެ ސަބަބުން ބަލި އިތުރަށް ފެތުރޭނެ ގޮތް ތަނަވަސްވެ ތިމާގެ ނަފުސާއި މުޖުތަމަޢު ކޯވިޑްގެ ކާރިޘާގެ ނުރައްކަލަށް ހުށައެޅުމަކީ ޙަރާމް ކަމެއް ކަމަށް.

– ފަތުވާދޭ މަޖިލީހުން ބުނެފައިވެއެވެ.

މިކަމުގައި އޮތް މަގްސަދާގެ އަޞްލަކީ މީސްތަކުން އެއްތަނަކަށް ޖަމާވުންކަމަށް ކަމާބެހޭ ޞިއްޙީ މާހިރުން ހާމަކުރާކަމަށާއި، އެހެންކަމުން މިކަމުގައި މުސްލިމުންގެ މައްޗަށް ލާޒިމުވެގެންވަނީ އިތުބާރުހުރި ޞިއްޙީ މާހިރުން ދޭ މަޢުލޫމާތުގެ މައްޗަށް ބުރަވެތިބެ އެއާ އެއްގޮތަށް ޢަމަލު ކުރުންކަމަށެވެ. އަދި މިއަމުރުތަކަށް ތަބާވުމަކީ ޝަރުޢީ ގޮތުން އޮތް ވާޖިބުކަމެއްކަމަށް ބުނެފައިވެއެވެ. އެއީ އެއަމުރުތަކާ ޚިލާފުވުމުން ނަފުސުތަކަށް ލިބޭ ގެއްލުމުގެ ސަބަބުން ފަހަރެއްގައި އެމީހަކު މަރާކުރިމަތިލައި ހަލާކުވެގެން ދިއުންވެސް ހިމެނޭތީކަމަށެވެ.

ޞިއްޙީ ގޮތުން ލާޒިމުކުރާ އިޖްރާއަތްތަކަށް ތަބާވުން ވާޖިބުކަމަކަށް ވީހިނދު އެކަމަކީ ޢުމުރުގެ ގޮތުން ވިޔަސް، ފަރުދުންގެ ސަލާމަތާއި ރައްކާތެރި ކަމާއި ގުޅިފައިވާ ކަމަކަށް ވިޔަސް، އަދި ނަމާދުކުރާ މީހުންގެ ޞިއްޙީ ޙާލަތާއި ގުޅިފައިވާ ކަމަކަށްވިޔަސް، އަދި މިސްކިތަށް ވަނުމުގެ ކުރިން އަދާކުރަން ޖެހޭ ކަމަކަށް ވިޔަސް، އިތުބާރު ހުރި ޞިއްޙީ މާހިރުން މިކަމަށް ދެއްވާ އިރުޝާދަށް ބޯލެނބުމަކީ ދީނީގޮތުން ވާޖިބުކަމެއްކަމަށް ފަތުވާދޭ މަޖިލީހުން ބުނެފައިވެއެވެ.

މިހޯދުންތަކުގެ އަލީގައި ފަތުވާދޭ މަޖިލީހުގެ މެންބަރުންނަށް އެއްބަސްވެވުނީ މިޙާލަތުގައި ގައިދުރުކޮށްގެން ސައުހަދައިގެން ޖަމާޢަތުގެ ނަމާދުކުރުމީ މަކްރޫހަ ކަމަކާއި ނުލައި ހުއްދަ ކަމެއް ކަމުގައެވެ. އަދި އެކަމަކީ އިސްވެދިޔަ އާޔަތްތަކާއި ޙަދީޘްތަކާއި ޢިލްމުވެރިންގެ ބަސްފުޅުތަކުން ޞައްޙަ ކަމަށް ދަލީލު ލިބޭ އަދި މިހާރު ދުނިޔޭގެ ގިނަ ޤައުމުތަކުގެ ފަތުވާދޭ މަޖިލީސްތަކުން މިޙާލަތާއި ގުޅުވައިގެން ހުއްދަ ކަމެއްކަމެއްގެ ގޮތުގައި ފަތުވާތައް ނެރެފައިވާ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.