އެސްޓްރާޒެނެކާ ވެކްސިންއާއި ގުޅޭގޮތުން އުފެދިފައިވާ ޝައްކުތަްއ ޓެޑްރޯސްވަނީ ދޮގުކޮށްފަ

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އެސްޓްރާޒެނެކާ ވެކްސިން ދިފާޢުކޮށްފި

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އެސްޓްރާޒެނެކާ ވެކްސިން ދިފާޢުކޮށްފި

Share on twitter
Share on linkedin
Share on whatsapp
Share on telegram
Share on email
Share on facebook
Share on email
Share on twitter
Share on linkedin
Share on whatsapp
Share on telegram

އެސްޓްރާޒެނެކާ ވެކްސިން ޖަހާ ފަރާތްތަކަށް ބްލަޑް ކޮލޮޓް (ލޭ ގަޑުވުން) ވުމުގެގެ މަސައްލަތައް ކުރިމަތިވާ ކަމަށް ޝައްކު ކުރެވި، މި ވެކްސިން ޖެހުން ޔޫރަޕްގެ ބައެއް ގައުމުތަކުގައި މަޑު ޖައްސާލާފައި ވަނިކޮށް، މިވެކްސިން ޖެހުމުގެ މިފަދަ އެއްވެސް މައްސަލައެއް ކުރިމަތިވާކަމުގެ ސާބިތު ހިފޭ އެއްވެސް ހެއްކެއް ފެނިފައިވާ ނުވާ ކަމަށްބުވެ، އެސްޓްޒެނެކާ ވެކްސިން ޖެހުމުގެ އެއްވެސް މައްސަލައެއް ނެތްކަމުގައި ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ (WHO)އިން ބުނެފިއެވެ.

“މިހާތަނަށް ދުނިޔޭގައި ކޯވިޑް19ގެ 335 މިލިއަން ޑޯޒްގެ ވެކްސިން ޖަހައިފި، އަދި މިހާތަނަަށް ކޯވިޑް19 ވެކްސިނާގުޅިގެން އެއްވެސް މީހަކު މަރުވެފައިވާކަމުގެ އެއްވެސް މައުލޫމާތެއް ލިބިފައެއް ނުވޭ،” ހުކުރުދުވަހު ބޭއްވި އޮންލައިން ނިއުސް ބްރީފިންގައި ދުނިޔޭގެ ސިއްޙަތު ޖަމިއްޔާގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް ވިދާޅުވެފައި ވެއެވެ.

ކޯވިޑް19ގެ ވެކްސިން ޖަހާފަވަނިކޮށް، ހަށިގަޑުގައި ބްލަޑް ކްލޮޓްވެގެން، ޑެންމާކުގެ ރައްޔިތަކު ވަނީ މަރުވެފައެވެ. މިހާދިސާ ހިގުމާއި ގުޅިގެން، މިހާތަނަށް އައިއިރު، ޑެންމާކް، ނޯވޭ އަދި އައިސްލޭންޑް ހިމެނޭގޮތުން ޔޫރަޕްގެ 5 ގައުމަކުން ވަނީ، އެސްޓްރާޒެނެކާއިން އުފައްދާފައިވާ މިބެޗްގެ މިވެކްސިން އެގައުމުތަކުގައި ޖެހުން މެދުކަޑާލާފައެވެ.

އަދި އިޓަލީގައި އިތުރު ދެމީހަކު މަރުވެފައިވާތީ، އެސްޓްރާޒެނެކާ ވެކްސިންގެ އިތުރު ބެޗްތަކެއްގެ ވެކްސިން ޖެހުން މިހާރު މެދުކަޑާލާފައިވާކަމަށް އިޓަލީންވަނީ ބުނެފައެވެ.

އެހެންނަމަވެސް، ޔޫރަޕިއަން މެޑިސިން އޭޖެންސީން ބުނެފައިވަނީ، މި ވެކްސިންގެ ސަބަބުން ކުރިމަތި ވެދާނެކަމަށް ބެލެވޭ ރިސްކަށްވުރެ ވެކްސިން ޖެހުމުގެ ފައިދާ މާބޮޑުކަމަށެވެ. އަދި ދުނިޔޭގެ ސިއްޙަތު ޖަމިއްޔާގެ ސައިންޓިސްޓް ސޯމްޔާ ސުވަމިނަތަން ހުކުރުދުވަހު ވިދާޅުވެފައިވަނީ، ބްލަޑް ކްލޮޓްވުމުގެ މައްސަލައާއި މިވެކްސިނާއި ގުޅުންހުރިކަމުގެ އެއްވެސް ހެއްކެއް މިހާތަނަށް ފެނިފައި ނުވާކަމަށެވެ.

“އަދި މިހާތަނަށް އަހަރެމެންނަށް މިވެކްސިނާއެކު ކުރިޔަށް ދެވޭނެކަމުގެ ޔަގީންކަން ލިބިފަ އެބައޮތް،” ސިއްޙަތު ޖަމިއްޔާގެ ސައިންސިސްޓު ވިދާޅުވިއެވެ.

ސިއްޙަތު ޖަމިއްޔާއިން ބުނެފައިވަނީ، އެސްޓްރާ ޒެނެކާ ވެކްސިނާގުޅޭގޮތުން އުފެދިފައިވާ ޝައްކުތައް، އެ ޖަމިއްޔާގެ މިނިވަން ޕެނަލަކުން މިހާރު ދިރާސާ ކުރަމުންދާ ކަމަށެވެ. އަދި މިޕެންލްގެ ދިރާސާތަކަށްފަހު، މިވެކްސިނާގުޅޭގޮތުން ދޭނެލަފައެއް ލަސްނުކޮށް އާންމު ކުރާނެކަމަށެވެ.

ޔޫރަޕްގެ ގައުމުތަކުގެ އިތުރުން، އެސްޓްރާޒެނެކާ ވެކްސިން ބޭނުންކުރުން ވަގުތީގޮތުން އެންމެ ފަހުން މަޑުޖައްސާލާފައިވާ ގައުމުތަކަކީ، ތައިލޭންޑާއި ރިޕަބްލިކް އޮފް ކޮންގޯއެވެ.

ކޮންގޯއަކީ، ދުނިޔޭގެ ފަގީރު ގައުމުތަކަށް ވެކްސިން ފޯރުކޮށް ދިނުމަށްޓަކާ ޔޫއެންއިން ކުރިޔަށް ގެންދާ “ކޯވެސް ވެކްސިން ޝެއަރރިން” ޕްރޮގްރާމްގެ ދަށުން، މާރޗް 2ވަނަ ދުވަހު 1.7 މިލިއަން ވެކްސިން ފޯރުކޮށް ދީފައިވާ ގައުމެކެވެ. އެހެންނަމަވެސް، އަދި އެގައުމުގައި ވެކްސިން ޖަހަން ފަށާފައި ނުވެއެވެ.

ސިއްޙަތު ޖަމިއްޔާގެ އެސިސްޓަންޓް ޑިރެކްޓަރ ޖެނެރަލް މަރިއަންގެލަ ސިމާއޯ ވިދާޅުވެފައިވަނީ، މިހާރު ޝައްކު އުފެދިފައިވާ އެސްޓްރާޒެނެކާ ވެކްސިންގެ ބެޗްތައް އުފައްދާފައިވަނީ ޔޫރަޕްގައި ކަމަށާއި، އެހެންނަމަވެސް، ޔޫއެންއިން ކުރިޔަށް ގެންދާ ކޯވެކްސް ޕްރޮގްރާމަށް އެސްޓްރާޒެނެކާއިން ފޯރުކޮށްދީފައިވާ ވެކްސިންތަކަކީ އިންޑިއާ އަދި ސައުތުކޮރެއާގެ ވެކްސިން އުފައްދާ ކުންފުނިތަކުން އުފައްދާފައިވާ ވެކްސިންތަކެއް ކަމުގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.