ގާނޫނު ހަދާ މަޖިލިހުގައި މެމްބަރުން ބަހުސް ކުރައްވަނީ

ލީބިޔާގެ އިންތިގާލީ ސަރުކާރަށް މަޖިލީހުން ރުހުން ދީފި

ލީބިޔާގެ އިންތިގާލީ ސަރުކާރަށް މަޖިލީހުން ރުހުން ދީފި

Share on twitter
Share on linkedin
Share on whatsapp
Share on telegram
Share on email
Share on facebook
Share on email
Share on twitter
Share on linkedin
Share on whatsapp
Share on telegram

މިއަހަރުގެ ޑިސެމްބަރު މަހުގައި ބޭއްވުމަށް ހަޖެހިފައިވާ އާންމު އިންތިޚާބާއި ހަމައަށް އެގައުމުގައި ވެރިކަން ކުރާން އިންތިގާލީ ސަރުކާރަށް އެގައުމުގެ ގާނޫނު ހަދާ މަޖިލީހުން ރުހުން ދީފިއެވެ. މިއީ، އެތައް އަހަރެއްގެ އަހުލީ ހަގުމާމައިގެ ސަބަބުން ވީރާނާވެ ސުންނާފަތި ވެފައިވާ ލީބިއާގައި ދާއިމީ ސުލްހައެއް ގާއިމް ކުރުމުގައި ކުރިޔަށް އެޅު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ބައިނަލްއަގުވާމީ ދުނިޔެއިން ދަނީ ބުނަމުންނެވެ.

ދެ ދުވަސް ވަންދެން ބޭއްވުނު، ފުޅާ ދާއިރާއެއްގެ މަޝްވަރާތަކަށްފަހު، ބޮޑުވަޒީރު އަބުދުލްހާމިދު ދެއިބާގެ ކެބިނެޓަށް ބުދަ ދުވަހު ގާނޫނު ހަދާ މަޖިލީހުން ރުހުން ލިބިގެން ދިޔައީ 132 މެމްބަރުންގެ މަޗަށް އެކުލެވޭ މަޖިލީހުގެ 121 މެމްބަރުންގެ އަޢުލަބިއްޔަތުންނެވެ.

“ހައުސް އޮފް ރެޕްރެސެންޓޭޓިވްސް އަށް މިއަދަކީ ތާރީޚީ ދުވަހެއް،” ގާނޫނު ހަދާ މަޖިލީހުގެ ވޯޓަށްފަހު، މަޖިލިސް ރައީސް އަގުއިލާ ސަލާހް ވިދާޅުވިއެވެ.

ލީބިއާގެ ހުޅަގުގެ ސިޓީއެއް ކަމުގައިވާ މިސްރާޓާގެ ނުފޫޒުގަދަ ވިޔަފާރިވެރިއެއް، ފާއިތުވެދިޔަ ފެބްރުއަރީމަހު، ގައުމުގެ ބޮޑުވަޒީރުކަމަށް އައްޔަން ކޮށްފައިވާއިރު، ތިން މެމްބަރުންގެ މައްޗަށް އެކުލެވޭ ޕްރެޒިޑެންޝަލް ކައުންސިލެއްވެސް ވަނީ އެކުލަވާލާފައެވެ. އަދި މި ކައުންސިލްގެ ރިޔާސަތު ބަލަހައްޓަވާނެ ބޭފުޅެއްގެ ގޮތުގައި ހަމަޖައްސަވާފައިވަބީ، ލީބިޔާގެ އިރުމަތީ ބިތަށް ނިސްބަތްވާ ޑިޕްލޮމޭޓެއް ކަމުގައިވާ، މުހައްމަދު ޔޫނުސް މެންފީއެވެ.

ޔޫއެންއިން މެދިވެރިއެއްގެ ދައުރު އަދާ ކޮށްގެން ބޭއްވުނު މަޝްވަރާތަކަށްފަހު، ލީބިޔާގައި މިހާރު އެކުލަވާލެވިފައި އިންތިގާލީ ސަރުކާރުގެ އެންމެ މުހިންމު ޒިންމާއަކަށް ވެގެންދާނީ، އެގައުމުގައި މިއަހަރުގެ ޑިސެމްބަރު މަހުގެ 24 ވަނަދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އާންމު އިންތިޚާބާ ހަމައަށް، ވާންޖެހޭ އެންމެހާ އެންމެހާ ތައްޔާރީތައް ކުރުމެވެ.

ލީބިޔާގެ ބޮޑުވަޒީރު ދެއިބަރ އެގައުމުގެ ގާނޫނު ހަދާ މަޖިލީހަށް ހުށަހަޅުއްވާފައިވަނީ 33 ވަޒީރުންގެ މައްޗަށް އެކުލެވިގެންވާ ކެބިނެޓެކެވެ. އަދި މީގެއިތުރުން، ލީބިއާގެ މިހާރުގެ ހާލަތަށް ރިއާޔަތްކޮށް،  ބޮޑުވަޒީރުގެ ނާއިބުކަމަށްވެސް ދެބޭފުޅަކު އަންޔަން އައްޔަން ކޮށްފައި ވެއެވެ.

ބޮޑުވަޒީރުގެ ނާއިބުކަމަށް އައްޔަން ކޮށްފައިވާ ފަރާތްތަަކަކީ ޖޯގްރަފީގެ ގޮތުންނާއި އަދި އިޖުތިމާއީ ގޮތުން ތަފާތު ހިސާބުތަކުގެ މީހުންވެސް ތަމްސީލުކުރެވޭ ގޮތުގެމަތިން އައްޔަން ކުރެވިވައިވާ ދެބޭފުޅުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.