އަބޫދާބީގައި ހުންނަ ޝެއިޚް ޒައިދު ގްރޭންޑް މިސްކުތުގެ ފަހަތުން އިރު އޮއްސޭ މަންޒަރުގެ ފޮޓޯއެއް

ޔޫއޭއީން މުޅި އާބާދީގެ %48އަށް ވެކްސިން ދީފި

ޔޫއޭއީން މުޅި އާބާދީގެ %48އަށް ވެކްސިން ދީފި

Share on twitter
Share on linkedin
Share on whatsapp
Share on telegram
Share on email
Share on facebook
Share on email
Share on twitter
Share on linkedin
Share on whatsapp
Share on telegram

މާރޗްމަސް ނިމުމުގެ ކުރިން މުޅި އާބާދީގެ %50އަށް ވެކްސިން ދީ ނިންމުމަށް ކަޑައަޅާފައިވާ ލަޑުދަޑިއާއި ގާތަށް ޔުނައިޓެޑް އަރަބި އެމިރޭޓްސްއިން ދަތުރު ކޮށްފިއެވެ.

އެގައުމުގެ ނޭޝަނަލް ކްރައިސިސް އެންޑް އެމަޖެންސީ މެނޭޖްމަންޓް އޮތޯރިޓީ (NCEMA)އިން ހާމަ ކޮށްފައިވާ ގޮތުގައި، މިހާރު ޔޫއޭއީގެ މުޅި އާބާދީގެ %48 ރައްޔިތުންނަށް ވަނީ ވެކްސިންދީ ނިމިފައެވެ.

އެގައުމުގެ އިދާރާތަކުން މައުލުމާތު ދީފައިވާ ގޮތުގައި، މިހާތަނަށް ޖުމްލަ 3,777,143 މީހުންނަށް ޔޫއޭއީގައި ވެކްސިން ދީ ނިމިފައިވާއިރު، މި ޕްރޮގްރާމްގެ ތެރެއިން ގައުމުގެ މުސްކުޅި އާބާދީގެ %64.5އަށް ވަނީ ވެކްސިން ދީ ނިމިފައެވެ.

ޔޫއޭއީއިން އެގައުމުގައި ޢާންމުކޮށް ވެކްސިން ދޭން ފަށާފައިވަނީ، 2020 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ ތެރޭގައެވެ. އަދި އޭރު ކަޑައަޅާފައިވާ ލަޑުދަނޑިއަކީ، މިއަހަރުގެ މާރޗްމަސް ނިމުމުގެ ކުރިން ގައުމުގެ މުޅި އަބާދީގެ %50އަށް ވެކްސިން ދީ ނިންމުމެވެ.

ކޯވިޑް19އިން ރައްކާތެރިވުމަށް ޔޫއޭއީގައި ވެކްސިން ދިނުމުގެ ޕްރޮގްރާމް 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހާހަމައަށް ކުރިޔަށް ދާނެއެވެ. އެހާތަނަށް ދާއިރު މުޅި އާބާދީގެ %70އަށް ވެކްސިން ދީ ނިންމުމަށް އަގައުމުގެ ސަރުކާރުންވަނީ ނިންމާފައެވެ.

އަދި މީގެ އިތުރުން، ފާއިތުވެދިޔަ ހަފްތާތަކުގައި ޕޮޒިޓިވްވާ މީހުންގެ އަދަދު ދަށްވަމުން ދިޔަކަމުގައިވި ނަމަވެސް، ކޯވިޑް19އަށް ޚާއްސަ ކޮށްގެން 7 ފީލްޑް ހޮސްޕިޓަލެއް މިމަހުގެ ތެރޭގައި ހުޅުވުމަށްވެސް ސަރުކާރުން ވަނީ ނިންމާފައެވެ. މިގޮތުން ހުޅުވޭ 7 ހޮސްޕިޓަލުގައި ކޯވިޑަށް ފަރުވާ ދިނުމަށް ޚާއްސަކުރެވޭ 2,058 އެދު ހުންނާނެއެވެ. އަދި ބަލީގެ ހާލަތު އެންމެ ސީރިއަސް މީހުންނަށް ފަރުވާ ދިނުމަށް 292 މީގެތެރެއިން ޚާއްސަ ކުރެވޭނެއެވެ.

އެގައުމުގެ ނޭޝަނަލް ކްރައިސިސް އެންޑް އެމަޖެންސީ މެނޭޖްމަންޓް އޮތޯރިޓީ (NCEMA)އިން މައުލޫމާތު ދީފައިވާ ގޮތުގައި، ފާއިތުވެދިޔަ ފެބްރުއަރީމަހު، ކޮވިޑާއި ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކާއި 55,966 މިހަކު ޚިލާފު ވެފައިވާކަމަށް ރެކޯޑްތަކުން ދައްކައެވެ.

މީގެތެރެއިން %47 މީހުން މާސްކު ނާޅައިގެން އުސޫލުތަކާ ޚިލާފްވެފައިވާ ވާއިރު، %20.5 އަކީ، ކޯވިޑާއި ދެކޮޅަށް އަޅާފައިވާ އުސޫލުތަކާއި ޚިލާފުވެފައިވާ ފިހާރަތައް ފަދަ ތަންތަނެވެ. މަގުމަތީގައާއި އަދި އެނޫން ތަންތަނުގައިވެސް ބަހައްޓަންޖެހޭ ގައިދުރުކަން ނުބަހައްޓައިގެނ އުސޫލުތަކާ %17.5 މީހުން ޚލާފްވެފައިވާކަމަށް ރެކޯޑް ކުރެވިފައިވާއިރު، %8 އަކީ ކާރުގައި ތިބެންޖެހޭ އަދަށްވުރެ އިތުރަށް މީހުން އަރުވައިގެން ދަތުރުކޮށްފައިވާ މީހުންނެވެ. އަދި %4.5 މީހުންނަކީ ތަންތަނަށް އެވެގެން އުސޫލުތަކާއި ޚިލާފްވެފައިވާ މީހުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.