އިންތިގާލީ ސަރިކާރު އެކުލަވާލުމަށް ބޭއްވުނު ބައްދަލުވުން

ލީބިޔާގައި އެއްބައިވަންތަކަމުގެ ސަރުކާރެއް އެކުލަވާލައިފި

ލީބިޔާގައި އެއްބައިވަންތަކަމުގެ ސަރުކާރެއް އެކުލަވާލައިފި

Share on twitter
Share on linkedin
Share on whatsapp
Share on telegram
Share on email
Share on facebook
Share on email
Share on twitter
Share on linkedin
Share on whatsapp
Share on telegram

ލީބިޔާގައި އަލަށް އައްޔަން ކުރެވުނު ބޮޑުވަޒީރު، 35 މެމްބަރުންގެ މައްޗަށް އެކުލެވޭ، އޭނާގެ ކެބިނެޓް އިއުލާން ކޮށްފިއެވެ.

ހުކުރު ދުވަހު، ބޮޑުވަޒީރު އޭނާގެ ކެބިނެޓް އިއުލާން ކޮށްފައިވާއިރު، ކެބިނެޓަށް ރުހުން ދިނުމަށްޓަކާ، ލީބިޔާގެ ގާނޫނު ހަދާ މަޖިލިހުގުގައި، މި ހަފްތާގެ ހޯމަދުވަހު ބަހުސް ފައްޓާގޮތަށް ވަނީ ހަމަޖެހިފައެވެ.

ލީބިޔާގައި އެކުލަވާލެވުނު އާ ސަރުކާރުގެ ކެބިނެޓް އެކުލަވާ ލެވިފައި މިވަނީ، އެގައުމުގެ ތަފާތު ފެކްޝަންތަކާ، ނުފޫޒުގަދަ ސަރަހައްދީ އަދި ސިޔާސީ އިސްފަރާތްތަކާއެކީ އެތައް ދުވަހެއް ވަންދެން ކުރިޔަށް ގެންދެވުނު މަޝްވަރާތަކަށްފަހުއެވެ. އަދި ކެބިނެޓްގެ ވުޒާރާތަކުގެ އަދަދު މަދުކުރުމަށްޓަކާ އަދިވެސް ދަނީ މަޝްވަރާ ކުރަމުންނެވެ.

ނޫސް އޭޖެންސީ ރޮއިޓާސްއަށް ލިބިފައިވާ، ކެބިނެޓްގެ ދެ ލިސްޓެއް ބުނާގޮތުން ޚާރިޖީ ވަޒީރަކަށް ކުރީގެ ކަލްޗަރ މިނިސްޓަރ ލަމިއާ ބޮސެޑެރަ ހަމަޖައްސާފައިވާރިރު، އިންޓީރިއަރ މިނިސްޓަރއަކަށް ހަމަޖައްސާފައިވަނީ، ޚާލިދް މާޒިންއެވެ.

ވަޒީރުންގެ ލިސްޓުގައި ވާގޮތުން ދިފާއީ ވަޒީރެއްގެ ގޮތުގައި ހުންނަވާނީ ބޮޑުވަޒީރު ދެއިބެ އެވެ. އަދި މީގެ އިތުރުން ކެބިނެޓްގެ މެމްބަރުންގެ ތެރޭގައި، ލީބިޔާގެ ހުޅަގާއި އިރުމަތިން، ބޮޑުވަޒީރުގެ ނާއިބުންގެ ގޮތުގައި ދެބޭފުޅަކު ހިމެނިވަޑައި ގަންނަވައެވެ.

ދެއިބެ ލީބިޔާގެ ބޮޑުވަޒީރުކަމަށް އައްޔަން ކޮށްފައިވަނީ، ފާއިތުވެދިޔަ ފެބްރުއަރީ ކުރީކޮޅު ޖެނީވާގައި ކުރިޔަށްދިޔަ ސުލްހައިގެ ވާހަކަތަކުގެ ތެރެއިންނެވެ. އޭނާ ބޮޑުވަޒީރުގެ މަގާމަށް އައްޔަން ކުރެވިފައިވަނީ، މިއަހަރު ފަހުކޮޅު ބޭއްވުމަށް ހަމަޖެހިފައިވާ އާންމު އިންތިޚާބާ ހަމައަށް، އިންތިގާލީ ސަރުކާގެ އިސްވެރިއެއްގެ ގޮތުންނެވެ.

ފާއިތުވެދިޔަ އަހަރުތަކުގައި ލީބިޔާ ވަނީ، ވެރިރަށް ޓްރިޕޮލީގައި ގާއިމް ކުރެވިފައިވާ ގަވަރމަންޓް އޮފް ނޭޝަނަލް އެކޯޑު (GNA)އާއި އަދި ލީބިޔާގެ އިރުމަތީގައި ގާއިމް ކުރެވިފައިވާ، ޚަލީފާ ހަފްތަރަށް ވަފާތެރި ލީބިޔަން ނޭޝަނަލް އާރމީ (LNA)އާއި ދެމެދު ބެހިފައެވެ.

ތަފާތު ފެކްޝަންގެ މެދުގައި ބެހިފައިވާ، އާ ގާނޫނު ހަދާ މަޖުލިސް، ހޯމަ ދުވަހު ވަނީ، ޚަލީފާ ހަފްތަރުގެ ލީބިޔަން ނޭޝަނަލް އާރމީ (LNA)ގެ ބާރުގެ ދަށުގައިވާ ސިރުތު ސިޓީގައި ބައްދަލު ކުރާގޮތަށް ހަމަޖެހިަފައެވެ. އެހެންނަމަވެސް، މި ސިޓީގައި އަދިވެސް، ރަޝިއާގެ ކުލީސިފައިން ހަރަކާތްރި ވަމުންދާތީ، މި ސިޓީގައި ގާނޫނު ހަދާ މަޖިލިހުގެ މި ބައްދަލުވުން ބޭއްވިދާނެކަމާމެދު، މަޖިލީހުގައި ހިމެނިވަޑައިގަންނަވާ، އެގައުމުގެ ހުޅަގުގެ ސަރަހަށްދަށް ނިސްބަތްވާ މަޖިލިސް މެމްބަރުންވަނީ ސުވާލު އުފައްދަވާފައެވެ.

ލީބިޔަން ނޭޝަނަލް އާރމީ (LNA)ގެ އިސް އޮފިޝަލަކު މައުލޫމާތު ދީފައިވާގޮތުގައި، ސިރްތު ސިޓީގައި ހަރަކާތްތެރިވަމުން ދިޔަ، ރަޝިއާގެ ކުލީ ސިފައިން މިހާރުވަނީ، ފްރޮންޓް ލައިނުންނާއި އަދި އެ ސިޓީގެ އެއަރޕޯޓުން ދުރަށް ޖެހިފައެވެ. އެހެންނަމަވެސް، ފްރޮންޓްލައިން ހުރަސްކޮށް، ސިރުތު ސިޓީގެ އައްސޭރި ފަށުގައި އޮންނަ ބޮޑު މަގު އަދި ހުޅުވާފައި ނުވިނަމަވެސް، ގާނޫނު ހަދާ މަޖިލިހުގެ ބައެއް މެމްބަރުން ވިދާޅުވެފައިވަނީ، އުއްމީދު ކުރަނީ މިމަގު ލަސްވެގެން ހޮނިހިރު ދުވަހު ހުޅުވިގެންދާނެ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.