ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ހުސްވެފައިވާ ޤާނޫނީ ދާއިރާގެ މެންބަރުކަމަށް މ.ރަންވަރަ، އަލްއުސްތާޛާ ޚަދީޖާ ނަޢީމްގެ ނަންފުޅު މަޖިލީހުން ފާސްކޮށްފިއެވެ.
ޚަދީޖާ އަށް ރުހުން ދިނުމަށް މަޖިލީހުން ފާސްކޮށްފައިވަނީ 63 މެމްބަރަކު ވޯޓު ދެއްވި އެވެ.
5 މެންބަރުންގެ މައްޗަށް ހިމެނޭ ޓެކްސް އެޕީލް ޓްރައިބިއުނަލްގައި މިހާރު ތިއްބެވީ އެ ޓްރައިބިއުނަލްގެ ރައީސް، މުޙައްމަދު މުނައްވަރު އަލީ އާއި، ޙުސައިން ޒައިދާން ޖަލީލް އާއި، އިސްމާޢީލް ސާޖިދު އަދި އަލްއުސްތާޛް އަޙްމަދު އަޝްރަފްއެވެ.
ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ޤާނޫނީ ދާއިރާގެ މެންބަރުކަން ހުސްވެފައިވަނީ އެމަޤާމު ފުރުއްފި ގ. ގޮފި، ފާތުމަތު މިންހަތު އިއްޒަތު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ޓެކްސް އެޕީލް ޓްރައިބިއުނަލް އެކުލެވިގެންވަނީ ފަސް މެންބަރުންގެ މައްޗަށެވެ.
ކޮމެންޓު ފޮނުވާ