ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިނިސްޓަރ އޮފް ކޮމިއުނިކޭޝަންސް، ސައިންސް އެންޑް ޓެކްނޯލޮޖީ ވަގުތީގޮތުން ހިންގެވުމަށް މިއަދުން ފެށިގެން މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަލްއުސްތާޛު ފައްޔާޟް އިސްމާޢީލާ ހަވާލުކުރައްވައިފިއެވެ.
މިނިސްޓަރ އޮފް ކޮމިއުނިކޭޝަންސް، ސައިންސް އެންޑް ޓެކްނޯލޮޖީ ވަގުތީގޮތުން ހިންގެވުމާއި، މިނިސްޓަރ ފައްޔާޒު އާއި ހަވާލު ކުރައްވާފައިވަނީ އެމަޤާމު މިހާތަނަށް ފުރުއްވަމުންދިޔަ މަލީހު ޖަމާލުގެ އިތުބާރު ނެތްކަމަޡށް މަޖިލީހުން މިއަދު ފާސް ކުރުމުންނެވެ.
މަލީހުގެ އިތުބާރު ނެތްކަމަށް މަޖިލީހުން ފާސްކުރީ ވޯޓްގައި ބައިވެރިވެވަޑައިގެންނެވި 59 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ. ދެކޮޅަށް ވޯޓު ދެއްވީ އެންމެ މެންބަރެކެވެ. މިނިސްޓަރ މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާފައިވަނީ އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު ޢަލީ ޢާޒިމްއެވެ.
މިނިސްޓަރ މަލީހުގެ އިތުބާރުނެތްކަމުގެ ވޯޓު މަޖިލީހުގައި ނަގައި މަޤާމުން ވަކިކުރުމުގެ މައްސަލަ މަޖިލީހަށް ހުށައަޅާފައިވާ ފާސްކުރެއްވިއިރު، މަލީހު މީޑިއާއަކަށް ދެއްވި އިންޓަރވިއުއެއްގައި މަޖިލީހާއި މަޖިލީހުގެ މެމްބަރުންނަށް ފާޑު ވިދާޅުވުމާއި ގުޅިގެން އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ މެމްބަރުންގެ ނުރުހުން ވަރަށް ބޮޑަށް މަލީހަށް އަމާޒުވެގެން ދިޔައެވެ.
ކޮމެންޓު ފޮނުވާ