ކޯވިޑް-19 އާއި ގުޅިގެން އެޗްޕީއޭއިން އަޅާފައިވާ މިންގަނޑުތަކާއި ޚިލާފަށް އެއްވެސް ގައިދުރުކަމެއްނެތި ދައުލަތުގެ އެއްބާރު ކަމުގައިވާ (މަޖިލިސް) ކުރާ ގޭގައި އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރުގެ އުފަންދުވަސް ފާހަގަކޮށް ބޭއްވި ޕާޓީއަށް އިލްމުވެރިންގެ ބޮޑެތި ފާޑުކިޔުން އަމާޒުވެއްޖެއެވެ.
އަލީ އާޒިމްގެ އުފަންދުވަހާއި ގުޅިގެން މިއަދު މަޖިލީހުގައި އޭނާއަސް ކޭކު ފެޅުމަށް ބޭއްވި ރަސްމިއްޔާތުގައި އެންމެ އިސްކޮށް ހުންނެވީ މަޖިލިސް ރައީސް މުހައްމަދު ނަޝީދެވެ. މި ޕާޓީގައި މަޖިލީހުގައި ހިމެނޭ ގިނަ މެމްބަރުން ވަނީ ބައިވެރިވެފައެވެ. ކޭކު ފެޅުމަސް ބޭއްވި ޕާޓީގައި މެމްބަރުން ތިއްބެވީ އެއްވެސް ގައިދުރު ކަމެއްނެތި ވަރަށް ކައިރިކައިރީގައެވެ. މި ވީޑިއޯއާއިއެކު ގިނަ ބައެއްގެ ފާޑުކިޔުން ވަނީ މަޖިލީހުގެ އިދަރާއަށާއި، މަޖިލީހުގެ މެމްބަރުންނަށް އަމާޒުވެފައެވެ.
މިމައްސަލާގައި އެންމެ ބޮޑަށް ނުރުހުން ފާޅުކުރެއްވީ ދީނީ އިލްމުވެރިންނެވެ. ދީނީ އިލްމުވެެރިންގެ ކަންބޮޑުވުން ފާޅުކޮށްފައިވަނީ މިއަދު މާލޭގެ މިސްކިތްތަކުގައި ގައިދުރުކޮށް ނަމާދުކުރަން އިސްލާމިކް މިނިސްޓްރީން ނިންމާފައި ވަނިކޮށް، ދައުލަތުގެ އެއްބާރުން މިފަދަ ކަންތައްތަކެއް ފެނުމާއި ގުޅިގެންނެވެ. މިކަމާއި ގުޅިގެން ޝައިޚު އަލީ ޒައިދު ކުރެއްވި ޓްވީޓުގައި ވިދާޅުވީ އެޗްޕީއޭއިން ކަނޑައަޅާ ޤަވާއިދަކީ މިއަދު ވަކިބަޔަކަށް ބޯލަބަންޖެހޭ އެއްޗަކަށް ވެފައިވާކަމަށެވެ. މިފަދަ ކަންކަމުގެ ސަބަބުން އެޗްޕީއަށް އޮތް އިތުބާރު ގެއްލިފައިވާކަމަށް ޝައިޚު ޒައިދު ވިދާޅުވިއެވެ.
Mi fennanee 3 foot dhurugai gavaaidhaa ehgothah beyvvunu party eh thoa? Alhugandu @HPA_MV kuri ihuthiraam gellijje! Dhen ves bunanee Case thah bossun lee Miskithaa gulhigen kamahthoa?! Subhaanallahi! pic.twitter.com/88nIp4QLNI
— Ali Zaid (@alizaid1000) March 1, 2021
މިކަމާއި ގުޅިގެން ޝައިޚު ޒަމްޒަމް ފާރިޝް ކުރެއްވި ޓްވީޓުގައި ވިދާޅުވީ މަޖިލިސް ތެރޭގައި ޕާޓީބާއްވައި އެއްވެސް ގައިދުރުކަމެއް ނެތި އެކި އިވެންޓްތައް ބާއްވަން މިއަދު ހުއްދަކަމަށެވެ. ނަމަވެސް މިސްކިތްތަކުގައި ޖަަމާއަތް ހަދައިގެން އެކީގައި ނަމާދުކުރުން އެކީ ރަނގަޅު ކަމަށް ނުވަކަމަށެވެ. މިދެއްކެނީ ވަރަށް ނުރަނގަޅު ކަންތައްތަކެއްކަމަށް ޝައިޚު ފާރިޝް ވިދާޅުވިއެވެ.
Gai dhurukan…
Happy birthday kiyan Majlis ga gaidhuru kameh nethi safu safah ethurun huddha.
Miskithuga namaadhu kuran rangalhah safu hedhun huddhaeh noon.
Miee Corona akee maa bodu kameh noon kamah bune emme baarah halhey levi meehun. pic.twitter.com/pNp9VlccaT— ZamzamFarish – ޒަމްޒަމް ފާރިޝް (@ZamzamFarish) March 1, 2021
ކޯވިޑް-19 އިގެ މިދަނޑިވަޅުގައި ޖަމާޢަތުގައި ގައިދުރުކަމާއެކު ނަމާދުކުރުން ކުރިއަށްގެންދިޔުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ނިންމަވާފައިވަނީ މިއަދުއެވެ. އެމިނިސްޓްރީން ޢާއްމުކޮށްފައިވާ ނޫސްބަޔާނެއްގައިވަނީ މިހާރު އޮތް ކޯވިޑް-19ގެ ޙާލަތު ބަދަލުވެ ލުއި ލިބެންދެން މިގޮތަށް ޖަމާޢަތުގައި ނަމާދުކުރުމުގެ ކަންކަން މާލެ ސަރަޙައްދުގައި ކުރިއަށްގެންދިޔުމަށް ނިންމާފައިވާކަމަށެވެ.
ކޯވިޑް-19ގެ ކޭސްތައް މާލެ ސަރަޙައްދުގައި އިތުރުވުމުގެ ސަބަބުން އެކަމުގެ ކަންބޮޑުވުން ކަމާބެހޭ އިދާރާތަކުން އިސްލާމިކް މިނިސްޓްރީއާއި ހިއްސާކުރުމާއި ގުޅިގެން އެމިނިސްޓްރީންވަނީ ފަތުވާދޭ މަޖިލީހާއި ދީނީ ޢިލްމުވެރިންނާއި މަޝްވަރާކުރައްވާފައެވެ. މިމަޝްވަރާތަކުގެ ދަށުން މާޗްމަހުގެ އެއްވަނަ ދުވަހުގެ މެންދުރު ނަމާދުން ފެށިގެން މާލެ ސަރަޙައްދުގެ މިސްކިތްތަކުގައި ނަމާދުކުރުމުގައި ގައިދުރުކަން ކަށަވަރުކޮށް ރައްކާތެރިކަމަށްޓަކާ ބަލަންޖެހޭ ހުރިހާކަމެއް ކަށަވަރުކުރުމަށްފަހު ނަމާދުކުރުން ކުރިއަށްގެންދާގޮތަށްވަނީ ނިންމަވާފައެވެ.
ކޮމެންޓު ފޮނުވާ