ރައްޔިތުން ތަމްސީލު ކުރެވޭނީ ޢިލްމާއި ތަޖުރިބާ ލިބިފައިވާ ކުފޫ ހަމަވާ މީހުންނަށް

ރައްޔިތުން ތަމްސީލު ކުރެވޭނީ ޢިލްމާއި ތަޖުރިބާ ލިބިފައިވާ ކުފޫ ހަމަވާ މީހުންނަށް

Author
މުޙައްމަދު ޝަޒައިމް
01 މާރޗް 2021 06:42
0

ރައްޔިތުން އިންތިޚާބު ކުރާ މެމްބަރުންނަށް އެކަށީގެންވާ ގޮތުގައި ރައްޔިތުން ތަމްސީލް ކުރެވޭނީ އެކި ދާއިރާތަކުން ޢިލްމާއި ތަޖްރިބާ ލިބިފައިވާ ކުފޫ ހަމަވާ މީހުންނަށް ކަމުގައި ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ.އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތައުލީމީ ފެންވަރު ކަނޑައެޅެން ޖެހޭ ކަމަށް މިއަދު މަޖިލީހުން އިތުބާރު ނެތްކަމަށް ފާސްކުރި މިނިސްޓަރ މަލީހު ވިދާޅުވެ ދެއްކެވި ވާހަތަކަށް ޓައީދު ކުރައްވައި ޑރ.އަހުމަދު އަބްދުﷲ ދީދީ ވިދާޅުވީ ރައްޔިތުން ތަމްސީލް ކުރާ މަޤާމުތަކުގައި އިންތިޚާބުވެ ތިއްބަވާ ބޭފުޅުންކީ ތައުލީބީ ޤާބިލް މެމްބަރުންނަށް ވާންޖެހޭކަމަށެވެ.

ދުނިޔޭގެ ތަހުޒީބު ވެފައިވާ ޑިމޮކްރަސީތަކުގެ މަޖިލިސް ތަކަށް އިންތިޚާބު ކުރެވޭ މެމްބަރުންގެ ހުރުން ލާޒިމް ޝަރުތުތަކެއް ކަނޑަނޭޅިނަމަވެސް އަމަލީގޮތުން އެމަޤާމުތަކަށް ކުރިމަތިލަނީވެސް ތައުލީމީ ގޮތުން ޤާބިލް ހުނަވެރި އަދި އެކަމަސް ފުންނާބު އުސް ބޭފުޅުންކަމަށެވެ. ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ޤައުމަކަށްވާއިރު ޒިންމާދާރު އަދި ރައްޔިތުން އިންތިޚާބު ކުރާ މަޤާމުތަކަށް ތައުލީމީ ބޭފުޅުން ކަނޑައެޅުމަކީ ވަރަސް މުހިންމު ކަމެއްކަމަށް ޑރ.އަހުމަދު އަބްދުﷲ ވިދާޅުވިއެވެ.

ވަރަށް ރަނގަޅު ވާހަކައެއް؛ އެކަށީގެންވާގޮތުގައި ރައްޔިތުން ތަމްސީލުކުރެވޭނީ އެކި ދާއިރާތަކުން ޢިލްމާއި ތަޖްރިބާ ލިބިފައިވާ ކުފޫ ހަމަވާ މީހުންނަށް. ކުރިއަރާފައިވާ ޑިމޮކްރަސީތަކުގައި ޕާލަމެންޓް މެންބަރުންގައި ހުރުން ލާޒިމްވާ ޢިލްމީ ޝަރްޠުތަކެއް ކަނޑައަޅައިފައި ނުވިނަމަވެސް ޢަމަލީގޮތުން އެތަންތަނުގައި މެންބަރުކަމަށް ކުރިމަތިލަނީ ޢިލްމީގޮތުން ފުންނާބު އުސް މީހުންކަން ތަފާސްހިސާބުތަކުން އެނގޭ. ރާއްޖޭގެ ނިޒާމަކީ އިސްލާމީ ނިޒާމަކަށްވާއިރު، މެންބަރުންގެ މަޤާމަކީ أهل الشوري ގެ މަޤާމުކަމަށްވާއިރު، އެމީހުންގައި ހުރުން ލާޒިމުވާ ޢިލްމީ ޝަރްޠު ކަނޑައަޅަންޖެހޭ.

– ޑރ.އަހުމަދު އަބްދުﷲ ވިދާޅުވިއެވެ.

މިއަދު މަޖިލީހުގައި މެމްބަރުން ތައުލީމީ ގޮތުން ގާބިލް ބަޔަކަށް ވާންޖެހޭކަމަށް މަލީހް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިވާ މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަމީމް (އަނދުން ހުސެއިން) މަލީހު ވާހަކަ ދައްކަވަނީ، ކުރެވިފައިވާ ތުހުމަތުތަކުން ބަރީއަވުމުގެ ގޮތުން ދައްކަވަން ޖެހޭ ވާހަކަތައް ނޫން ކަމަށާއި އެހެން ވާހަކަތައް ކަމަށް އަނދުން ހުސެއިން ވިދާޅުވުމުން، މަލީހް ވަނީ، މަޖިލީހުގެ މެމްބަރުންގެ ތައުލީމީ ފެންވަރު ކަނޑައެޅެން ޖެހޭ ކަމަށް ވަކާލާތު ކުރަނީ އެހެންވެ ކަމުގައި ވިދާޅުވެފައެވެ.

މިއަދުގެ ތަޅުމުގައި އެމްޑީޕީއަށް ނިސްބަތްވާ މަޖިލީހުގެ ބައެއް މެމްބަރުންވަނީ މަލީހުއަށް ނިސްބަތްކޮށް ތަފާތު އެކި ތުހުމަތު ކުރައްވައި، އެކި ވާހަތައް ދައްކާފައެވެ. އަދި މަލީހުވަނީ އެހުރިހާ ވާހަތަކަށްވެސް އެއްވެސް ފަސްޖެހުމެއްނެތި ރައްދު ދެއްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.