އިދިކޮޅު މެމްބަރުންވެސް ނިންމީ މަލީހު ވަކިކުރަން!

އިދިކޮޅު މެމްބަރުންވެސް ނިންމީ މަލީހު ވަކިކުރަން!

Author
މުޙައްމަދު ޝަޒައިމް
28 ފެބްރުއަރީ 2021 09:33
0

މާދަމާ މަޖިލީހުގައި ނަގާ މިނިސްޓަރ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ، މުޙައްމަދު މަލީހު ޖަމާލުގެ އިތުބާރު ނެތްކަމުގެ މައްސާލައި މަލީހު މަޤާމުން ވަކިކުރުމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ޕާލިމަންޓް މެމްބަރުންވެސް ނިންމައިފިއެވެ.

މިނިސްޓަރ މަލީހު މަޤާމުން ވަކި ކުރުމަށް ނިންމައި ތްރީލައިން ވިޕް ނެރެފައިވަނީ މިރޭ ބޭއްވި ޕީޖީ ގްރޭޕް ބައްދަލުވުމުގައެވެ. އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީގައި ތިއްބެވީ މަޖިލީހުގެ އަށް މެންބަރުންނެވެ. އިދިކޮޅުން މިގޮތަށް ނިންމާފައިވާއިރު، މަޖިލީހުގައި 65 ގޮޑި ހިމެނޭ އެމްޑީޕީންވެސް ވަނީ މަލީހު ވަކިކުރުމަށް ތްރީލައިން ވިޕެއް ނެރެފައެވެ.

މާދަމާގެ ވޯޓާއި އަދި މާދަމާ މަޖިލީހު ވަކިކުރުމަށް ކުރިއަށްދާ މަރުހަލާތަކުގެ ތެރެއިން ޖަވާބު ދާރީވުމަށް ވަޑައިގަންވާނެކަން ހާމަކޮށް މިނިސްޓަރ މަލީހު ވިދާޅުވީ މާދަމާ މަޖިލީހަށް ދަނީ އެއްވެސް ހާލެއްގައި މަޤާމު ދިފާއުކޮށް، މަޤާމުގައި ދެމި ހުރުމަށް މަސައްކަތް ކުރުމަށް ނޫންކަމަށެވެ. މާދަމާ މަޖިލީހަށް ދާނީ ޤާނޫނު އަސާސީން ބަޔާންކޮށްދީފައިވާ މާއްދާ 27 ގެ ދިފާއުގައިކަމަށް މަލީހު ވިދާޅުވިއެވެ.

މަޖިލީހުގެ ޤަވާއިދު ބުނާގޮތުން ވަޒީރެއްގެ އިތުބާރުނެތްކަމުގެ މައްސަލައެއް ހުށައެޅޭނީ 10 މެމްބަރުންގެ ސޮޔާއިއެކުއެވެ. އަދި އިތުބާރުނެތްކަމަށް ފާސްވާނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަޢުލަބިއްޔަތުންނެވެ. އެހެންކަމުން މަލީހް މަގާމުން ވަކިކުރަން ބޭނުންވާނީ 43 މެމްބަރުންގެ ވޯޓެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.