ހިޔާ ފްލެޓް ދީފައިވާ ގޮތާއިމެދު އާންމުންގެ ޚިޔާލު މަޖިލީހަށް ހޯދަނީ

ހިޔާ ފްލެޓް ދީފައިވާ ގޮތާއިމެދު އާންމުންގެ ޚިޔާލު މަޖިލީހަށް ހޯދަނީ

Author
މުޙައްމަދު ޝަޒައިމް
28 ފެބްރުއަރީ 2021 09:43
0

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތާއި ހިޔާ މަޝްރޫޢުގެ ފްލެޓްތައް ދިނުމާ ގުޅޭގޮތުން ޢާންމުންގެ ޚިޔާލު ހޯދުމަށް މަޖިލީހުން ނިންމައިފިއެވެ.

މަޖިލީހުން ބުނެފައިވަނީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތާއި ހިޔާ މަޝްރޫޢުގެ ފްލެޓްތައް ދިނުމާ ގުޅޭގޮތުން އާންމުންގެ ޚިޔާލު ހޯދުމަށް ފުރުޞަތު ހުޅުވާލުން ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތާއި ހިޔާ މަޝްރޫޢުގެ ފްލެޓްތައް ދިނުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީން ދިރާސާއެއް ކުރައްވަމުން ގެންދަވާތީ، އެކަމާ ގުޅޭގޮތުން ޢާންމުންގެ ޚިޔާލު ހޯދުމަށް މިއަދުން ފެށިގެން ހުޅުވާލާފައިވާކަމަށެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތާއި ހިޔާ މަޝްރޫޢުގެ ފްލެޓްތައް ދިނުމާ ގުޅޭގޮތުން އެއްވެސް ފަރާތެއްގެ ޚިޔާލެއް ނުވަތަ ކޮމެންޓެއް އޮތްނަމަ 6 މާރިޗު 2011 ވާ ހޮނިހިރު ދުވަހުގެ 14:00 ގެ ކުރިން ކޮމިޓީގެ އީމެއިލް އެޑްރެސް ([email protected]) އަށް ނުވަތަ ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ލިޔުމުން ފޮނުއްވައި ދެއްވުން މަޖިލީހުން ވަނީ އެދިފައެވެ.

ހިޔާ ފްލެޓްގެ ދާއިމީ ލިސްޓު އާންމުކޮށްފައިވާއިރު، ލިސްޓާއިމެދު ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. ޚާއްސަކޮށް މާލޭގައި ދަތި ހާލުގައި ތިބި އެތައް ބަޔަކަށް ފްލެޓް ނުލިބި ލިސްޓުގައި ނަންނެތުމުން އެކަމުގެ ކަންބޮޑުވުން ދަނީ ފާޅު ކުރަމުންނެވެ. ހިޔާ ފްލެޓް މައްސަލަ ހައްލު ކުރުމަށް ކޮށްދޭންޖެހޭ މަސައްކަތް ކުރައްވާނެކަމަށް ރައީސް ޞާލިހު ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

S Sameeru
Male meehunashaa Dhaftharu enmenah deefa ehen cayogory thah uvaalaa