ނިމިދިޔަ ވެރިކަމުގައި އައްޑޫގައި ހެދި އެންމެ މަގެއްގެނަން ވިދާޅުވިޔަސް ސިޔާސީ މަސައްކަތް ހުއްޓާލާނަން

ނިމިދިޔަ ވެރިކަމުގައި އައްޑޫގައި ހެދި އެންމެ މަގެއްގެނަން ވިދާޅުވިޔަސް ސިޔާސީ މަސައްކަތް ހުއްޓާލާނަން

Author
މުޙައްމަދު ޝަޒައިމް
28 ފެބްރުއަރީ 2021 09:04
0

ނިމިދިޔަ ވެރިކަމުގައި އައްޑޫގައި ހެދި އެންމެ މަގެއްގެނަން ކުރީގެ ނާއިބް ރައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެ ދެއްވައިފިނަމަވެސް ސިޔާސީ މަސައްކަތް ހުއްޓާލާނެ ކަމުގައި އައްޑޫ ސިޓީ މޭޔަރުކަމަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

އައްޑޫގެ ރައްޔިތުންނަށް ކޮންމެ އިންތިޚާބަކާއި ދިމާކޮށް އެމްޑީޕީން ވަމުންދާ ވައުދުތަކުން އެކަނި ތަރައްޤީ ގެނުވޭނަމަ އެތަރައްޤީ އައްޑޫ ސިޓީއަށް މިހާރު ގެނެވުނީސް ކަމުގައި ކުރީގެ ނާއިބް ރައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެ ދެއްކެވި ވާހަތަކަށް ރައްދު ދެއްވަމުން އަލީ ނިޒާރު ވިދާޅުވީ އައްޑޫ ސިޓީގައި މިހާތަނަށް ކުރެވިފައިވާކަމެއް ވެފައިވަނީ އެމްޑީޕީގެ ސަރުކާރުކާރު ތަކުގައި ކަމަށެވެ.

އެމްޑީޕީން މިހާތަނަށްވެސް އައްޑޫ ސިޓީގެ ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދާފައިވަނީ ވަރަށް ހެޔޮ ނިޔަތުގައި ކަމަށާއި، ޑރ.ޖަމީލް ތާއީދު ކުރައްވާ ފިކުރުން ފާއިތުވެދިޔަ 7 އަހަރުގެ ތެރޭގައި އައްޑޫ ސިޓީގައި ހެދުނު އެންމެ މަގެއްވެސް ނެތްކަމަށް ނެތްކަމަށް އަލީ ނިޒާރު ވިދާޅުވިއެވެ. އަދި އެތާރީހުގައި އައްޑޫގައި ހެދުނު އެންމެ މަގެއް ނަން ވިދާޅުވިޔަސް ސިޔާސީ މަސައްކަތާއި ދުރަށް ދާނެކަމަށް އަލީ ނިޒާޒު ވިދާޅުވިއެވެ.

އައްޑޫއަށް ވީކަމެއް ވެފައޮތީ އެމް.ޑީ.ޕީ އިން ކޮށްދިންކަމެއް. އަދި އައްޑޫ އަށްވައުދުވެ އެ ފުއްދާނީވެސް އެމް.ޑީ.ޕީ އިން. މަނިކުފާނުގެ ފިކުރުން ރާއްޖޭގެ ވެރިކަމުގައި 07 އަހަރު ވީއިރު އައްޑޫގައިހަދައި ނިއްމި އެއްމެ މަގެއްގެ ނަން ވިދާޅުވެއްޖެނަމަ އަޅުގަޑު މިސިޔާސީ މަސައްކަތް ހުއްޓާލާނަން.

– އަލީ ނިޒާޒު ވިދާޅުވިއެވެ.

އިންޑިއާއިން ފޯރުކޮށްދޭ ލައިން އޮފް ކްރެޑިޓްގެ ދަށުން ހިންގާ ފުރަތަމަ މަޝްރޫޢުގެ ގޮތުގައި އައްޑޫ ސިޓީ މަގުތައް ޒަމާނީ ފެންވަރަށް ހެދުމާއި ބިން ހިއްކުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު ދާދިފަހުން ވަނީ ސޮއިކޮށްފައެވެ. އައްޑޫ ސިޓީގެ އުމްރާނީ ތަރައްޤީއަށް ހިންގާ 1.2 ބިލިއަން ރުފިޔާގެ މިމަޝްރޫޢަކީ އިންޑިއަން އެގްޒިމް ބޭންކްގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ކުރިއަށްގެންދާ ދެވަނައަށް އެންމެ ބޮޑު މަޝްރޫޢެވެ.

މިމަޝްރޫޢުގެ ދަށުން އައްޑޫ ސިޓީ ހިތަދޫ، މަރަދޫ، މަރަދޫފޭދު، ފޭދޫ، ހުޅުދޫ އަދި މީދޫ ހިމެނޭގޮތަށް ޖުމްލަ 40 ކިލޯމީޓަރުގެ މަގުގައި ތާރު އަޅައިގެން ހަދާނެއެވެ. މީގެއިތުރުން، ތާރުއެޅުމަށް ކަނޑައަޅާފައިވާ މަގުތަކުގެ އިތުރުން ގާތްގަނޑަކަށް 60 ކިލޯމީޓަރުގެ މަގުގައި ސިމެންތި ސްޓެބިލައިޒްޑް ބޭސް (ސީ.އެސް.ބީ) ލޭޔަރ އެޅުމަށް ވަނީ ހަމަޖެހިފައިވެއެވެ. އަދި ހިތަދޫ، މަރަދޫ، މަރަދޫފޭދޫ، ހުޅުދޫ އަދި މީދޫގައި ޖުމްލަ 103 ކިލޯމީޓަރުގެ ފެން ހިންދާ ނިޒާމް ޤާއިމުކުރުން ހިމެނެއެވެ. ފޭދޫގައި ސަރުކާރު ބަޖެޓުން ފެންހިންދާ ނިޒާމު ޤާއިމްކުރުމަށްފަހު ކޮމިޝަން ކުރުމުގެ މަސައްކަތް މިހާރުދަނީ ހިނގަމުންނެވެ.

މި މަޝްރޫޢުގެ ތެރޭގައި އައްޑޫގެ 5ރަށަކުން ބިން ހިއްކުމުގެ މަސައްކަތްވެސް ހިމެނެއެވެ. ބިން ހިއްކުމުގެ ތަފްސީލަށް ބަލާއިރު ހިތަދޫގައި 90 ހެކްޓަރު، މަރަދޫ-މަރަދޫފޭދޫ ގައި 75 ހެކްޓަރު، ހުޅުދޫ އާއި މީދޫގައި ޖުމްލަ 38 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ޕްލޭންކޮށްފައެވެ. މީގެތެރޭގައި ޓޫރިޒަމަށް އައްޑޫ ސިޓީ ހުޅުވާލުމަށް ބޭނުންވާ ބިންހިއްކުމުގެ ޕްލޭންގެ ދަށުން އެކި ސަރަޙައްދުތަކުން 25 ހެކްޓަރުގެ ބިން މިކަމަށް ޚާއްސަކުރެވިގެން ހިއްކުމަށް ކަނޑައަޅާފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.