ރައީސް ޔާމީނަށް ކުރިމަތި ނުލެވޭނަމަ، އެންމެ ގާބިލީ ޖަމީލާއި، ވަހީދު

ރައީސް ޔާމީނަށް ކުރިމަތި ނުލެވޭނަމަ، އެންމެ ގާބިލީ ޖަމީލާއި، ވަހީދު

Author
މުޙައްމަދު ޝަޒައިމް
28 ފެބްރުއަރީ 2021 03:18
0

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނަށް ކުރިމަތި ލުނެވޭނަމަ، ރައީސްކަމަށް އިދިކޮޅުން ވާދަކުރަން އެންމެ ޤާބިލް ދެ ބޭފުޅުންނަކީ ކުރީގެ ރައީސް ޑރ.ވަހީދާއި، ކުރީގެ ނާއިބް ރައީސް ޑރ.ޖަމީލް ކަމަށް ތިމަރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އިދިކޮޅު ޓިކެޓާއި ގުޅޭގޮތުން ރޭ ދިވެހި ރާއްޖޭގެ އަޑުގެ ޕްރޮގުރާމުގައި ރައީސް ވަހީދު ދެއްކެވި ވާހަތަކާއި ގުޅިގެން މުސްތަފާ ވިދާޅުވީ ރައީސް ޔާމީނަށް ރިޔާސީ އިންތިޚާބުގައި ވާދަ ނުކުރެވޭނަމަ އިންތިޚާބުގައި ވާދަކުރަން ޤާބިލް ބޭފުޅުންނަށް ފުރުސަތު ދޭންޖެހޭކަމަށެވެ. މިވަގުތު ތިއްބެވި ބޭފުޅުންނަށް ބަލާއިރު އެ ހަރުދަނާކަމައި، ގާބިލްކަން ހުރި ބޭފުޅުންކަމަށް ފާހަގަވަނީ ރައީސް ވަހީދާއި، ޑރ.ޖަމީލްކަމަށް މުސްތަފާ ވިދާޅުވިއެވެ.

ރައީސް ޔާމީންއަށް ކުރިމަތި ނުލެވޭނަމަ ދެން ވެރިކަމަށް އެންމެ ރަނގަޅު އެންމެ ލާއިގު ބޭފުޅުންނަކީ ޑރ.ވަހީދާއި، ޑރ.ޖަމީލް.

– މުސްތަފާ ވިދާޅުވިއެވެ.

އެހުންތެރިންގެ ސުވާލުތަކަށް ހުޅުވާލައިގެން ދައުލަތުގެ މީޑިއާ، ދިވެހިރާއްޖޭގެ އަޑުން ރޭ ގެނެސްދިން “އަހާށޭ ބުނާނަން” ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ކުރީގެ ރައީސް ޑރ.މުޙައްމަދު ވަޙީދު ޙަސަން މަނިކު ވިދާޅުވީ، ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް 2023 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަ ނުކުރެޭވޭ ޙާލަތެއް އައިސފިނަމަ އަދި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން އެމަނިކުފާނު ބަލައިގެންފިނަމަ އިންތިޚާބަުގައި ވާދަކުރައްވަން ޝަޢުގުވެރިވެވަޑައިގަންނަވާކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާކަމުން ވަޑައިިގެންނެވިފަހުން ސިޔާސީ ހަރަކާތްތަކުގައި ދުރުގައި ދުވަސްކޮޅަކު ހުންނެވުމަށްފަހު އެމަނިކުފާނު ވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި އިދިކޮޅު ޕީޕީއެމާއި ގުޅިވަޑައިގެންފައެވެ. އަަދި އެމަނިކުފާނަކީ މިހާރު އިދިކޮޅު ޕީޕީއެމްގެ އެޑްވައިޒަރުވެސްމެވެ.

އަންނަ ރިޔާސީ އިންތިޚާބަށް އިޝާރާތްކރައްވާ، ރައީސް ޔާމީން ނެތް ޙާލަތެއްގައި “މިނިކާ ބާޒުތަކެއް” ޕާޓިއަށް ވެރިވެގަންނަން އުޅުއްވާނެކަމަށް ރައީސް ޔާމީން ވިދާޅުވެފައިވާ ވިދާޅުވުުމަށް ޑރ.ވަޙީދު ވިދާޅުވީ އެމަނިކުފާނަކީ އެފަދަ ބާޒެއް ނޫންކަން ޔަޤީންކޮށްދެއްވާފައިވާނެކަމަށް، 2013 ވަނަ އަހަރު އަމިއްލަފުޅު ޕާޓިގެ 10،000 މެންބަރުންނާއެކު ޕީޕީއެމްއަށް ސޮއިކުރެއްވި ކުރެއްވުމަށް އިޝާރާތްކުރައްވާ ވިދާޅުވިއެވެ.

ޑރ.ވަޙީދު މިހެން ވިދާޅުވެފައިވާއިރު، ދެންނަ އަނަން ރިޔާސީ އިންތިޚާބެއްގައި އިދިކޮޅުން ވާދަކުރާނީ ރައީސް ޔާމީންކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން އަންނަނީ ބުނަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ބ ބިރުބޮޑު
ޑޮކްޓަރ ވަހީދުއަކީ ޕީޕީ އެމްގެ ވެރިކަމަށް ވަރަށްޤާބިލް ބޭފުޅެއް ވަރަށް ވަރށް ސާފް އިނގޭތޯ