އިދިކޮޅު ލީޑަރަށް ޤާނޫނީ ހިމާޔަތާއި ރައްކަތެރިކަން ދެނީ

އިދިކޮޅު ލީޑަރަށް ޤާނޫނީ ހިމާޔަތާއި ރައްކަތެރިކަން ދެނީ

Author
މުޙައްމަދު ޝަޒައިމް
28 ފެބްރުއަރީ 2021 12:57
0

ރާއްޖޭގެ ސިޔާސީ މަސްރަހުގައި އިދިކޮޅު ލީޑަރަކަށް ހުންނަވާ ބޭފުޅަކަށް އިނާޔަތާއި، ހިމާޔަތާއި ރައްކާތެރިކަން ލިބޭ ގޮތަށް ޤާނޫނެއް އެކުލަވާލުމުގެ މަސައްކަތް ފަށައިފިއެވެ.

ސިޔާސީ ޕާޓީތަކުގެ ޤާނޫނަށް ސަރުކާރުގެ މަޤްސަދަކީ ވާދަވެރި އިދިކޮޅު ފަރާތެއް އޮވެ، ޒިންމާދާރު މަސައްކަތްތަކެއް ކުރުމުގެ ޖާގަ ދިނުންކަމަށާއި، އެޖާގަ ނުދެވޭނަމަ ސަރުކާރު ޒިންމާދާރުކޮށް، ޖަވާބުދާރީ ކުރުމުގެ މަސައްކަތްވެސް އެކަށީގެންވާ ގޮތެއްގައި ނުކުރެވޭނެކަމަށް އާޒިމް ފާހަގަކުރެއްވިއެވެ. މިބިލުގެ މަސައްކަތް މިހާރު ކުރަމުންދާއިރު، ބިލުގެ ޓްފާޓިން މަރުހަލާގައި ވާދަވެރި އިދިކޮޅު ޕާޓީގެ މަޝްވަރާއާއިއެކު ބިލު މަޖިލީހަށް ހުށަހެޅިގެންދާނެކަމަަށެވެ.

އެމްޑީޕީން އިދިކޮޅު ރިޔާސީ ލީޑަރަކު ރިކޮކްނައިޒް ކުރުމުގެ ވިސްނުން، ޕާޓީތަކުގެ ޤާނޫނަށް އަޅުގަނޑުމެން އެބަ ހުށަހަޅަން، އިދިކޮޅު ލީޑަރެއް ހުންނާނެކަން. އެލީޑަރަށް ލިބިދޭންޖެހޭ ހިމާޔަތާއި ރައްކާތެރިކަމާއި ތަފްސީލުކޮށް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އެޤާނޫނުގައި ލިޔެފައިވާނެ.

– އާޒިމް ވިދާޅުވިއެވެ.

އިދިކޮޅު ލީޑަރެއްގެ ގޮތުގައި ގާނޫނީ ގޮތުން މިހާރު ރަސްމީ ހައިސިއްޔަތު ލިބިދީފައި އޮތީ ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ޕާޓީގެ ލީޑަރަށެވެ. ހަމަޖެހިފައި އޮންނަ ގޮތުން އެ މަގާމު ފުރުއްވަނީ އެ ޕާޓީއަކުން ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރުގެ ގޮތުގައި ކަނޑައަޅާ ބޭފުޅެކެވެ. ނަމަވެސް ސިޔާސީ ޕާޓީތަކުގެ ޤާނޫނުގެ ދަށުން އިދިކޮޅު ލީޑަރަކަށް ހުންނަވާ ބޭފުޅަކަށް ޤާނޫނަކުން ރައްކާތެރިކަން ލިބިދޭގޮތަށް މިހާތަނަށް ކަނޑައަޅާފައި ނުވެއެވެ.

އިދިކޮޅު ލީޑަރަކު ނެތުމަކީ ސަރުކާރަށް ވެސް ރަސްމީ މަޝްވަރާތައް ކުރަން ދިމާވާ ދައްޗެއް ކަމަށް އާޒިމް ވިދާޅުވި އެވެ. މިކަމުގައި އޮތް ހައްލަކީ، އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި، އިދިކޮޅު ޕާޓީއަށް ރަސްމީ ހައިސިއްޔަތު ދިނުމެވެ.

އެއްގޮތަކަށް ވެސް ނުބައި ވިސްނުމުގައި ކުރާ ކަމެއް ނޫން. ބޭނުމަކީ ވާދަވެރި ފަރާތްތަކެއް ކަނޑައެޅިފައި އޮތުން.

– އާޒިމް ވިދާޅުވި އެވެ.

އިދިކޮޅު ލީޑަރެއްގެ ގޮތުގައި މިވަގުތު ހުންނެވި ރައީސް ޔާމީން ވަނީ 5 އަހަރަށް ޖަލަށް ލާފައެވެ. އިދިކޮޅު ފަރާތްތަކުން ބުނަމުންދަނީ ރިޔާސީ އިންތިޚާބުގައި ވާދަކުރަނީ ރައީސް ޔާމީންކަމަށެވެ. އަދި އެމަނިކުފާނު ޖަލުން މިނިވަންވެ އިންތިޚާބުގައި ވާދަކުރެވޭނެކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

A Abdulla Mahir
QAnoonee kusheh saabithuviyass Raees kanuge magaam furaafa huri leaderaku jaluga hukum thanfeez koggen nuvaane. Hukum maaf kurumah fahu dhookollaa. Adhi siyaasy magaameh furun 20 aharah suspend kolla. Raeesah ekani.