ތުޅާދޫގައި އެއާޕޯޓް އަޅައިދޭނަން، ނަމަވެސް ތާރީހެއް ރައީސް ނުދެއްވާ

ތުޅާދޫގައި އެއާޕޯޓް އަޅައިދޭނަން، ނަމަވެސް ތާރީހެއް ރައީސް ނުދެއްވާ

Author
މުޙައްމަދު ޝަޒައިމް
27 ފެބްރުއަރީ 2021 09:39
0

ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ބ.އަތޮޅު ތުޅާދޫގައި އެޅުމަށް ވައުދު ވެފައިވާ އެއާޕޯޓް، އަޅައި ދެއްވާނެކަމަށް އެމަނިކުފާނު އަނެއްކާވެސް ވައުދުވެ ވަޑައިގެންފިއެވެ.

އެމްޑީޕީން މިހާރު ކުރިއަށް ގެންދާ ރަށްވެހި ފަތިސް ކެންޕެއިން ގައި ތުޅާދޫ ރައްޔިތުންގެ ފަރާތުން ހުރި ކަންބޮޑުވުންތައް ހިސާކުރަމުން ކައުންސިލުން ވަނީ ތުޅާދޫގައި އެއާޕޯޓެއް ރައީސް އަޅައިދެއްވާނެކަމަށް ރިޔާސީ ކެމްޕެއިންގައި ވިދާޅުވުމުން ރައްޔުތުން ތިއްބެވީ ވަރަށް ބޮޑު އުފަލުންކަމަށެވެ. އަދި އެއުންމީދު ހަގީގަތަކަށް ވެގެންދާނެކަމަށް ރަށުގެ ރައްޔިތުން ވަރަށް ބޮޑަށް އުންމީދު ކުރައްވާކަމަށް ވަނީ ވިދާޅުވެފައެވެ.

ކައުންސިލުން ފާހަގަކުރި އެއާޕޯޓް މަޝްރޫއާއި ގުޅޭގޮތުން ރައީސް ޞާލިހު ވަނީ އެމަސައްކަތް ކުރިއަށް ގެންދަވާނެކަމަށް ވިދާޅުވެފައެވެ. އެއާޕޯޓް އެޅުމަށްޓަކައި މިހާތަނަށް ވަރަށް ރަނގަޅު ޕްރޮޕޯސަލްތަކެއް ލިބިފައިވާކަމަށާއި، މިހާރު ކުރިއަށްދަނީ އެމަސައްކަތް ކަމުގައި ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ މިކަމުގައި ވަގުތު ކޮޅެއް ނެގި ނަމަވެސް އެއާޕޯޓްގެ މަސައްކަތް ކުރިއަށް ދާނެކަމަށެވެ. ނަމަވެސް އެއާޕޯޓްގެ މަސައްކަތް ފެށުމަށް ގަސްތު ކުރައްވާ ތާރީހެއް ރައީސް ދެއްވާފައި ނުވެއެވެ.

ތުޅާދޫގެ ކައުންސިލް ވަނީ އެރަށުގެ ވަށައިގެން 13 ރިސޯޓް އޮންނައިރު އެއާޕޯޓް އެޅިއްޖެނަމަ މި ރިސޯޓްތަކަށް އަންނަ ފަތުރުވެރިންނަށްވެސް ދަތުރު ފަތުރުގެ ލުއިތަކެއް ލިބިގެންދާނެކަމަށެވެ. މިބައްދަލުވުމުގައި ތުޅާދޫ ކައުންސިލަށް ކުރިމަތިލައްވާ ކެންޑިޑޭޓުން ވަނީ ރަށުގައި ހުރި މައްސަކަތަކާއި އަދި ޒުވާނުންނަށް ހުރި ގޮންޖެހުންތައް ރައީސް ޞާލިހަށް ހުށަަހަޅުއްވާފައެވެ. އެމަނިކުފާނު ވިދާޅުވީ ތުޅާދޫގައި ހުރި މައްސަލަތައް ހައްލުކޮށްދެއްވާނެކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.