އިދިކޮޅު ކޯލިޝަނުން މިއަދު މާލޭގައި ކުރަން މަސައްކަތް ކުރި މުޒާހަރާ ފެށުމުގެ ކުރިން ހުއްޓުވުމަށް މަސައްކަތް ކުރިނަމަވެސް މުޒާހަރާ ނުހުއްޓުވި ގިނަބަޔަކު މަގުތަކަށް ނިކުމެ މުޒަހަރާ ކުރަން ފަށައިފިއެވެ.
އެއްވެ މާލެ ތެރޭގައި މުޒާހަރާ ކުރާ މީހުންދަނީ މާލޭގެ އެކި މަގުތަކުގައި އަޑު އުފުލައި ޝޫއޫރު ފާޅުކުރަމަމުންނެވެ. މާލޭގެ ދެސަރަހައްދެއްގައި މުޒާހަރާގެ ބައިވެރިން ހަރަކާތްތެރިވާއިރު، ފުލުހުން ހަރަކާތްތެރިވަމުންދަނީ ޕީޕީއެމް އޮފީސްކައިރީގައިތިބި މުޒާހަރާގެ ބައިވެރިން ހުއްޓުވުމަށެވެ. ނަމަވެސް މިހާރު މަގުތަކުގައި މުޒާހަރާ ކުރާ މީހުން ހުއްޓުވުމަށް ފުލުހުން އެއްވެސް ވަރަކަށް ހަރަކާތްތެރިވަމުން ނުދެއެވެ.

މުޒާހަރާގެ ބައިވެރިން ތިބީ ޤައުމީ ދިދައާއި، ބައެއް ޝުއޫރުތައް ލިޔެފައިވާ ބޯޑުތައްވެސް ހިފަހައްޓައިގެންނެވެ. މާލޭގެ އެކި މަގުތަކުގައި މުޒާހަރާގެ ބައިވެރިން ޝުއޫރު ފާޅުކޮށް ހިނގަމުންދާއިރު، ޕީޕީއެމްގެ އޮފީސްކައިރީގައި ތިބި މީހުންވެސް ދަނީ މި މުޒާހަރާއާއި ބައިވެރިވަމުންމެވެ.
މުޒާހަރާއާއި ޕީޕީއެމް އޮފީސް ކައިރީގައި ތިބި މީޙުން ފަހަތަށް ޖައްސައި ފުލުހުން ދަނީ ޕީޕީއެމް އޮފީހަށް އެއްވެސް މީހަކަށް ނުވަދެވޭނެހެން އެ އޮފީހުގެ ދޮރުގެ ސެކިއުރިޓީވެސް ބަލަހައްޓަމުންނެވެ.
އިދިކޮޅޫ ކޯލިޝަނުން މިއަދު މުޒާހަރާއަށް ނިކުމެފައިވަނީ މުޒާހަރާ ކުރަން ފުރުސަތު ނުދޭނެކަމަށް ބުނެ ހޯމް މިނިސްޓްރީއާއި، ފުލުހުންވެސް އިންޒާރު ދީފައި ވަނިކޮށެވެ.
ކޮމެންޓު ފޮނުވާ