މެމްބަރު ނަޝީދު (މޮސްޓާ) ހައްޔަރުކޮށްފި

މެމްބަރު ނަޝީދު (މޮސްޓާ) ހައްޔަރުކޮށްފި

Author
މުޙައްމަދު ޝަޒައިމް
26 ފެބްރުއަރީ 2021 03:56
0

ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު (މޮސްޓާ) ވިދާޅުވެއްޖެއެވެ.

މޮސްޓަރ ހައްޔަރުކޮށްފައިވަނީ މަޖިދީ މަގުން ބޮޑު ތަކުރުފާނުމަގަށް ނިކުތުމަށް މަސައްކަތް ކުރަން އުޅުމުންނެވެ.

ފުލުހުން ވަނީ މިއަދު މުޒާހަރާގެ ބައިވެރިންނަށްވުރެ ކުރިން ބޮޑު ތަކުރުފާނު މަގު ޕީޕީއެމް ކައިރިއަށް އެއްވެ، އެސަރަހައްދަށްދާ ބައެއް މީހުން ހައްޔަރު ކުރަމުންނެވެ. މިހާތަނަށް ހައްޔަރު ކުރި މީހުންގެ ތެރޭގައި ކުރީގެ ޑިއާރުޕީގެ ލީޑަރު ކާނަލް ނަޝީދާއި، ކުރީގެ ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލްއާއި، ޕީއެންސީގެ ކައުންސިލް މެމްބަރު ނަރީޝް ހިމެނެއެވެ.

މުޒާހަރާގައި ބައިވެރިވުމަށް ޕީޕީއެމް އޮފީސް ކައިރިއަށް މީހުންނަށް އެއްވިޔަ ނުދީ އެސަރަހައްދުން ފޮނުވާލުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

މިއަދުގެ މުޒާހަރާއާއި ގުޅިގެން ހޯމް މިނިސްޓްރީން ބުނެފައިވަނީ ކޯވިޑް-19 އާއި ގުޅިގެން އަޅާފައިވާ ރައްކާރިކަމުގެ ފިޔަވަޅުތަކާއި ޚިލާފަށް އެއްވެސް ބަޔަކަށް، އެއްވެސް ހަރަކާތެއް ހިންގުމަށް ސަރުކާރުން ޖާގަ ނުދޭނެކަމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.