ކުރިއަށް އޮތް ކައުންސިލް އިންތިޚާބު ކާމިޔާބުކޮށް އެމްޑީޕީން މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދީ މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައި ދެއްވާނެ ކަމުގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ލޯކަލް ކައުންސިލް އިންތިޚާބުގެ އެމްޑީޕީގެ ކެންޕެއިން”ރަށްވެހި ފަތިސް” ކެމްޕެއިން އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ރާއްޖޭގެ ރައްޔިތުންނަށް ދިމާވެފައިވަ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމަކީ އެމްޑީޕީން ވެފައިވާ ވައުދެއްކަމަށެވެ. އެމްޑީޕީން ކޮންމެ އިންތިޚާބެއްގައި އެވައުދު ކަމަށާއި، އަދި އެވައުދު ދަނީ އެމްޑީޕީން ފުއްދަމުންކަމަށެވެ.
ނަމަވެސް ކޯވިޑާއި ގުޅިގެން މަޖިލިސް އިންތިޚާބުގައާއި އަދި ރިޔާސީ އިންތިޚާބުގައި ބޯހިޔާވަހިކަމަށް ވެފައިވާ ވައުދުތައް ނުފުއްދި ލަސްވުމުން ރައްޔިތުންގެ ޝަކުވާ ލިބެމުންދާކަމަށާއި، އެކަންކަން ކައުންސިލް އިންތިޚާބު ކާމިޔާބުކޮށް ރައްޔިތުންނަށް ކަށަވަރުކޮށްދެއްވާނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ މިހާތަނަށްވެސް ރައްޔިތުންނަށް ފްލެޓެއް ލިބިފައިވާނަމަ އެފްލެޓެއް ޔަގީން ކޮށްދިނީ އެމްޑީޕީންކަމަށެވެ. އެނޫން ވެރިކަމެއްގައި އެނޫން ޕާޓީއަކުން ރައްޔިތުންނަށް ހޯދައިދިން ފްލެޓެއް ނޯންނާނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރާޢްޖޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުވާންޖެހޭނެ. އަޅުގަނޑުމެން ސަރުކާރާއި، ޚިދުމަތުގައި ދެމިތިބޭނަން. އެންމެފަހުން އިންތިޚާބުގައިވެސް އަޅުގަނޑުމެން ބުނިން ބިން ކަޑާފައި ދޭނަމޭ، ރައްޔިތުން އެބައަހާ ކޮބާހޭ ފްލެޓް، ކޮބައިހޭ ބިންކޮޅު. އަޅުގަނށަށް ޔަގީން އެކަން މި ކައުންސިލް އިންތިޚާބަށްފަހު އަޅުގަނޑުމެންގެ ކެންޑިޑޭޓުން ކޮށްދެއްވާނެކަން.
– ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމަށް އެމްޑީޕީން އަބަދުވެސް ތަފާތު ސިޔާސަތުތައް ގެންގުޅުއްވާކަމަށެވެ. މާލޭގެ މޭޔަރަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓަށް އިޝާރާތް ކުރައްވައި ރައީސް ނަޝީދު ވިދާޅުވީ މާލޭގެ ރައްޔިތުން އެމްޑީޕީގެ ފަލްސަފާއާއި، އެމްޑީޕީން ދެއްވި އުންމީދު ދޫކޮށްލައިގެން ނުވާނެކަމަށެވެ.
މާލޭގެ މޭޔަރަކަށް ވާދަކުރައްވާފައިވަނީ ފްލެޓާއި، ބޯހިޔާވަހިކަން ނިކަން ފަރިތަ އެކަމުގެ ތަޖުރިބާ ހުންނެވި ބޭފުޅުންގެކައިރިން އެނދުރުވެފައިވާ ބޭފުޅެއްކަމަށެވެ. އަދި އޭނާ މާލޭގެ ރައްޔިތުންނަށް ބޭނުންވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ގެންނާނެކަމީ ކަށަވަރު ކަމެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ