އިންތިޚާބަށްފަހު ރައްޔިތުންނަށް ސަރުކާރާއި ގުޅޭގޮތުން ޝަކުވާނުކުރެވޭނެ: ނަޝީދު

އިންތިޚާބަށްފަހު ރައްޔިތުންނަށް ސަރުކާރާއި ގުޅޭގޮތުން ޝަކުވާނުކުރެވޭނެ: ނަޝީދު

Author
މުޙައްމަދު ޝަޒައިމް
26 ފެބްރުއަރީ 2021 08:21
0

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށްފަހު އެއްވެސް ރައްޔިތަކަށް މައި ސަރުކާރާއި ގުޅޭގޮތުން ޝަކުވާ ނުކުރެވޭކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑިީޕީގެ ކައުންސިލް ކެމްޕެއިން ލޯންޗު ކުރުމަށް ރޭ ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމަށް ބޭނުންވާ ޤާނޫނަށް ބަދަލު ގެނެސް ކައުންސިލްތަކަށް ރަށުގެ ހުރިހާ ކަމެއް ހިންގުމުގެ ބާރު ދީފައިވަކަމަށެވެ. އެބާރުތައް ރައްޔިތުންނަށް ލިބިގެންދާނީ އިންތިޚާބަށް ފަހުގައި ކަމަށާއި، މިހާރު އެބާރުތައް ނުހިނގައި އޮތީ އިންތިޙާބު މަޑު ޖެހިފައި އޮތުމުންކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ އިންތިޚާބަށްފަހު ރާއްޖޭގެ ރައްޔިތުން ކަންކަން ނުވެގެން ސަރުކާރަށް އަމާޒުކޮށް ޝަކުވާ ކުރެވޭނެ ޖާގަ ނޯންނާނެކަމަށެވެ. ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ފެނާއި، ނަރުދަމާއާއި، ބޭސްފަރުވާއާއި، ދަތުރުފަތުރާއި، ބޯހިޔާވަހިކަން ހިންގުމުގެ ބާރު ކައުންސިލްތަކަށް ދިނުމުން އެކަންކަން ނުވެގެން ދެން ޝަކުވާ ކުރަންޖެހޭނީ އެރަށެއްގެ ރައްޔިތުން އެރަށެއްގެ ކައުންސިލްގައި ިކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވި ގޮތުގައި އެމަނިކުފާނުގެ ސިޔާސީ ހަޔާތުގައި އެންމެ ގިނައިން ދައްކަވާނެ ވާހަކައަކީ ބޯހިޔާވަހިިކަމުގެ ވާހަކަ އެވެ. އަދި މިހާރު ހަވާލު ކޮށްފައި ހުރި ހުރިހާ ފްލެޓްތަކަކީ ވެސް އެމްޑީޕީގެ ވެރިކަމުގައި އިންތިޒާމުވެގެން އައި ފްލެޓްތަކެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި މިހާރު ކައުންސިލްތަކަށް ވެސް އެފަދަ އެތައް މަޝްރޫއެއް ހިންގުމުގެ ފުރުސަތު އޮންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރާއްޖޭގެ ރައްޔިތުންނަށް އިންތިޚާބަށްފަހު ސަރުކާރާއި ގުޅޭގޮތުން ޝަކުވާ ކުރެވޭނީ ޚާރިޖީ ސިޔާސަތުތަކާއި އެނޫންވެސް މުޅި ރައްޔިތުންނާއި ގުޅުން އޮންނަ ކަންކަމުގައި އެކަނިކަމަށް މަޖިލިސް ރައީސް ކަންވެސް ކުރައްވާ އެމްޑީޕީގެ ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ މި އިންތިޚާބަކީ ވާދަވެރި ފަރާތްތައް ތިން ބަލިން ބަލިކޮށް އެމްޑީޕީން ބޮޑު ތަނުން އިންތިޚާބު ކާމިޔާބު ކުރާނެ ފަހަރެއްކަމަށެވެ. ރާއްޖޭގެ ރައްޔިތުން ތިބީ މިއަދު ސަރުކާރުން ގެނެސްދޭ ތަރައްޤީއާއިމެދު ހިތްހަމަޖެހިގެންކަމަށާއި، ސަރުކާރުން ބޭނުންވާ ތަަަރައްްޤީ ދެން ކުރިއަށް ގެންދެވޭނީ ކައުންސިލްތަކުގެ އެއްބާރުލުންވެސް ލިބިގެންކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ނ ނަސޭހަތެއް
އެވިދާޅުވީ ވަރަށް މާނަފުންބަސްތަކެއް .ރައްޔިތުން ފުންކޮށް ވިސްނާފަ ގޮތެއްނިންމާ.
H Hassan
Mihaaru Kae dhakkaavaahakaaga aharun nujeheynan thibeyniives mdp GA vote eh ves nudheynan haraankoaru baeh thy bodhethi meehun beynun gotheh hadhanii