މިއަދު ފެނިގެންދަނީ ރައްޔިތުން ނޭވާލާތީވެސް އުދަގޫވެގެން އުޅޭތަން: ޝިޔާމް

މިއަދު ފެނިގެންދަނީ ރައްޔިތުން ނޭވާލާތީވެސް އުދަގޫވެގެން އުޅޭތަން: ޝިޔާމް

Author
މުޙައްމަދު ޝަޒައިމް
25 ފެބްރުއަރީ 2021 08:21
0

ޚިޔާލު ފާޅު ކުރުމާއި އެއްވެ އުޅުުމުގެ މިނިވަން ކަމުގެ ވާހަކަ އެންމެ ހަރުއަޑުން ދެއްކި މީހުންނަށް މިއަދު ފެނިގެންދަނީ ރައްޔިތުން ބޭވާލާތީވެސް އުދަގޫވެގެން އުޅޭތަން ކަމުގައި އިދިކޮޅު ޕީޕީއެމްގެ ނާއިބް ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަނުން އެޗްޕީއޭގެ ގައިޑްލައިނާއި އެއްގޮތަށް މާލޭގައި އިހުތިޖާޖު ކުރުމަށް ހުރަސް އަޅައި، ހިޔާލު ފާޅުކުރާމީހުން ދޮރުން ބޭރުނުވެވޭގޮތަށް އެތައް ފުލުހުނެއް ވެގެން ހުރަސްއަޅާ މައްސަލާގައި އިންތިހާއަށް ކަންބޮޑުވުން ފާޅުކޮށް ޝިޔާމް ވިދާޅުވީ ޚިޔާލު ފާޅުކުރުމާއި އެއްވެ އުޅުމަށް ގޮވާލައި ވަކާލާތު ކުރި މީހުންނަށް މިއަދު ރައްޔިތުން ނޭވާލާތީވެސް އުގަދޫވާކަމަށެވެ. އެއްވެސް ރައްޔިތަކަށް މިއަދު ބަސްބުމުގެ މިނިވަންކަމެއް ޚިޔާލް ފާޅު ކުރުމުގެ މިނިވަންކަމެއް ނެތްއިރު، ޤާނޫނު އަސާސީން ކަށަވަރު ކޮށްދޭ ހައްގުތަކުންވެސް މަހުރޫމް ކުރަމުންދާކަމަށް ޝިޔާމް ވިދާޅުވިއެވެ.

ޑިމޮކްރަސީ މިހިރަ އުތުުރި އަރަނީ. ޚިޔާލު ފާޅު ކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަމުގެ ހައްޤުގެ ވާހަކަ އެންމެ އަޑު ހަރުކޮށް ދެއްކި މީހުން މިއަދު މިއުޅެނީ ރައްޔިތުން ނޭވާލާތީވެސް އުދަނގޫވެގެން ނޫނީ ބިރުން. މިދެންފުކެއް ބޮޑުވަރު.

– ޝިޔާމް ވިދާޅުވިއެވެ.

މިަދުވެސް އިދިކޮޅު ކޯލިޝަނުން ވަނީ މުޒާހަރާ ކުރުމަށް ނިކުތުމަށް މަސައްކަތް ކޮށްފައެވެ. ނަމަވެސް އެތައް ފުލުހުންނެއް ވެގެން ވަނީ މުޒާހަރާ ކުރަން ނިކުތުމަށް މަސައްކަތް ކުރި މީހުން ޕީޕީއެމް އޮފީސްތެރެއަށް ވައްދައި މުޒާހަރާއަށް ނުނިކުމެވޭނެހެން ވަނީ ހުރަސް އަޅާފައެވެ.

އެތައް ފުލުހުންނެއް އެއްވެ އެޗްޕީއޭގެ ގައިޑްލައިނާ ޚިލާފަށް ބޮޑިވެގެންތިބެ މުޒާހަރާގެ ބައިވެރިން ހުއްޓުވުމަށް އަމަލުކޮށްފައިވާ ގޮތާއިމެދު ގިނަ ބައެއްގެ ފާޑުކިޔުން ވަނީ ފުލުހުންނަށް އަމާޒުވެފައެވެ.

ކުރިއަށް އޮތްތަނުގައި މާލޭގެ މަގުމަތީގައި އެއްވުންތައް ބާއްވާނަމަ ބާރުގެ ބޭނުންކޮށްގެން ވަގުތުން ޤާނޫނީ ފިޔަވަޅު އަޅަމުންގެންދާނެކަމަށް ފުލުހުން ވަނީ ބުނެފައެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުން ބުނަމުންދަނީ އެޗްޕީއޭގެ ގައިޑްލައިނާއި އެއްގޮތަށް މުޒާހަރާތައް ބާއްވާނެކަމަށެވެ. އަދި މާދަމާ މާލޭގައި ބޮޑު މުޒާހަރާ ބާއްވާނެކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.