އެމްޓީސީސީގެ ޢާންމު ހިއްސާދާރުންނަށް ޚިދުމަތްދޭ ކައުންޓަރުގެ ޚިދުމަތް ވަގުތީގޮތުން މެދުކަނޑާލަން ނިންމައިފިއެވެ.
އެމްޓީސީސީން ބުނެފައިވަނީ ކުންފުނީގެ ޢާންމު ޙިއްސާދާރުންނާއި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅާފިޔަވަޅެއްގެ ގޮތުން، ކުންފުނިން ޢާންމު ޙިއްސާދާރުންނަށް ޚިދުމަތްދޭ ކައުންޓަރުން ދެމުންގެންދާ އެންމެހާ ޚިދުމަތްތައް، 28 ފެބުރުއަރީ 2021 އިން ފެށިގެން ވަގުތީގޮތުން މެދުކަނޑާލުމަށްފަހު، ކައުންޓަރުން ދެމުންގެންދިޔަ ޚިދުމަތްތައް އޮންލައިންކޮށް ޙިއްސާދާރުންނަށް ދެމުންގެންދިޔުމަށް ނިންމާފައިވާކަމަށެވެ.
އަދި އޮންލައިންކޮށް ޚިދުމަތައް އެދުމަށް ކަމާގުޅޭ ފޯމް އާއި ލިޔެކިޔުންތައް [email protected] އަށް ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުމަށް އެމްޓީސީސީން ވަނީ އެދިފައެވެ. ޚިދުމަތައް އެދޭ ފޯމް ކުންފުނީގެ ވެބްސައިޓް އިން ލިބިލައްވާނެކަމަށެވެ.
އިތުރު މަޢުލޫމާތު ހޯދުމަށް 3001113 (960) ނުވަތަ 3001107(960) ނަންބަރާ ގުޅުއްވުން ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުމަށް އެމްޓީސީސީން ވަނީ އެދިވަޑައިގެންފައެވެ.
ކޮމެންޓު ފޮނުވާ