ތ.ވޭމަންޑޫ އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން މުޅި ރަށުން ކަރަންޓުގެ ޙިދުމަތްކެޑި ދިމާވެފައިވާ މައްސަލަ ހައްލުކޮށް މިރޭ ކަރަންޓު ދެވޭނެކަމަށް ފެނަކައިން ބުނެފިއެވެ.
ފެނަކައިން ބުނީ ވޭމަންޑޫއަށް އަލުން ކަރަންޓުގެ ހިދުމަތް ދިނުމުގެ ގޮތުން އެ އަތޮޅު ގުރައިދޫން 360 ކިލޯ ވޯޓުގެ ޖެންސެޓެއް މިއަދު ހެނދުނުގެ ވަގުތެއްގައި ވޭމަންޑޫއަށް މިހާރު ގެންގޮސްފައިވާ ކަމަށެވެ. އަދި މިރޭ ވޭމަންޑޫއަށް ކަރަންޓު ފޯރުކޮށްދެވޭނެކަމުގެ ޔަގީންކަން ވެސް ފެނަކައިން ވަނީ ދީފަ އެވެ.
ވޭމަންޑޫ އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން ބެކަޕް ޖަނަރޭޓަރު މާލެއިން ގެންދިއުމުގެ މަސައްކަތް ރޭ ވަނީ ފަށާފައެވެ. މާލެއިން ވޭމަންޑޫއަށް ގެންދަނީ 600 ކިލޯ ވޯޓުގެ ޖަނަރޭޓަރަކާއި، 450 ކިލޯ ވޯޓުގެ ޖަނަރޭޓަރެވެ. މި ހައްސާސް ދަނޑިވަޅުގައި ވޭމަންޑޫ ރައްޔިތުންގެ ފަރާތުން ފެނިގެންދާ ކެތްތެރިކަމާއި އެއްބާރުލުމަށް ފެނަކަ އެމްޑީ ވަނީ ޝުކުރު އަދާކުރައްވާފައެވެ. ވޭމަންޑޫއަކީ އަތޮޅުގެ ވެރިކަން ކުރާރަށެވެ.
މިހާދިސާގައި ގުޅިގެން ފެނައިގެ އެމްޑީ ސައީދު ހިމެނޭހެން އިސްޓީމެއް ވަނީ މިއަދު އެރަށަށް ގޮސްފައެވެ. ވޭމަންޑޫ އިންޖީނުގޭގައި ރޯވެ ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާއިރު، އަދި މި ހާދިސާ ހިނގާފައިވާ ގޮތުގެ ތަފްސީލެއް ލިބިފައެއް ނުވެއެވެ.
ކޮމެންޓު ފޮނުވާ