ކަނޑޫދޫ ކައުންސިލް ރައީސްކަމަށް ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް އަލުން ތަރުތީބުކޮށް

ކަނޑޫދޫ ކައުންސިލް ރައީސްކަމަށް ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް އަލުން ތަރުތީބުކޮށް

Author
މުޙައްމަދު ޝަޒައިމް
25 ފެބްރުއަރީ 2021 10:57
0

ލޯކަލް ކައުންސިލް އިންތިހާބުގައި ތ.ކަނޑޫދޫ ކައުންސިލް ރައީސްކަމުގެ މަޤާމަށް ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް އަލުން ތަރުތީބުކޮށްފިއެވެ.

އިލެކްޝަން ކޮމިޝަނުން ކަނޑޫދޫ ކައުންސިލް ރައީސްކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ނަންތައް އަލުން ތަރުތީބު ކޮށްފައިވަނީ ޕީޕީއެމްގެ ފަރާތުން ތ. ކަނޑޫދޫ ކައުންސިލްގެ ގޮނޑިއަކަށް ވާދަ ކުރައްވާ ކެންޑިޑޭޓެއްގެ ކެންޑިޑެސީ ބާތިލް ކުރީ ގާނޫނާ ހިލާފަށް ކަނޑައަޅައި، އޭނާ އަށް އިންތިހާބުގައި ބައިވެރިވެވޭ ގޮތަށް ސުޕްރީމް ކޯޓުން އަމުރު ކުރުމާއި ގުޅިގެންނެވެ.

ތ. ކަނޑޫދޫ ކައުންސިލްގެ ރައީސްކަމަށް ވާދަކުރާ ކެނޑިޑޭޓުންގެ ނަންތައް، މިހާރު ތަރުތީބުކުރެވިފައިވާގޮތް:

  • ކެނޑިޑޭޓު ނަންބަރު 3 – އަޙްމަދު ރީޙާން، ރީޙުއްޞަބާ / ތ. ކަނޑޫދޫ (އެމްޑީޕީ)
  • ކެނޑިޑޭޓު ނަންބަރު 4 – ޙަސަން މޫސާ (ޙަސަން)، އުސްގެ / ތ. ކަނޑޫދޫ (ޕީޕީއެމް)

ކަނޑޫދޫ ކައުންސިލަށް ވާދަ ކުރައްވާ ޕީޕީއެމްގެ ކެންޑިޑޭޓު ހަސަން މޫސާގެ ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަނުން މިދިޔަ މަހު ބާތިލްކުރީ ސާބިތު ދަރަންޏެއް އޮވެ، ހުކުމާ އެއްގޮތަށް ފައިސާ ނުދައްކާތީ ކަމަށް ބުނެއެވެ. އޭނާގެ ކެންޑިޑެސީ ބާތިލް ކުރުމުން އެ ގޮނޑިއަށް ވާދަކުރި އެމްޑީޕީގެ ކެންޑިޑޭޓް ހޮވުނު ކަމަށް އޮތީ އިއުލާންކޮށްފައެވެ.

ސުޕްރީމް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ހުކުމް އިއްވަވަމުން އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ވިދާޅުވީ ހަސަން މޫސާގެ ކެންޑިޑެސީ ބާތިލްކުރީ އޭނާގެ ކެންޑިޑެސީ ބަލައިގަތް ކަން އެންގުމަށް ފަހު ކަމަށްވާ އިރު، އިންތިހާބަށް ކުރިމަތިލާތާ 48 ގަޑިއިރުގެ ތެރޭގައި ކެންޑިޑެސީ ބަލައިގަތުމާ މެދު ގޮތެއް ނިންމަން ޖެހޭނެ ކަމަށް އިންތިހާބުތަކާ ބެހޭ ގާނޫނުގައި ބުނެފައިވާ ކަމަށެވެ.

އެ މުއްދަތު ހަމަވުމަށް ފަހު މީހެއްގެ ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަނަށް އަމިއްލައަށް ބާތިލް ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.