ޚިޔާނާތާއި، މަރުތަކުގެ ކޮމިޝަންތައް އުވާލަންޖެހޭ، ވީއެއްކަމެއްވެސް ނެތް: ސަލީމް

ޚިޔާނާތާއި، މަރުތަކުގެ ކޮމިޝަންތައް އުވާލަންޖެހޭ، ވީއެއްކަމެއްވެސް ނެތް: ސަލީމް

Author
މުޙައްމަދު ޝަޒައިމް
25 ފެބްރުއަރީ 2021 10:07
0

ރާޢްޖޭގައި ހިންގިފައިވާކަމަށް ބުނާ ކޮރަޕްޝަންގެ މައްސަލަތާކައި، މަރުތަކުގެ މައްސަލަ ބެލުމަށް ދައުލަތުގެ ބަޖެޓުން ބޮޑެތި ޚަރަދު ކޮށްގެން ހިންގާ ކޮމިޝަންތައް އުވާލަންޖެހޭ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ގޮވާލައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞަލިހު މަޖިލީހަށް އިއްވި ރިޔާސީ ބަޔާނުގެ ރައްދުގައި ޖަވާބުދާރީވެ ވަޑައިގެން އިއްވެ 45 މިނިޓުގެ ދިގު ބަޔާނުގައި ސަލީމް ވަނީ ސަރުކާރުން ރައްޔިތުންނަށް ވައުދުވެ އެކި ތާރީހުތައް ދެއްވުމަށްފަހު އެއްވެސް މައްސަލައެއް ނުބެލި ކޮމިޝަންތަކަށް ރައްޔިތުންގެ މާލިއްޔާއން ބޮޑެތި ހޭދަތަކެއް ކުރަންޖެހޭތީ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ.

ސަލީމް ވިދާޅުވީ އެމް.އެމް.ޕީ.އާރު.ސީގެ ޚިޔާނާތުގެ މައްސަލައަށް އެއްވެސް ކުރިއެރުމެއް ނުލިބި، އެ ޚިޔާނާތުގެ އެންމެ ފައިސާ ފޮއްޗެއްވެސް ނުހޯދި، ކޮރަޕްޝަން ހިންގި މީހުންނަށް އެއްވެސް ފިޔަވަޅެއްނާޅާ ރާއްޖޭން ބޭރުގައި ބޭތިއްބުމަކީ އެމް.އެމް.ޕީ.އާރު.ސީގެ ޚިޔާނާތުގެ ފައިސާ ސަރުކާރުގައި މިހާރު ތިބި މީހުންގެ އަތުގައި ހޭކިފައިވާކަން ދޭހަކޮށްދޭ ކަމެއްކަމަށެވެ. އަދި ރިޔާސީ ބަޔާނުގައި މިއިން އެއްވެސް ކަމަކަށް އަލިއަޅުވައިލައްވާފައެއް ނުވާކަމީ ކަންބޮޑުވާކަމެއްކަމަށެވެ.

ސަރުކާރުން ހިންގަމުންދާ ކޮރަޕްޝަންގެ ޢަމަލުތައް ހުއްޓުވުމަށް އެއްވެސް ފިޔަވަޅެއް އަޅުއްވާނެކަމަށް ރިޔާސީ ބަޔާނުގައި ވިދާޅުނުވުމަކީ އަމިއްލައަށް ކޮރަޕްޝަނާ ދެކޮޅަށް ގެންގުޅޭ ސިޔާސަތުތައް ފެއިލްވީކަމުގާ ދެކެން.

– ސަލީމް ވިދާޅުވިއެވެ.

މީގެ އިތުރުން ދައުލަތުން ގެއްލިފައިވާ މުދަލާ ފައިސާ ހޯދުމުގެ ނަމުގާ ސަރުކާރުގެ ބައިތެލްމާލުން ޚަރަދުކުރާގޮތަށް އުފެއްދި އެސެޓް ރިކަވަރީ ކޮމިޝަނުން މިހާތަނަށް އެއްވެސް ނަތީޖާއެއް ފެނިފާ ނުވާއިރު، އަދި ޚާއްޞަކޮށް އެމް.އެމް.ޕީ.އާރ.ސީގެ ގެއްލު ފައިސާގެ އެއްވެސް މިންވަރެއް ހޯދިދާނެކަމުގެ އުންމީދެއް ނެތްއިރު، އެ ކޮމިޝަން ހިންގަނީ ކީއްވެތޯ ސުވާލު އުފެދޭކަމަށް ސަލީމް ވިދާޅުވިއެވެ. އަދި މިފަދަ ބޭކާރު ކޮމިޝަންތައް އުވާލުމަށް ސަރުކާރަށް ސަލީމް ވަނީ ސަރުކާރަށް ގޮވާލާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ގ ގާފިލާ
އެއްވެސް މަސައްކަތެއް ނުކުރާތީތޯ ނުވަތަ ކޮމިޝަން ތަކުގެ މަސައްކަތުން ހާވަހާވައިގެން ވަގުން ކަށަވަރު ކޮށްފާނެތީ ގަންނަ ބިރަކުންތޯ